ދިވެހިންނަކީ ތަފާތު ކަންކަމަށް ލޯބި ކުރާ ބައެކެވެ. ތަފާތު ހުނަރުތައް ދައްކާލަން ޝައުގުވެރިކަން ހުންނައިރު، އެކި ފަރާތްތަކުން ބާއްވ ތަފާތު އިވެންޓު ނުވަތަ ހަރަކާތްތަކަށް އޮންނަ ޝައުގުވެރިކަން ވެސް ބޮޑެވެ. ރާއްޖޭގައި ބާއްވާ ތަފާތު ހަރަކާތްތައް ބޮޑު ޓްރެންޑުތަކަށް ބަދަލުވެގެންދާއިރު އެ މަންޒަރުތައް މިހާރު ސޯޝަލް މީޑިއާއިން ފެނިގެން ދެއެެވެ. އެފަދަ ހަރަކާތްތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބި، ވައިގައި ހިފަން މާ ގިނަ ދުވަހެއް ނުނަގައެވެ. އެއީ އެކަކު އަނެކަކާ ބައްދަލުވެ ގުޅުން ވެސް ބަދަހިވެގެންދާ ކަމެކެވެ. އަދި އެކުވެރިކަން އާލާކޮށް އިޖުތިމާއީ ގުޅުން ވަރުގަދަަކޮށްދެއެވެ.

މިފަދަ ހަރަކާތްތައް އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްދިނުމުގައި ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލުކަމެއް ހޯދާފައިވާ އެއް ކުންފުންޏަކީ މުއާސަލާތީ ހިދުމަތް ދޭ ދިރާގެވެ. ދިރާގުން ރާއްޖޭގައި ސިލްސިލާކޮށް، އާންމުން ބައިވެރިކުރާ އީޖާދީ އިވެންޓުތައް ބާއްވަމުންދާއިރު، އެ ހަރަކާތްތައް މިހާރު އެހެން ކުންފުނިތަކާއި، މުވައްސަސާތަކާއި އަދި އަމިއްލަ ޖަމިއްޔާތަކާއި އަމިއްލަ ބައެއް މީހުންގެ މެދުގައި ވެސް ވަރަށް ބޮޑު ޓްރެންޑްތަކަށްވެ، އެކަންތައް އެ ފަރާތްތަކުން ނަކަލު ކުރެއެވެ.

ދިރާގުން މިފަދަ ހަރަކާތްތައް އާންމުކޮށް ބާއްވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި އީދު ދުވަހާއި ރޯދަ މަހާއި އެނޫން ވެސް ހާއްސަ ދުވަސްތައް ހިމެނެއެވެ.

ދިރާގު ގުޑިފެސްޓް

ދިރާގުން ރާއްޖެއަށް ތައާރަފް ކުރި އާންމުންނާ ގުޅޭ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި:

  • ތަށިބަރި މޫވްމެންޓްސް 2018 އިން ފެށިގެން
  • ދިރާގު އީދު ހަދިޔާ 2018 އިން ފެށިގެން
  • ދިރާގު އީދު ބޯކިބާ 2022 އިން ފެށިގެން
  • ދިރާގު އީދު ބޮނޑިބަތް 2022 އިން ފެށިގެން
  • ދިރާގު ގުޑިފެސްޓް 2023 އިން ފެށިގެން

މިއިން ކޮންމެ ހަރަކާތްތަކީ ވެސް މީހުން މީހުންނާ ބައްދަލުވެ، ގުޅުންތައް ބަދަހިވެގެންދާ ގޮތަށް ފަރުމާކޮށް ދިިރާގުން ތައާރަފްކޮށްފައިވާ ހަރަކާތްތަކެވެ. އެތައް ބަޔަކު ކޮންމެ އަހަރަކު ވެސް އިންތިޒާރު ކުރަމުން އަންނަ ހަރަކާތްތަކެވެ.

މިި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ތަށިބަރި މޫވްމެންޓްސް ވެގެން ގޮސްފައި ވަނީ ދިވެހީންގެ ތެރޭގައި އެންމެ ބޮޑު ޓްރެންޑްއަކަށް ވެގެން ދިޔަ އެއް ކަންތަކެވެ. ގެއްލެމުންދިޔަ އެ ރީތި އާދަ އާލާ ކުރުމުގައި ދިރާގުގެ ދައުރު ވަރަށް ބޮޑެވެ. މިހާރު ކޮންމެ ރޯދަ މަހެއްގައި ވެސް ކޮންމެ ކުންފުންޏަކުން، މުވައްސަސާއަކުން ވެސް މިފަދަ ހަރަކާތްތައް ބާއްވާ މަންޒަރު ފެނިގެންދެއެވެ. އަދި ދިރާގުން މިފަހަރު ވެސް މި ހަރަކާތް ބާއްވާފައި ވެއެވެ.

ދިރާގު ތަށިބަރި މޫވްމެންޓްސް

ދިރާގު އީދު ހަދިޔާއަކީ ވެސް ކުޑަކުދިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހަރަކާތެކެވެ. މިގޮތުން ދިރާގުން ވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް އީދު ނަމާދަށް ފަހު ދިރާގު އީދު ހަދިޔާ ގިފްޓް ޕެކް ބެހުމުގެ ހަރަކާތްތަކެއް ހިންގާފައެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތް އާއްމުކޮށް ކުރިއަށްގެންދެއެވެ.

ދިރާގު އީދު ބޯކިބާ ހަރަކާތަކީ ކޮންމެ އީދަކާއި ގުޅުވައިގެން ވަރަށް ގިނަބަޔަކު އިންތިޒާރު ކުރާ ހަރަކާތެކެވެ. މިއީ ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ ހަރާކަތެވެ. މިފަހަރުވެސް މި އިވެންޓް ބާއްވާފައިވާއިރު، މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވެއެވެ.

ދިރާގު އީދު ބޯކިބާ ހަރަކާތުގެ ތެރެއިން

އިޖްތިމާއީ ހަރަކާތްތަކުގެ ޒަރީއާއިން އޯގާތެރިކަމާއި އިޖްތިމާއީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަށް ބޮޑު ސަމާލުކެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ދިރާގު ފާހަގަކޮށްލެވެއެވެ.

ދިރާގު އީދު ބޮޑިބަތް ހަރަކާތަކީ ވެސް އެހެން އިވެންޓްތަކެކޭ އެއްގޮތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތެކެވެ. ''ދިރާގު އީދު ބޮނޑިބަތް''، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދިޔަ އަހަރު ވެސް ބާއްވާފައި ވެއެވެ. އީދު ނަމާދަށް ފަހު ކުރިއަށް ގެންދާ އެ ހަރަކާތަަށް އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެއެވެ.

ދިރާގު އީދު ހަދިޔާ ހަރަކާތުގެ ތެރެއިން

"ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،". ދިރާގުގެ ބްރޭންޑްގެ އެންޑް އިވެންޓް މޭނޭޖަރ ނާއިޔާ ޝަރީފް ވިދާޅުވެފައި ވެއެވެ.

ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ތައާރަފް ކުރި ދިރާގު ގުޑިފެސްޓް ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ހަރަކާތެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ދިރާގު ގުޑިފެސްޓައަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުނިން ފެށި ހަރަކާތެކެވެ. މިދިޔަ އަހަރު ރަމަޟާން މަހެކޭ އެއް ގޮތަށް މިއަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ އިރު، ގިނަ ބަޔަކު އެކަމުގައި ބައިވެރިވިއެވެ.

ދިރާގު ގުޑިފެސްޓް ހަރަކާތުގެ ތެރެއިން

މި ހަރަކާތްތަކުގެ އިތުރުން ދިރާގުގެ އެންމެ މަގްބޫލު އިވެންޓެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ރާއްޖޭގައި ބާއްވަމުން އަންނަ ބޮޑު ދުވުމުގެ މުބާރާތް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"އެވެ. ކޮންމެ ފަހަރަކު ވެސް މި ހަރަކާތުގައި 4،000 އަށްވުރެ ގިނަ ބައިވެރިންނާއި އަދި އެފަރާތްތަކުގެ އާއިލާ އާއި ރަހުމަތްތެރިން ބައިވެރިވެއެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަތަކުން ބައިވެރިވެގެން ކުރިއަށްގެންދާ މިބޮޑު އިވެންޓަށް ބޮޑު ސަމާލުކަމެއް ލިބިގެން ދެއެވެ.

އެންމެ ފަހުން ބޭއްވި ދިރާގު ރޯޑްރޭސް ހަރަކާތުގައި 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުންވެސް ބައިވެރިވިއިރު، އޭގެ ތެރޭގައި އަތޮޅުތެރޭގެ 7 ސްކޫލެއް ވެސް ހިމެނެއެވެ.

ދިރާގުގެ މިފަދަ ހަރަކާތްތަކަށް ދިވެހިން ވަރަށް ބޮޑަށް ގަޔާވާކަން އެނގޭ އެއް ހެއްކަކީ އަހަރުން އަހަރަށް މިފަދަ ހަރަކާތަކުގައި ބައިވެރިވާ މީހުންގެ އަދަދުތައް އިތުރުވުމެވެ. އަދި ތަފާތު ހަރަކާތްތަކުގެ ވާހަކަ މީސް މީޑިއާގައި ދެއްކުމާއި، މިފަދަ ހަރަކާތްތައް އެހެން ފަރާތްތަކުން ނަކަލުކުރަން އުޅޭ މަންޒަރު ފެނުމަކީ ވެސް އޭގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ހަބޭސް ދިރާގު