އިމާރަތްކުރާއިރު ބޭނުންކުރާ ސަލާމަތީ އާލާތްތަކަށް ހާއްސަކޮށްގެން " އޮސްޓްރާވާ" ގެ ނަމުގައި މާލޭގައި ފިހާރައެއް ހުޅުވައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކަށް ފަހު "އޮސްޓްރާވާ" ރޭ 20:30 ގައި އޮސްޓްރާވާ ހުޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފާއި އޮސްޓްރާވާގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާފިއުއެވެ.
އޮސްޓްރާވާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަމާއު ޝަރީފް ވިދާޅުވީ ސަލާމަތީ ތަކެތި އެއްތާކުން ލިބޭނެ ފިހާރައެއް ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖެއަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ސަމާއު ވިދާޅުވިއެވެ.
"ރާއްޖެއަށް ވަރަށް މުހިންމު ހަޤީގަތުގައި އޮސްޓްރާވާ ކަހަލަ ސަލާމަތީ ތަކެތި އެއްތަނަކުން ލިބޭނެ ފިހާރައެއްް ހުރުން" ސަމާއު ވިދާޅުވުއެވެ.
އަލިކަލޭގެފާނު މަގުގައި ހުޅުވިގެން ދިޔަ އޮސްޓްރާވާއަކީ އިމާރާތްކުރުމުގައި ބޭނުންކުރާ ސަލާމަތީ ތަކެއްޗައް ހާއްސަކޮށްގެން ހުޅުވުނު ފިހާރައަކަށް ވި ނަމަވެސް އެ ފިހާރައިން އެހެން ބައެއް މަސައްކަތްތަކުގެ ސަލާމަތީ ތަކެތިވެސް ލިބެން ހުންނާނެއެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންގެ އިތުރުން ކައްކާއިންނާއި މިނޫންވެސް ގިނަ ފަރާތްތަށް ސަލާމަތީ ގޮތުން މަސައްކަތުގެ މާހައުލުގައި ބޭނުން ކުރާ ސާމާނު އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.
އަލަށް ހުޅުވިގެންދިޔަ ފިހާރައާއި ގުޅޭ ގޮތުން އޮސްޓްރާވާގެ އެމްޑީ، މުހައްމަދު ރަފީއު ވިދާޅުވީ، އޮސްޓްރާވާގެ ބޮޑު ފިހާރައެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ސަލާމަތީ ތަކެތި އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި އިތުރު ތަނެއްގައި އޮސްޓްރާވާގެ ފިހާރައެއް ހުޅުވުމުގެ ވިސްނުން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވަގުތަކު ނެތް އިތުރުތަނެއް ހުޅުވުމުގެ ވިސްނުމެއް. ފުޅާކުރަންޏާވެސް ދާނީ ހުޅުމާލެއަށް" ރާފިއު ވިދާޅުވިއެވެ.
އޮސްޓްރާވާއިން ވަނީ ފޯލް ޕްރޮޑަކްޝަންގެ ހުރިހާ ސާމާނާއި ފުޓްއެންޑް ބެވަރޭޖު މީހުންނަށް ހާއްސަކޮށްގެން ލާ ޔުނިފޯމެއް އަލަށް ތައާރަފްކޮށްފައެވެ.
އޮސްޓްރާވާ ހުޅުވުމަށް ރޭ ބޭއްވި ގްރޭންޑް އޯޕެނިންގްގެ މިޔުޒިކާއި، ސައުންޑްގެ އިތުރުން ބެކްޑްރޮޕް ހަދާދީފައިވަނީ ޗޯޕާޓުންނެވެ.