އަންނަ އަންގާރަ ދުވަހު ރާއްޖޭގައި ފަށާ އެންމެ ދިގު ރާޅު ގުޑި ފެސްޓިވަލް، "ރާޅުގުޑި އުތުރުން ދެކުނަށް"ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވެއްޖެއެވެ. އަންނަ އަންގާރަ ދުވަހު ފަށާ އެ ދަތުރަކީ 15 ދުވަހުގެ ދަތުރެކެވެ. މި އިވެންޓުގެ ބައިވެރިން ރާއްޖޭގެ 13 ރަށެއްގައި މަޑުކުރާނެއެވެ. އަދި މި އިިވެންޓް ކުރިއަށްދާއިރު ބައެއް ރަށްރަށް ސާފްކޮށް، ކުނި ހޮވާ މި ކަހަލަ ކަންކަންވެސް ކުރިއަށްދާނެއެވެ. އަދި މި ދަތުރުގައި ރާއްޖޭގެ ރީތިކަން ފެނިގެންދާނެ އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާޅުގުޑި އިވެންޓްގެ މެނޭޖަރު، މުހައްމަދު ފައިސަލް ވިދާޅުވީ، ރާއްޖޭގެ ދެކުނު، އައްޑޫއިން އުތުރު ،ތުރާކުނަށް މި ފަހަރުގެ ފެސްޓިވަލްގައި ރާޅުގުޑީގެ ބައިވެރިން ދަތުރު ކުރާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެސްޓިވަލްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، މި އިވެންޓަށް ދިރާގުން އެއްބާރުލުން ދޭން ނިންމީ، މިއީ ވަރަށް މުހިންމު އިޖުތިމާއީ ޒިންމާއެއް އަދާ ކުރާ ހަރަކާތެއް ކަމަށް ވާތީ ކަމަށެވެ.

އެގޮތުން ދަތުރުކުރަމުންދާއިރު އެކި ރަށްރަށުން އެއް ފަހަރު ބޭނުން ކުރެވޭ ޕްލާސްތިކް މަދުކުރުމަށް ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބިޝާރާ ވިދާޅުވިއެވެ.

"މީގެ ތެރޭގައި ރަށު ތެރެ ސާފް ކުރުމާއި އަތިރިމަތި ސާފް ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ. އަދި މި ހޮވޭ ޕްލާސްޓިކް އެއީ ކިހާ އަދަދެއްގެ ޕްލާސްޓިކްތޯ ރިޕޯޓްކުރެވި މެޝާ ކުރެވިގެން ދާނެ". ބިޝާރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިރާގުން ބޭނުންވަނީ ދިވެހި ޒުވާނުން ކަނޑުތަކަށް ލޯބިޖެހިފައިވާ ބަޔަކަށް ހެދުން ކަމަށާއި، އަދި އެފަދަ މަސައްކަތްތައް ކުރިއަތް އޮތް ޖީލުތަކަށް ގެންދާނެ ޒުވާނުން ބިނާކޮށް ޒުވާނުންނަކީ ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ.

ޕާލޭ މޯލްޑިވްސްގެ އެގްޒެކްޓިވް ޑައިރެކްޓަރު ޝާހިނާ އަލީ ވިދާޅުވީ، މި އިވެންޓުގައި ބައިވެރިވަނީ ޕާލޭއަކީ ވެސް ކަނޑުތަކުގެ ހިމާޔަތުގައި ނިކުމެ އުޅޭ ބަޔަކަށް ވުމުން ކަމަށާއި، ބޭނުން ވަނީ ވެސް ދުނިޔެއަށް ކަނޑުތަކުގެ ރީތިކަން ދައްކާލުމަށް ކަމަށެވެ.

ކައިޓް ސާފާ، މުހައްމަދު އާސިމް، ވިދާޅުވީ، މި އިވެންޓުގައި ލީޑް ކުރަނީ ހަތަރު ބައިވެރިއަކު ކަމަށާއި ނަމަވެސް އަތޮޅު ތެރޭގައި ކައިޓް ސާފް ކުރާ ކުދިންނަށްވެސް ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށެވެ.

"އެ ކުދިންނަށް ފުރުސަތު ދިނުމަށްޓަކައި އަޅުގަނޑުމެން ހުޅުވާލާފައި އޮންނާނީ ކޮންމެ އަތޮޅަކުންވެސް އެ އަތޮޅެއްގެ އުޅޭ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު. އޭގެ މާނައަކީ މިސާލަކަށް މާލެ އަތޮޅުން، މާލޭގައި އުޅޭ ހުރިހާ ކައިޓް ދުއްވާ ކުދިންނަށް ފުރުސަތު ލިބޭނެއޭ. އެހެންވީމަ ހުރިހާ ހިސާބަކުންވެސް އަޅުގަނޑު އުއްމީދު ކުރަން ކުދިން ބައިވެރިވާނެ ކަމަށް". އާސިމް ވިދާޅުވިއެވެ.

އާސިމް ވިދާޅުވީ، މި އިވެންޓުން ދޭން ބޭނުންވާ މެސެޖަކީ ރާއްޖޭގެ ކަނޑަށް މި އަޅާ ކުނި ނޭޅުމާއި، އެކަމަށް ހޭލުންތެރި ކުރުން ކަމަށެވެ.

ރާޅުގުޑީ، ސްލޯޓޭޕް އަދި މާފުށި ޑައިވް އެންޑް ވޯޓާސްޕޯޓްސް ގުޅިގެން ބާއްވާ މިފަހަރުގެ މި އިވެންޓްގައި ރާއްޖޭގެ ތިން ކައިޓްބޯޑާސް އަދި ބޭރުގެ އެއް ކައިޓްބޯޑަރު ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ދިވެހިރާއްޖޭގަ އޮންނީ ސާފުކުރަންޖެހޭ 13 ރަށްތަ؟ ތީ އިޝްތިހާރުވުން ނޫން ދެން ކޮންކަމެއް؟