ދަތް ފަނި ކެއުން ނުވަތަ ދަތް ގިރުމަކީ ވޭނެކެވެ. ތަޙައްމަލްކުރަން ދަތި ބޮޑު ބައްޔެއް ފަދަ ކެކުޅުމެކެވެ. ބައެއް ހާލަތްތަކުގައި އެކަމަކީ ސިއްޙީ އިތުރު ނުރައްކާތަކަށްވެސް މަގުފަހި ކޮށްފާނޭ ކަމެކެވެ. މި މައްސަލައަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު މައްސަލައެކެވެ. މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބުތައް ގިނައެވެ. އެހެންކަމުން ދަތް ފަނިކެއުމުގެ ކުރިން، މި މައްސަލައަށް ސަމާލުވެ ރައްކާތެރިވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ދަތް ފަނިކައި މާބޮޑުވަރުވާފަހުން އެކަމަށް ފަރުވާކޮށް މައްސަލަ ހައްލުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ. މިކަމާއި ގުޅިގެން ބައެއް މީހުން އުމުރަށް އާޓިފިޝަލް ދަތް ޖަހައިގެން އުޅެން މަޖުބޫރުވެއެވެ. ނަމަވެސް އެފަދަ ދަތްތައް، ގުދުރަތުން ލިބިފައިވާ ދަތްތަކާއި އެތައް ގުނައެއް ތަފާތުވާނެއެވެ. މިކަމާއި ގުޅިގެން އާޓިފިޝަލް ދަތްތައް ޖަހައިގެން އުޅުންވެސް ބައެއް ފަހަރަށް ވޭނަކަށްވެ އިތުރު ބޮޑު ހަރަދަކަށް ވެގެންދެއެވެ.

އާންމު ގޮތެއްގައި ދަތްފަނިކާން މެދުވެރިވަނީ ދަތްތަކުގައި ޖަރާސީމު ގިނައިން އަށަގަތުމުންނެވެ. ދަތްތައް އުނގުޅައި ސާފު ކުރުން މަދު ނަމަ މިފަދަ ޖަރާސީމުތައް އާލާވެ އިތުރުވާން، އިތުރު ފުރުސަތަކަށް ވެއެވެ. މީގެ އިތުރުން ދަތްފަނިކެއުމުން ރައްކާތެރިވުމަށް އެދޭނަމަ ދިވެހިންގެ އާންމު އާދަކާދައިގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަށްވެސް ބަދަލު ގެންނާން ޖެހެއެވެ. އާންމު ގޮތެއްގައި ދިވެހިންގެ ގިނަ ބަޔަކު ދަތްއުނގުޅަން އާދަ ކުރަނީ ހެނދުނާ ރޭގަނޑު ނިދުމުގެ ކުރިންނެވެ. ނަމަވެސް ދުވާލު ހަތަރުދަމު ކޮންމެ އެއްޗެއް ކެއި ނަމަވެސް ދަތްތައް ސާފުކޮށް ބެހެއްޓުމަށް އަހަންމިއްޔަތު ކަމެއް ނުދެއެވެ. ދަތްފަނި ކެއުމުގެ ސަބަބަކަށް މި އާދަވެސް ބައެއް ފަހަރަށް ވެގެންދެއެވެ.

ގިނައިން ތެޔޮ ހުންނަ ކާބޯ ތަކެއްޗާއި ފޮނި އެއްޗެއްސާއި ޕެކެޓް ކާނާ އަދި ޚާއްސަކޮށް ސުޕާރީއާއި ދުފަން ބޭނުންކުރާ އެނޫންވެސް ތަކެއްޗަކީ ދަތް ފަނިކެއުމަށް މެދުވެރިވާ ޖަރާސީމުތަކަށް ހުޅުވާލެވޭ ދޮރެކެވެ. މިތަކެތި ކެއުމަށްފަހު، ދަތް ނޫނގުޅުމަކީ އެ ޖަރާސީމުތައް އަށަގަނެ ދަތް ފަނިކެއުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ބައެއް ކަހަލަ ތަކެތި ކެއުމަށްފަހު ދަތް އުނގުޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

ދަތް ފަނިކެއުމުގެ މައްސަލައަށް ޙައްލު ހޯދަން ގިނަ ފަހަރަށް ގިނަ ބަޔަކަށް މަސައްކަތް ފެށޭއިރު މާބޮޑަށް ލަސްވެއެވެ. އެހިސާބަށް ދާއިރު، ދަތްތައް ނަގައިގެން ނޫން ގޮތަކަށް އެކަމުން ސަލާމަތްވެވޭނެ ދޮރުތައް އޮންނަނީ ބަންދުވެފައެވެ. އެހެންކަމުން ދަތް ފަނި ކެއުމުގެ ކުރީން، އެކަމަށް ރައްކާތެރިވެ ތިބުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ މުޙިންމު ކަމެކެވެ. އަދި ރައްކާތެރިވުމަށް ބޭނުންކުރެވޭ ތަކެއްޗާއި، ރަނގަޅު އުފެއްދުންތައް ދެނެގަތުމަކީވެސް މުޙިންމު ކަމެކެވެ.

ދަތްތަކާއި ހިރުގަނޑަށް ގެއްލުންދޭ ތަކެތި އާދަކޮށް ބޭނުންކުރާ މީހުން ގިނައެވެ. ނޭނގުމެއްގެ ތެރޭގައިވެސް މިފަދަ ތަކެތި ބޭނުންކޮށް، ދަތްތަކައް ލިބޭ ދާއިމީ ގެއްލުންތަކުން އަރައިގަތުމަށް އެފަރާތްތަކަށް ހުރަހަކަށް ވަނީ، އެކަމަށް އެންމެ އެކަށީގެންވާ އުފެއްދުންތައް ލިބޭނެ ގޮތް ނުވުމުންނެވެ. ނުވަތަ ދަތްތަކަށް ގެއްލުންދެނިވި ބާރުގަދަ އަދި ނުރައްކާތެރި ބައިތައް އެކުލެވޭހެން ތައްޔާރުކޮށްފައި ހުންނަ ދަތްއުނގުޅާ ބޭހާއި ދަތް ސާފުކުރުމަށް ބޭނުންކުރާ އެފަދަ އެނޫންވެސް ތަކެތި ނޭނގުމެއްގެ ތެރޭގައި ބޭނުން ކުރެވުމުންނެވެ.

ދަތްފަނިކެއުމުގެ މައްސަލައަށް ޚާއްސަ ކުރެވިގެން އުފައްދާފައިވާ ދަތް އުނގުޅާ ބޭހަކީ އާންމުކޮށް ލިބެން ހުންނަ ތަކެއްޗެއް ނޫނެވެ. ނަމަވެސް އެފަދަ ރަނގަޅު އުފެއްދުމެއް އިޚްތިޔާރުކޮށް އާދަކޮށް ބޭނުންކުރުމަކީ އެކަމުން ފައިދާ ކުރާނެ ކަމެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭކް، "ލިބޭ" އިން މިހާރު ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ޓްރީ ހާބް ޓޫތްޕޭސްޓް" އަކީ، ދަތްފަނި ކެއުމުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް މޮޅު ޙައްލެކެވެ.

އެތައް ބައެއްހެ އިތުބާރު ލިބިފައިވާ މި ދަތްއުނގުޅާ ބޭހަކީ، ދަތްތައް ފަނިކެއުމަށް މެދުވެރިކުރާ ޖަރާސީމާއި، ދަތްތަކުގެ ވަށައިގެން އަށަގެންފައި ހުންނަ ޖަރާސީމު ނައްތާލުމުގައި ބޮޑު ދައުރެއް އަދާކުރާ ބޭހެކެވެ. ހަމަ އެހެންމެ، ދަތްތައް ވަރުގަދަކޮށް، ދަތްތަކަށް ބޭނުންވާ ބައިތައް ލިއްބައިދިނުމަށް "ޓްރީ ހާބް" ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. އަދި ނޭނގި ނަމަވެސް ދަތްފަނި ކެއުމުގެ މަރުހަލާއެއްގައި އަނގައިގެ ދަތްތައް ވާނަމަ، އެ ދަތްތައް ޖަރާސީމުން ރައްކާތެރިކޮށް، ދަތްތަކަށް މި ބޭހުން ފަރުވާކޮށްދެއެވެ.

ހަމައެކަނި ފަތްޕިލާވެލި ހިމެނޭހެން އުފައްދާފައިވާ މި ބޭހަކީ، ޖަރާސީމުން ދަތްތަކާއި ހިރުގަނޑު އަދި ދޫ ސަލާމަތްކޮށްދޭ މޮޅު ބޭހެކެވެ. އަދި ދަތްތަކަށް ލިބިފައި ހުންނަ ގެއްލުންތަކަށް (ބޮޑުވަރު ނުވާނަމަ) މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ބޭހުން ފަރުވާކޮށްދެއެވެ. އާދަކޮށް ކޮންމެ ދުވަހަކު ދެ ފަހަރު މި ބޭހުން ދަތް އުނގުޅުމަކީ، އިސްވެ ފާހަގަ ކުރެވުނު ކަންކަން ދާދި އަވަހަށް ހާސިލް ކުރުމަށް އޮތް ގޮތްކަމަށް މި ބޭސް ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ޓްރީ ހާބް" ފޭސްބުކް ޕޭޖް، "ލިބޭ" އިން 145 ރުފިޔާއަށް ލިބެން ހުރިއިރު، ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.



ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


2. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


3. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


4. ވަޓްސަން ބޮޑީ ވޮޝް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


5. ސްޕާކަލް - ޓްރިޕަލް ވައިޓް ޓޫތް ޕޭސްޓް (100 ގްރާމް: 200 ރުފިޔާ / 60 ގްރާމް: 120 ރުފިޔާ / 20 ގްރާމް: 50 ރުފިޔާ) [އިތުރު މައުލޫމާތު]