ތަފާތު މަޝްހޫރު ބްރޭންޑްތަކާއި، އަމިއްލަ ބްރޭންޑްތަކުގެ އަތަރާއި ސެންޓު ވިއްކަމުން އަންނަ ރާއްޖޭގެ އެންމެ ނަން ހިނގާ އަދި އެންމެ ފުރަތަަމަ އަތަރު ބްރޭންޑަކީ އޫދް އަލް ސަބާޔާއެވެ. ދުނިޔޭގެ މަޝްހޫރު އެކި އަތަރު ބްރޭންޑްތަކާއި، އަމިއްލަ ބައެއް އަތަރާއި، ސެންޓު ވިއްކަމުން އަންނަ އޫދް އަލް ސަބާޔާގެ ދެ ފިހާރަ ހުރެއެވެ.

އަބަދުވެސް މަޝްހޫރު އަތަރާއި ސެންޓު ވިއްކަމުން އަންނަ އޫދް އަލް ސަބާޔާ އިން މިފަހަރު މި ވަނީ އަރަބައިން އޫދް ގެ އަތަރު ރާއްޖެއަށް ތައާރަފްކޮށްފައެވެ.

އަރަބިއަން އޫދް އިން އެންމެ ފުރަތަމަ ނެރުނީ ސެންޓެވެ. އެ ސެންޓަކީ މީރު ވަސް ދުވާ ގިނައިރު ވަސް ހުންނަ ސެންޓެއްކަމުން، އެ ބްރޭންޑްގެ ސެންޓަށް ޑިމާންޑް އޮތެވެ. އަރަބިއަން އޫދަކީ ދެ ޖިންސަށް ހާއްސަ ސެންޓަކަށްވާއިރު، މި ބްރޭންޑްގެ އަތަރުންވެސް އެހާމެ މީރުވަސް ދުވައެވެ. އަދި ގިނަ އިރުވަސް ހުރެއެވެ.

އޫދް އަލް ސަބާޔާއިން ވަނީ، މި ބްރޭންޑްގެ އަތަރުގެ ވަސް ވެސް 24 ގަޑިރިއަށް ވުރެ ގިނައިރު ހުންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިއީ އަރަބިއަން އޫދުގެ ސެންޓަށް ލޯބިކުރާ ގިނަ ދިވެހިންނަށް ވަރަށް ކަމުދާނެ އަތަރަކަށް ވެގެން ދާނެއެވެ.

އަރަބިއަން އޫދް އަކީ ދިވެހިން ވަރަށް ލޯބިވާ ބްރޭންޑެއްކަން ފާހަގަކޮށްލަންޖެހެެއެވެ. އަދި ދިވެހިންނަށް އަރަބިން އޫދް ވަރެއް ނެތެެވެ.

ރާއްޖެގެ މަޝްހޫރު އޫދް އަލް ސަބާޔާގެ މައި ފިހާރަ ހުންނާނީ، މިރިއަސް މަގުގައެވެ. އޫދް އަލް ސަބާޔާގެ ފިހާރައެއް އައްޑޫގައި ހުންނައިރު، އެ ބްރޭންޑްގެ އުފެއްދުންތައް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ.