އިންޑިއާ އިން އެގައުމުގެ ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން ފުޅާކުރަން ތައްޔާރުވަމުން ދާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގައި މޫދު ކޮޓަރިތައް ހަދާފައި ހުންނަ ގޮތައް މޫދު ކޮޓަރިތައް ތައްޔާރުކޮށް ރާއްޖެ "ކޮޕީ ކުރަން" ކަމަށް އިންޑިއާ ސަރުކާރުގެ ތިންކް ޓޭންކެއް ކަމަށްވާ "ނިޓީ އަޔޯގް" އިން ބުނެފިއެވެ.

"ނިޓީ އަޔޯގް" އިން ބުނީ ލަކްޝަދީބް އަދި އަންޑަމަން ނިކޮބާ އައިލެންޑްގައި ފަތުތުރުވެރިކަން ތަރައްޤީ ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާ ކަމަށެވެ. މިއީ 1500 ކްރޯޑް ރުޕީސްގެ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވިލާތައް ތަރައްޤީ ކުރުމުގެ އިތުރުން އެއާޕޯޓްތަކާއި ފްލޯޓިން ޖެޓީތަކާއި ހެލިކޮޕްޓަރުތައް ޖެއްސުމަށް ހެލިޕޭޑްތަކާއި ބައެއް އިތުރު އިމާރާތްތައް ބިނާ ކުރުން ވެސް ހިމެނެއެވެ. މި ޕްރޮޖެކްޓަށް ބިޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

"މި ޕްރޮޖެކްޓްގެ ތެރެއިން މައިގަނޑު ހަތް ޕްރޮޖެކްޓަކަށް ވަކިވަކިން ބިޑް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ވެސް ބިޑް ކުރެވޭނެ. މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލް މަންޒިލަކަށް އިންޑިއަ ހެދުމަށް ކުރިއަށް ގެންދާ ވަރަށް މުހިއްމު ޕްރޮޖެކްޓެއް." އިންޑިއާގެ އޮފިޝަލަކު އެގައުމުގެ ނޫހެއް ކަމަށްވާ "އިކޮނަމިކް ޓައިމްސް" އަށް ބުންޏެވެ.

މިޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ހަދަން ޖެހޭ ތިމާވެށީގެ ދިރާސާތައް ވެސް މިހާރު ވަނީ ހަދައި ނިމިފައެވެ. އެހެންކަމުން އިންޑިއާ ސަރުކާރުން އުއްމީދު ކުރަނީ މިއަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

އިންޑިއާގެ އެތައް މިލިއަން ބަޔަކު މިހާރު ކޮންމެ އަހަރަކު ވެސް ގައުމުން ބޭރަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތް ކުރެއެވެ. ގިނަ ބަޔަކު ގައުމުން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރުން މަދުކޮށް އެފައިސާ އިންޑިއާގެ އެތެރޭގައި ދައުރުވާނެ ގޮތެއް ހެދުމަކީ އިންޑިއާ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާބެ

    އެހެންނުވާނީ އަންނި އުޅެނީ އިންޑިޔާގެ ފައްޅި ކޮޕީކުރަންވީޔަ. އެންމެ ފަހުން ރަންބިސް އަޅާ ކުކުޅުވެއް ޖަހައިގަންނާނީ

    45
    3
  2. ނަން

    އެންމެ 210 މިލިއަން ޑޮލަރު... ތިއިން އެޅޭނީ މަސާލާ ކައްކާ ބަދިގެއެއްނު...

    36
    3
  3. ހެޔޮ

    ކިތަންމެ ކޮޕީއެއް ކުރިޔަސް އެ ރޭޕިސްތާނަކަށް ނުދާނެ ފަތުވެރިންނެއް، ރާއްޖޭގެ ރިސޯޓުތައް މާ ރައްކާތެރި އަދި ހިތްގައިމު

    14
    2
  4. ދިވެހިދަރިން

    ބޮޑު ސުވާލު ، އިންޑިޔާއިން ދިވެހި އިކޮނޮމީ ކޮޕީކުރަނީ ކީއްވެ؟ ޖަވާބަކީ ދިވެހި މިއިގްތިސާދަށް އިންޑިޔާ ބަލަބަލަ އޮންނަތާ ލައްކަދުވަސްވެއްޖެ ، އަދިވެސް ޖަހައިނުގަނެވިގެން އެންމެފަހުން މިފަދަ ތަނެއް ހެދޭތޯ އެއުޅެނީ

    32
    1
  5. ކޮޕީ

    ކޮޕީގެ ވާހަކަ ދައްކާފަ މީހުނަށް އެންމެ ހަޖޫ ޖަހަން ރަނގަޅު ގަުމު މީ

    12
  6. ޛސޖސހ

    މިގައުމު ފުނޑާލާން ފަންޑު ކޮށްދިން މަޤްސަދު މިއޮތީ.

    7
    2
  7. Anonymous

    Petronas Twin Towers ބަޔަކު ކޮޕީކޮށްފިނަމަ ވަރަށްބޮޑު މައްސަލައަކައްވާނެ، ރާއްޖޭގެ ފިކުރީ އުފެއްދުންތެރިކަން ކޮޮޕީނުކުރެވޭނެ، ލައިސަންސް ފީއެއްނުދީ!

    4
    1