ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރު ތައާރަފް ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ފެށިގެންދާ ޕްރޮމޯޝަންގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތައް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.
ބީއެމްއެލް އިން ބުނީ މިހާރު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު ލިބޭނެއެވެ. އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް މަސްވެރިންގެ އެކްސްޕޯގައި ބަލައިގަންނާނެއެވެ.
މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ދާނީ 10 މާރިޗު 2020 ގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާ އެކު، ނަގުދު ފައިސާއާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުރެގެން ބޭންކިން ހިދުމަތް ހޯދޭނެ އެވެ.
ތިލަފުށި ކޯޕަރޭޝަނާއި އަދި ފިނޭންސް މިނިސްޓްރީ އާއި ދެމެދު މަށެއް ނޫނޭ ކިޔާ ޒިންމާ އިން ރެކެން މަސައްކަތް ކުރާ ތަނޭ ފެނިގެން މިދަނީ ޒިންމާ ނެގުމުގެ ބަދަލުގައި މީ ވަރަށް ވެސް ޒިންމާ ދާރު ކަން ކުޑަ ސަރުކާރު ތަކުން ކުރާ ކަންކަމޭ އޮފް ކީޕިންގް ދިސް އިން ދަ ރައިޓް ޑިރެކްޝަން މިއުސޫލުން ކަންކަން ކުރަން ނޭގެއޭ ރައީސް އިބޫގެ ސަރުކާރަށް މަމެން ޕިންކީން ވެރިކަން ކުރިއިރު މިކަން ފެނިގެން ނުދެއޭ ސޯ ހޯލްޑް އޮން ޓު ޕިންކީސް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން
އަނެއްކާވެސް ފިޔާގެ އަގު އުފުލިއްޖެ، ކިލޯއެއް 45ރ. އަށް މީ މަމެން ހިތާމަ ކުރާ ކަމެކޭ މަމެން ޕިންކީން މިރާއްޖޭގައި ވެރިކަން ކުރިއިރު އިންޑިއާ ޖެހުނީ އެމެންގެ ސައިޒުގައި ތިބެންއޭ ސަބަބަކީ މަމެން ޕިންކީންގެ ވެރިކަމުގައި ކޮމޯޑިޓީސް ތަކުގެ އަގު ބޮޑު ނުކޮށް އެސްޓީއޯ އިން ވާނީ ބަރާބަރަށް ހުރިހާ ތަކެތި ފޯރުކޮށް ދީފައޭ މަމެން ޕިންކީން ނަށޭ އިނގޭނީ ޓައިޓޭނިއަމް ޕްލޭޓެޑް ވެރިކަން ކުރަން ހޯލްޑް އޮން ޓު ޕިންކީސް ކުދިންނޭ ހޯލްޑް އޮން ހޯލްޑް އޮން ޓު ޕިންކީސް ޑާންސް ޑާންސް ޑާންސް ޑާންސް...
ކީއްތަވާނީ ސިވިލްސާރވަންޓުންނަށް ވެސް ތި ކާރޑްދިނިއްޔާ
މަސްވެރިންނަށް މިހާރުވެސް ފައިސާ ލިބެނީކީނުން ހަމަ ގަސްތުގަ ބަޔަކު ހަނާ އަރުވާލަން ތި އުޅެނީ