ދުޅަހެޔޮ ހަންގަނޑެއް ލިބުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އަބަދުވެސް އެންމެ މޮޅީ ގުދުރަތީ ވަސީލާތްތަކުން އުފައްދާފައިވާ އުފެއްދުންތަކެވެ. އޭގެ ބަދަލުގައި ފާޑުފާޑުގެ ކެމިކަލް އެކުލެވޭ ތަކެތި ބޭނުން ކުރުމުން ހަންގަޑަށް ނުރަނގަޅު އަސަރުތަކެއް ކޮށް އަބަދަށްޓަކައި ހަންގަނޑުގެ ރީތިކަން ގެއްލިދާން ދިމާވެއެވެ. އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިވުމުގެ ކުރީން، ހަންގަނޑަށް ފައިދާ ކުރަނިވި ގުދުރަތީ އުފެއްދުމެއް އިޚްތިޔާރު ކުރުމަކީ ބުއްދިވެރި ގޮތެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ ފޭސްބުކް ޕޭޖް، "ލިބޭ" އިން އެފަދަ ފަރާތްތަކަށް ހޯދައިދިން ހައްލަކީ މިއީއެވެ. ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މަޝްހޫރު "ފުޓަވާން" ބްރޭންޑުގެ "ޝީ ބަޓަރ" އަކީ ހަންގަނޑަށް ލިބޭ ކޮންމެ ގެއްލުމެއްގެ ފަރުވާއެކޭވެސް ބުނެވިދާނެއެވެ. މިގޮތުން ޚާއްސަ ގޮތެއްގައި، ފިލުވާލަން އުނދަގޫ ސްޓްރެޗް މާކް ފިލުވާލުމަށް މި ބަޓަރ ޚާއްސަ ވެއެވެ.

"ޝީ ބަޓަރ" އަކީ ހަމައެކަނި ފަތްޕިލާވެލިން އުފައްދާފައިވާ އުފެއްދުމެކެވެ. ހަންގަނޑަށް ހަމައެކަނި ބޭނުންތެރި އަދި ފައިދާ ކުރަނިވި ބައިތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި އުފެއްދުމަކީ ކޮންމެ ވައްތަރެއްގެ ހަންގަނޑަކާއި ވެސް އެކަށޭނެ ގޮތަކަށް އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. އެގޮތުން އަތާއި ފައިގެ ހަންގަނޑާއި ގައިގެ އެކި ތަންތަނުގައި ހަންގަނޑު ހަލާކުވެ ކުރަނިވެފައި ހުންނަ ހުރުމަށް މިއީ މޮޅު ފަރުވާއެކެވެ.

ފުޓަވާން "ޝީ ބަޓަރ"ގެ އެންމެ ޚާއްސަ ކަމަކީ، މި ޕްރޮޑަކްޓު ބޭނުންކުރާން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފުރިހަމަ ނަތީޖާ ފެންނާން ފެށުމެވެ. އެގޮތުން އާދަކޮށް މި ބަޓަރ ބޭނުންކުރާނަމަ ހަންގަނޑުގެ މަޑުކަން އިތުރުވެ ހަންގަނޑު އޮމާން ވުމާއެކު ޖުމްލަ ގޮތެއްގައި ހަންގަޑު ރީތިވެ އޭގެ ތާޒާކަން އިތުރުކޮށްދެއެވެ. މީގެ އިތުރުން މި ބަޓަރ ގައި އެކުލެވޭ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން، ހަންގަނޑުން ރޫ ފިލުވާލައި ޒުވާންކަން އިތުރުކޮށްދެއެވެ.

މި ބަޓަރ ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު ހަންގަނޑުގައި، ޚާއްސަކޮށް ހަންގަނޑު ކުރަކިވެ ރޫ އަރާފައިވާ ތަންތަނުގައި ހޭކުން ރަނގަޅެވެ. މިގޮތުން މި ބަޓަރ ހަންގަނޑުގައި ހާކާއިރު، ހަންގަނޑުގެ ތެރެއަށް އޭގައިވާ ބައިތައް ރަނގަޅަށް ވަންނާނެ ފަދަ ގޮތަކަށް އިރުކޮޅެއް ވަންދެން އުނގުޅާލުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އާދަކޮށް މިފަދައިން ފުޓަވާން "ޝީ ބަޓަރ" ބޭނުންކުރާ ނަމަ، ހަންގަނޑަށް ދިމާވެފައިވާ، އިސްވެ ފާހަގަކުރެވުނު އެންމެހާ މައްސަލަތަކުން ހަންގަނޑު ސަލާމަތްކޮށް ފަރުވާކޮށްދޭނެއެވެ.

"ލިބޭ" އިން "ފުޓަވާން ޝީ ބަޓަރ"ގެ 60 ގްރާމުގެ ދަޅެއް ވިއްކަނީ 150 ރުފިޔާއަށެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


2. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


3. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


4. hހަލާކު ވެފައިވާ އިސްތަށިގަނޑަށް ޚާއްސަ ސެރަމް (100 ރުފިޔާ)


5. hމަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ޚާއްސަ އެއާފްރެޝްނަރ އެއް (100 ރުފިޔާ)