އާ އަހަރާދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓްރެފިކް އެތައް ގުނައެއް އިތުރުވެފައި ވާއިރު އާދީއްތަ ދުވަހު އެކަނި 811 މޫވްމެންޓް އެއާޕޯޓުގައި ހިނގާފައިވާކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލް އިން ބުނެފިއެވެ.

އާދީއްތަ ދުވަހު ވަނީ 252 ރަންވޭ މޫމެންޓާއި، 559 ސީޕްލޭން މޫމެންޓާއެކު ޖުމްލަ 811 މޫމެންޓް ހިނގާފައެވެ. އެމްއޭސީއެލް އިން ބުނީ އެއާލައިންތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަމެއްދޭ ކަންތައް ކަމަށާއި، މުވައްޒަފުންނާއި، ސްޓޭކް ހޯލްޑަރުންނަށް މިކަމުގައި ޝުކުރުއަދާ ކުރާ ކަމަށެވެ.

މިއީ މިހައި ގިނަ އަދަދެއްގެ ފްލައިޓް މޫވްމަންޓް އެއާޕޯޓްގައި ހިނގި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ވަނީ ދެ ދުވަހެއްގައި ރެކޯޑް ހަދާފައެވެ.

އާ އަހަރާ ދިމާކޮށް އެތައްސަތޭކަ ފުލައިޓެއް ވެލަނާ އެއާޕޯޓުގައި ޖައްސާފައިވާއިރު، އެއްމެ ރަންވޭއެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން ފުލައިޓްތައް ޑިލޭވުމުގެ މައްސަލަތައް ދިމާވެ, ބައެއް ފުލައިޓްތައް އެހެން އެއާޕޯޓްތަކަށް ޑައިވާޓްވެސް ކުރަން ޖެހުނެވެ.

މި ދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 55 ފްލައިޓް ވީއައިއޭގެ ރަންވޭއަށް ޖައްސަ އެވެ.

އެއާޕޯޓަށް ބާރުބޮޑުވެ ބައެއް ފްލައިޓްތައް ރަންވޭގައި ނުޖެއްސި 20 މިނެޓް ވަންދެން މަތީގައި އޮންނަން ޖެހޭ ފަހަރު އާދެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ނިންމި އާ ރަންވޭ އަދިވެސް ބޭނުން ކުރާކަށް ނުފަށައެވެ. އެމްއޭސީއެލް އިން ބުނާ ގޮތުގައި ރަންވޭ ބޭނުން ކުރަން ނުފެށިފައި ވަނީ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނުނިމޭތީއެވެ.

ފްލައިޓް ޕާކް ކުރާނެ ޖާގަވެސް މިހާރު އެއާޕޯޓްގައި އެކަށީގެންވާ މިންވަރަކަށް އޮތީ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި އޭޕްރަންތައް މިހާރު ނިމިފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާގާބިލް އެޖެންޑާ19

    ރައީސް ޔާމިން ގެންނެވި ތަރައްގީ މި މީހުނަކަށް ނުގެނެވޭނެ... މިސަރުކާރު އައިފަހުން ކުނަލެއް ކާޕެޓެއް ނޫން ފައިފުއްސެއްހާ ހިސާބުވެސް ނެތް ސަލާމަތަކުން.. ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ކުރައްޕެއްނެރުނަސް ވޯޓުދޭނީ ޕީޕީއެމްއަށް...

    8
    1