ދިވެހިރާއްޖެއަކީ ހޫނު ޤައުމަކަށްވާއިރު، ދިވެހި ކަނބަލުންނަށް ޕީރިއަޑް ނުވަތަ މައްސަރު ދުވަސް ތަކުގައި ތަފާތު ތަކުލީފުތަކެއް އުފަލަން ޖެހެއެވެ. ބޭނުންކުރެވޭ ސެނިޓަރީ ނެޕްކިންގ ނުވަތަ ޕެޑެއްގެ ސަބަބުން މިތަކުލީފުތައް އިތުރުވެއެވެ.

ރާއްޖޭގެ ހޫނު މާހައުލުގައި ދިވެހި ކަނބަލުން އުފުލަމުންދާ ތަކުލީފުތަކަށް މިހާރު ހައްލު އެބަ އޮތެވެ. އެއީ ޖަޕާންގެ ޔުނިޗާރމް ކޯޕަރޭޝަނުން އުފައްދާ ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޖަޕާންގެ ނަންބަރު ވަން މަޝްހޫރު ސެނިޓަރީ ޕެޑް "ސޮފީ ކޫލް" އެވެ.

ސިބްކޯ ޕްރައިވެޓް ލިމިޓެޑް އިން ރާއްޖެ އެތެރެކުރާ "ސޮފީ ކޫލް" ޕެޑަކީ، އިންޑިއާގައި ވެސް އެންމެ ފުރަތަމަ ތައާރަފްކުރި ފިނި ޕެޑެވެ. ރާއްޖޭގައި ވެސް ތައާރަފްކުރާ ފުރަތަމަ 'ކޫލް ޕެޑް' އެވެ. މި ޕެޑް ބޭނުން ކުރުމުން މައްސަރު ދުވަސްވަރުގައި ދިމާވާ ހިރުވުމާއި، ލީކުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ. މި ޕެޑްގައިވާ ޖަޕާންގެ "ކޫލް ޕެޑް ޓެކްނޮލޮޖީ" އިން ލީކުނުވެ ގިނައިރު ހިފަހައްޓައި ދެނީ، އެހެނިހެން އުނދަގޫތަކުން ދުރުކޮށްދެމުންނެވެ. ސާފުތާހިރުކަން މިޕެޑްގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ އިން ގެނެސްދެއެވެ. ސަބަބަކީ، މި ޓެކްނޮލޮޖީ ފަރުމާކުރެވިފައި ވަނީ ޕެޑްގެ މަތީ ފަށަލައިން ތެތްކަމުގެ އިހުސާސްނުވެ، ހިކިކޮށް (ޑްރައިކޮށް) ބަހައްޓައިދޭ ނިޒާމެއް ހިމެނިފައިވުމެވެ.

މިއީ ދިވެހިރާއްޖެ އަށް އެތެރެކުރާ މިބާވަތުގެ ފިނި އިހުސާސެއް ނެގެސްދޭ ފުރަތަމަ ޕެޑެވެ. މަޝްހޫރު 'މަމީޕޮކޯ' ނެޕީ އުފައްދާ ޔުނިޗާރމްގެ މި އުފެއްދުމާއި ގުޅޭ ގޮތުން ހެދި ސާވޭ އެއް ބުނާގޮތުން، "ސޮފީ ކޫލް" ޕެޑަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އޭސިއާ ގައި ބޭނުންކުރާ ޕެޑްގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ފިނި އިހުސާސެއްކޮށްދޭ ހަމައެކަނި ޕެޑެވެ. މި ފިނިކަން ގެނެސްދެނީ ޕެޑްގައިވާ މެންތޯލް ފޯމިއުލާގެ ސަބަބުނެވެ. "ސޮފީ ކޫލް" މި ޕެޑުގައި ފިނިކަމުގެ އިތުރުން މީރުވަސް އެކުލެވިގެންވެއެވެ. އަދި މިޕެޑަކީ ބޭނުންކުރާކަމުގެ އިހުސާސްނުވާ ފަދަ، ތުނި ނުވަތަ އަލްޓްރާ ސްލިމް ޕެޑެކެވެ.

"ސޮފީ ކޫލް" ޕެޑްގެ ދެ ސައިޒެއް ހުރެއެވެ. އެއީ 290 މިލިމީޓަރު ދިގު "ސޮފީ ކޫލް އެކްސްޓްރާ ލާރޖް" އަދި 323 މިލިމީޓަރު ދިގު "ސޮފީ ކޫލް އެކްސް.އެލް ޕްލަސް" އެވެ.

"ސޮފީ ކްލޫލް" ޕެޑް ތަފާތުވާ ސަބަބުތައް:

- ޖަޕާންގެ ކޫލް ޕެޑް ޓެކްނޮލޮޖީ ހިމެނިގެންވުން

- ފިނިކޮށްދީ އަރާމުކޮށްދިނުން

- ހިރުވުންފަދަ ތަފާތު އުނދަގޫތަކުން ދުރުކޮށްދިނުން

- ތެތްކަމުގެ އިހުސާސެއް ނެތި، ހިތްގައިމު އިހުސާސެއް ގެނެސްދިނުން

- މީރުވަސް އެކުލެވިގެންވުން

- ލީކުވުން ދުރުކޮށްދީ، ގިނައިރު ލީކްނުވެ ހިފަހައްޓައި ދިނުން

- އަލްޓަރާ ސްލިމް ފެޑަކަށްވުން

ދިވެހި ކަނބަލުންނަށް ރާއްޖޭގެ ހޫނު މާހައުލުގައި މައްސަރު ދުވަސްވަރު އަރާމުކަމާއި ހިތްހަމަޖެހުން 'ސިބްކޯ' އިން އެތެރެކުރާ "ސޮފީ ކޫލް" ޕެޑާއެކު މިވަނީ އައިސްފައެވެ. "ސޮފީ ކޫލް" ޕެޑް ވީބީގެ ސުޕަރ މާކެޓް ތަކުން މިހާރު ލިބެން ހުންނާނެއެވެ. ކޮންމެ ކަނބަލަކު ވެސް މި ޕެޑް ތަޖުރިބާކޮށްލުން އެއީ ބުއްދިވެރިކަމެކެވެ. "އެއްޗެއްގެ އަރާމުކަން އެނގޭނީ އަތްލާ ބަލާލީމަ" އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ

    ކޫލް!

    21
    3
  2. ޅިނަސް

    އެއްޗެއްގެ އަރާމުކަން އެނގޭނީ އަތްލާ ބަލާލީމަ ތެދުފުޅެއް

    38
    1
  3. ވސްނޭ މީހާ

    ތެދުފުޅެއް. ކޮންމެ އެއްޗެއްގެވެސް ހަގީގަތް އެގޭނީ ހަމަ އަތްލާ ބެލީމަ. ދުރުގަ ހުރެ ކިތަންމެ ވަރަކިށް ބެލިޔަސް ނޭގޭނެ އޭގެ ކުލައެއް ރަ ހައެއް ވަ ހެއް އަރާމެއް....ދިވެ ހި ކަބަލުންނޭ ލަސްނުކޮށް ތަޖުރިބާ ކުރޭ...

    33
    4
  4. ފިޔަވަޅު

    އެއްޗެއްގެ އަރާމުކަން އެނގޭނީ ހަމަ އެއެއްޗެއް ބޭނުން ކޮށްލީމަތާދޯ....

    14
    1