އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އޫރީދޫ އިން ބުނީ އެ ޖަލްސާއަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށެވެ.

އުރީދޫން އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 16 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުރާނެއެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ކުންފުނިން ބުނީ ވެބްސައިޓުގައި އެ މައުލޫމާތުތައް އާންމުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރިޔަތު

    އާއްމު ޖަލްސާގައި އަހަރެން ކޮށްލަން ބޭނުންވާ ސުވާލަކީ، ބޭރު މީހުންމަދުކޮށް ދިވެހިން ތަމްރީންކޮށް %95 ދިވެހިން މަސައްކަތް ކުރާތަނަކަށް ތިތަން ބަދަލު ކުރެވިދާނެތޯ ؟