މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން، ޗާ ޓައިމް ތަޅާލައިފިއެވެ.
ތަފާތު ވައްތަރުގެ ސަޔާއި، އަދި ބުއިންތައް ލިބެން ހުންނަ އެތަން ތަޅާލާފައި ވަނީ ރޭގެ ވަގުތެއްގައެވެ. މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި އެތަނަކީ ގިނަބަޔަކަަށް ވަރަށްވެސް މަގުބޫލު ތަނެކެވެ. އެތަނަކީ މަޝްހޫރު ބައިނަލްއަގުވާމީ ފްރެންޗައިޒެކެވެ.
އެތަން ހިންގަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުންނެވެ. ބުރިޖު ބަލާ ޕްލެޓްފޯމް ސަރަހައްދު ތަރައްގީކޮށް ހިންގަނީވެސް އެކުންފުނިންނެވެ.
މައުލޫމާތު ލިބޭގޮތުގައި، ޗާޓައިމް ތަޅާލީ، ކޮންސަލްޓަންޓު ލަފާގެ މަތިން އެތަނާ ހެދި ބޮޑުތަކުރުފާނުމަގު ފުޅާކުރެވޭނެ ގޮތެއް ނެތިގެންނެވެ.
ހައުސިންގ މިނިސްްޓްރީން ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް ތާރު އަޅާށެވެ. މިހާރު އެ މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނުމަގުގައި ގާޑިޔާތައް ވަނީ އެކި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ.
ހައުސިންގ މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހަދަން ނިންމާފައިވާ މަގުތަކުގައި 450 އެއްހާ ގަސް އިންދާނެ ކަމަށެވެ. އެ މަގުތައް ހަދަނީ ރިންގް ރޯޑެއްގެ ގޮތުގައެވެ.
ބަރާބަރު. މީނޫންތޯ ބިނާކުރުމަކީ....؟
ރަނގަޅު ވާހަކައެއް އިގޭތޯ!
މި ގައުމުގަ ބުރިޖެއް އަޅާކަމެއް އަޅުގަންޑު ނުދެނެހުރިން ހެންވޭރުން ދާއިރު އެފެންނަނީތަ ތިޔަ ކިޔާ ބުރިޖު؟؟؟ އެއީ އިންޑިޔާ ކޯރުތައް މަތިން އަޅާފަ އޮންނަ ކޯޒުވޭ އެއް ނުންތަ!!
މިގައުމުގަ މީހުން ބުރިޖު ކިޔަނީ ކޯރުތައް މަތިން އަޅާފަ ހުންނަ ކޯޒުވޭ ފާލަމައްތަ؟؟؟ 200 މިލިޔަން ހަރަދުކޮއްގެން ކޯޒުވޭ ފާލަމެއް އެޅުން އެއީ ވަރައް ބޮޑުކަމެއްދޯ 50 މިލިޔަނުން ނިންމެން އޮތް ކަމެއް 200 މިލިޔަން ހަރަދުކުރީމަ ވަރައްމޮޅު
ބުރިޖޭބުނީމަވަރަށްމޭކަރާނެ50، 40، ހޭވެސްކިޔާނެދެންލަލަލާ