ކާބޯތަކެތީގެ ދުނިޔޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ކޮލިޓީ އަދި އަގުހެޔޮ އުފެއްދުމަކީ ކޮންމެ ކަސްޓަމަރަކުވެސް ބަލައިގަންނާނެ މުހިންމު ކަންތައްތަކެވެ. ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ކާބޯތަކެތީގެ މުދާ އެތެރެކޮށް ވިއްކަމުންދާ ސިބްކޯ އިން އެކުންފުނީގެ ފަރާތުން އެންމެ ފަހުން އެތެރެކުރި "އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ" ދިވެހި ބާޒާރަށް ތަޢާރަފްކޮށްފިއެވެ.
މިއީ ކޮލިޓީގެ ގޮތުން ފެންވަރު ރަނގަޅު ކާށި ބޭނުންކޮށްގެން ގޭގޭގެ ބަދިގެ ތަކުގަޔާއި ކޭޓަރިން ޚިދުމަތްދޭ ފަރާތްތަކަށް ވަރަށް ފަސޭހައިން ފެނަށް ގިރުވާލައިގެން ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓެކެވެ.

ސްބްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، އަޙްމަދު ހާނީ ނަޢީމް ވިދާޅުވީ "އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ އުފައްދާފައިވަނީ މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ކާށި ބޭނުންކޮށް 'ސްޕްރޭ ޑްރައި' ކުރުމަށްފަހު އެއްވެސް ޕްރިޒަވެޓިވް އެއް އަދި ކޮލެސްޓްރޯލް ނުހިމެނޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރަކީ ޒަމާނީ ދިރިއުޅުމުގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ރަހަމީރު އަދި އަގު ގޮތުން އަތްފޯރާފަށުގައި ލިބޭ އެ އުފެއްދުމަކީ ކަސްޓަމަރު ޚިޔާރުކުރައްވާ މިންވަރަށް ފެނަށް ގިރާލައިގެން ބޭނުންކުރެވޭނެ އެއްޗެއް ކަމަށްވެސް ހާނީ ވިދާޅުވިއެވެ.

މެލޭޝިއާގެ އުފެއްދުމެއްކަމުގައިވާ އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރަކީ މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި މަޤްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓެކެވެ. ސިފްކޯއިން ބުނީ 300 ގްރާމް އާއި 1 ކިލޯގެ ޕެކިން ލިބިގެންދާނެ ކަމަށެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ އަދި ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.