މާލެ ސިޓީން ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި އެސްޓީއޯ މެދުވެރިކޮށް ބޭސް ނަގަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފޯމް ފުރަން އެ ކުންފުނިން އެދިއްޖެއެވެ.
މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސިޓީ އެއްކޮށް އޮތީ ފުރަބަންދުކޮށްފައެވެ. އަދި އާއްމުން ބޭރަށް ނުނިކުތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އެެސްޓީއޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ބޭސް ހުސްވެއްޖެނަމަ ބޭސް ނެގުމަށް މި ލިންކުގައިވާ އޮންލައިން ފޯރމް ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.
އޮންލައިންކޮށް ބޭސް އޯޑަރ ކުރުން މިވަގުތު ހުޅުވާލެވިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް.https://t.co/sFYWbAVQgb
— STO (@stoplc) April 23, 2020
އެސްޓީއޯއިން ބުނީ، ވައިބަރއިން މެދުވެރިކޮށް މިހާތަނަށް ބޭހަށް އޯޑަރު ކުރި މިފޯމް އަލުން ފޮނުއްވާކަށް ނުޖެހޭނެ ކަމަށެވެ. އަދި ފުލުހުން ދޭ ހުއްދަ އޮތް މީހުންނަށް އޯޑަރ ރެޑީ ވުމުން ބަލާ އާދެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.
އޮންލައިންކޮށް ބޭސް އޯޑަރ ކުރުން މިވަގުތު ހުޅުވާލެވިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއަށެވެ.
މާލެ އިން މިހާތަނަށް ކޮވިޑް-19ގެ 66 ކޭސް ފެނިފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 86 އަށް އަރާފައެވެ.
މިކަމާއި ގުޅިގެން އާސަންދައާއި ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނާއި ގުޅިގެން ވަނީ އޮންލައިން ފްލޫ ކްލިނިކުތަކެއްވެސް ހުޅުވާފައެވެ. އެގޮތުން މާލޭގައި ނުވަ ކްލިނިކަކާއި އައްޑޫގައި އެއް ކްލިނިކް ވަނީ ހުޅުވާފައެވެ