ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފާއިވާ ވާވޭގެ ޕީ 20 އާއި ޕީ 20 ޕްރޯ އިޝްތިހާރުވާގޮތަށް ކުޑަ ވީޑިޔޯ ކްލިޕްތަކެއް ހަދައިގެން ވާވޭ ޕީ 20 ޕްރޯ ފޯނެއް ހޯދުމުގެ ފުރުސަތު މެކްސްކޮމް ޓެކްނޮލޮޖީސް އިން ހުޅުވާލައިފިއެވެ.
މެކްސްކޮމް އިން ހުޅުވާލި މި ފުރުސަތާއެކު މިހާރުން ފެށިގެން އެ ވީޑިޔޯތައް މެކްސްކޮމްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފޮނުވަމުން ގެންދަންވީއެވެ. އެ ވީޑިޔޯތައް މެއި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮނުވަން ވާނެއެވެ.
މިގޮތަށް ވީޑިޔޯ ނެގުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް މެކްސްކޮމް އިން މި ވަނީ ހާމަކޮށްފައެވެ. އެގޮތުން:
- އެ ވީޑިޔޯ ކްލިޕް 30 ސިކުންތަށްވުރެ ދިގު ނުވުން
- އެ ވީޑިޔޯގައި އިޝްތިހާރް ވާންޖެހޭނީ ވާވޭ ޕީ 20 ނުވަތަ ވާނޭ ވާވޭ ޕީ 20 ޕްރޯ
- އެއީ އަމިއްލަ މަސައްކަތް ދައްކުވައިދޭ އަމިއްލަ ވީޑިޔޯއެއް ކަމުގައިވުން
- އެ ވީޑިޔޯގައި ވާވޭ ލޯގޯ ހިމަނަން ވާނެ.
- އެ ވީޑިޔޯގައި ވާވޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރއަކީ މެކްސްކޮމް ޓެކްނޮލޮޖީސްކަން އިނގޭ ގޮތަށް ލިޔެފައި ހުންނަން ވާނެ
މި މުބާރާތުގައި ޖަޖުން މާކްސް ދޭނީ 50 އިންސައްތައެވެ. އަނެއް 50 އިންސައްތަ ލިބޭނީ އެ ޕޯސްޓަށް ލިބޭ ލައިކަށް ބިނާކޮށެވެ. މިގޮތަށް ލައިކްސް ހޯދަން ވީޑީޔޯ ޝެއާވެސް ކުރެވިދާނެއެވެ.
މެކްސްކޮމް އިން ބުނީ، މިގޮތަށް ވިޑިޔޯ ހެދުމުގައި އެ ދެ ފޯނުގެ ފޮޓޯވެސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް 7232333 އަދި 3341814 އަށް ގުޅައިގެން ކުރިއަށްދެވޭނެކަމަށްވެސް މެކްސްކޮމް އިން ބުންޏެވެ.
ވާވޭ ފޯނު ވަރެނެއި!!
ވާވޭ ފޯން އަސްލު ވަރަށް ސަޅި