އޮންލައިންކޮށް ތަކެތި ވިއްކުމުގައި އާއްމުންގެ އިތުބާރު ހޯދާފައިވާ "ލިބޭ" އިން ވިއްކާ ތަކެތީގެ ތެރެއިން އެންމެ ގިނަ މީހުންގެ މަގުބޫލްކަން ލިބިފައިވާ ޑައިޓް ކޮފީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ވަރަށް ހެޔޮ އަގެއްގައި ކޮފީ ލިބޭނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ 9759452 އަށް ގުޅުއްވަން ކަމަށް "ލިބޭ" އިން މައުލޫމާތު ދެއެވެ.

"މިއީ ކޮފީ އުފައްދާ ލޭންސްލޭ އާއި ގުޅިގެން ރާއްޖޭގައި ކޮފީ އިތުރަށް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް. އަޅުގަނޑުމެންގެ ހޮޓްލައިނަށް ގުޅުވައިގެން ނަން ނޯޓް ކުރައްވާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ދަށުން ހާއްސަ އަގެއްގައި ޑައިޓް ކޮފީ ލިބޭނެ." އޮފިޝަލަކު ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ އަކީ ހަށިގަނޑު ރީތިކޮށްދިނުމުގެ އިތުރުން، އެހެން ކޮފީ ތަކާއި ޚިލާފަށް ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި މީރު ކޮފީއެކެވެ. ހަކުރުގެ އެއްވެސް މިންވަރެއް އެކުލެވިގެން ނުވާ މި ކޮފީއަކީ މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައި މުޙިންމު ދައުރެއް އަދާކުރާ ކޮފީއެކެވެ.

ލޭންސްލޭ ކޮފީގައި ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތައް އެކުލެވިގެން ވެއެވެ. މި ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީއަކަށް ވެގެން ދެއެވެ.

ޑައިޓް ކޮފީ ބޭނުން ކުރާނީ ކޮންމެ ދުވަހެއްގެ މެންދުރާއި ރޭގަނޑު ކެއުމުގެ 20 މިނެޓް ކުރިންނެވެ. ދުވާލަކު ހަތަރު ފަހަރަށް ވުރެ ގިނައިން ކޮފީ ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން މިކޮފީ ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ.