ފެނުގެ ވިއުގައިގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެނުގެ ވިއުގައިގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެރޭ 11:00 އިން ފަތިހު 4:00 އަށް ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ވަގުތުގައި މާފަތްތަކުރުފާނުމަގުގައި ހިމެނޭ 383، 384، 385 އަދި 386 ނަމްބަރު ބްލޮކާއި ބޮޑުތަކުރުފާނުމަގުގައި ހިމެނޭ 382 އަދި 387 ނަމްބަރު ބްލޮކާއި ބުރުޒުމަގާއި ވައިދެރި ހިނގުމުގައި ހިމެނޭ 204 އަދި 237 ނަމްބަރު ބްލޮކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެއިތުރުން ވައިދެރި ހިނގުމުގައި ހިމެނޭ 205 ނަމްބަރު ބްލޮކު އަދި އަމީނީމަގާއި ވައިދެރި ހިނގުމުގައި ހިމެނޭ 239 ނަމްބަރު ކޮށްޓާއި ބުރުޒު މަގުގައިވާ 238 ނަމްބަރު ބްލޮކުން ވެސް ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.