ކޮވިޑް-19އާ ގުޅިގެން ތަކެތީގެ އަގު ބޮޑުވަމުން އަންނަ މި ދުވަސްކޮޅުގައި އިންޑިއާގައި ފޯކުގެ އަގު 20 އިންސައްތަ މައްޗަށް ގޮއްސިއެވެ.

އެކަން ހާމަކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު އާރިފްއެވެ. އާރިފަކީ ލޮޓަސް ކުންފުނީގެ ވެރިޔާއެވެ.

އޭނާ މީސް މީޑިއާ މެދުވެރިކޮށް ވިދާޅުވެފައި ވަނީ، އިންޑިއާގައި ފޯކުގެ އަގު %20 މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އެހަ ދުނިޔޭގެ ބާޒާރުގައިވެސް ފޯކުގެ އަގު މިދިޔަ ހަފްތާގައި މައްޗަށް ގޮސްފައިވާކަން އޭނާ ވަނީ ފާހަަގަކުރައްވާފައެވެ.

"ރާއްޖޭގެ ބާޒާރުގައި ފޯކުގެ އަގު އަތް ނުފޯރާ ވަަރަށް މައްޗަށް ދާނެ، އެއީ ފޯކުގެ އަގާއި އެއްކޮށް ޑޮލަރުގެ އަގުވެސް މައްޗަށް ގޮސްފައިވާތީ". ލޮޓަސް އާރިފް ވިދާޅުވިއެވެ.

އޭނާ ވަނީ މިއީ ހިތާމަ ކުރާ ކަމެއް ކަަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖޭގެ ބާޒާރުގައި ފޯކުގެ އަގު އުފުލިދާނެ ކަމުގެ ބިރު އޮތް ކަމަށް ބޮޑު ވިޔަފާރިވެރިއަކު ވިދާޅުވެފައިވާއިރު، ފޯއް ބޭނުން ކޮށްގެން އުފައްދާ ސުޕާރީގެ ބާވަތްތައް ލިބުން ދަތިވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ހާއްސަކޮށް ރަސްލީ ސުޕާރި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ދެން މަދުފާނީ ދުވާލަކު އެއްފަހަރު

    16
  2. ޓ

    ޙުރިހަާ އަންހެނުން ވަރަށް ވިސްނާތި

  3. އަހުމަދު ނީޒް

    ސުޕާރީގެ އަގު ކުއްލިޔަކަށް އުފުލުނީ ތިޔަ ބުނާ ވިޔަފާރި ވެރިޔާގެ އަތް ދަށަށް އައި ފަހުން. އެއީ ދުނިޔޭގެ ބަޒާރުން ބޮޑުވެގެން ނޫން. ތި އާއިލާ އަކީ ވެސް ފައިސާ އަށް ފިސާރި ދަހިވެތި ބައެއް. ޢެހެންވެ އޭނަ އެތެރެކުރާ އެއްވެސް އެއްޗެއް ނުގަނެވޭތޯ މި ބަލަނީ

  4. އިބޫ ހުޅުމާލެ

    ތީ ހަމަ އަގު ބޮޑު ކުރަންވީ ތަކެތި، އަނގައިގެ އެކި އެކި ކެންސަރު ޖެހުމުގެއެއް އަސްލަކީ ދުފުމާއި ސިގިރޭޓޭ ކިޔާ އަޑު އަހަން....