ރާއްޖޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ފިނިކުރި ބާވަތްތަކުގެ ވިޔަފާރި ކުރަމުން އަންނަ ކުކުޅު ފިހާރައިން ބޮޑު އީދާއި ދިމާކޮށް ހިލޭ ކުކުޅު ކޭސް ލިބޭ ގޮތަށް ފެށި ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.
ކުކުޅު ފިހާރައިގެ ޑިރެކްޓަރ ސޭލްސް އެންޑް މާރކެޓިން، ނަޝާތު ވިދާޅުވީ، އީދާ ދިމާކޮށް ހުޅުވާލާފައިވާ މި ޕްރޮމޯޝަންގެ މުއްދަތު އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކުރީ މި ޕްރޮމޯޝަނަށް ވިޔަފާރިތަކުން ލިބޭ ތަރުހީބު އިތުރުވަމުން ދާތީ ކަމަށެވެ.
ފިނިކުރި ކުކުޅާއި، ފިނިކުރި މަހުގެ އެހެނިހެން ބާވަތްތަކުގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑުއީދާ ދިމާކޮށް ފެށި ޕްރޮމޯޝަން ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 15އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް، 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ.
ޝާތު ވިދާޅުވީ، ބޮޑު އީދާއި ދިމާކޮށް ހުޅުވާލާފައިވާ މި ޕްރޮމޯޝަން އަކީ ވަރަށް ތަފާތު ޕްރޮމޯޝަނެއް ކަމަށާ، އެގޮތުން ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ލިބޭނެކަމަށެވެ.
"ކުކުޅު ރީޓެއިލްކޮށް ވިއްކާ ފިހާރަތަކަށް ކުކުޅު ފިހާރަ އަށް ވުރެ ރަނގަޅު ޗޮއިސްއެއް ނެތް. އެއީ މި އަގުތަކުގައި ފިހާރައަށް ނުވަތަ ބޯޓާއި ހަމައަށް، ބައްލަވައިގަންނަ ތަކެތި، ހިލޭ ގެންގޮސްދޭނެ އިތުރު ފަރާތެއް ނެތް. ފިނިކުރި ހުރިހާ ބާވަތެއްގެ ސާމާނު އަޅުނގަޑުމެން ލިބެން ހުންނާނެ. " އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަސްޓަމަރުން ގަންނަ ކޮށާފައިވާ ކުކުޅުގެ ޕެކިންގައި ހުރިހާ ސައިޒެއް އިނގޭނެހެން ލޭބަލް ކޮށްފައި ހުންނާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށްއޮތް ބޮޑު އީދުގައި ބަދިގޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި، އަދި ވަގުތު ސަލާމަތް ވާނެ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ގޭބިސީ ތަކަށް ހާއްސަކޮށް ވެސް އަޅުގަނޑުމެން މި ދޫކޮށްލަނީ 1 ކޭސް ހިލޭ، މިސާލަކަށް އާއިލާގެ މެންބަރުން ނޫނީ ރައްޓެހިން އެއްވެގެން 10 ކޭސް ކޮށި ކުކުޅު ނެގިޔަސް މައްސަލައެއް ނެތް. ވިޔަފާރި ވެރިއަކަށް ކޮންމެހެން ވާކަށް ނުޖެހޭ. މިސާލަކަށް އީދާ ދިމާކޮށް ވިޔަފާރި ބޭނުމަށް ނޫން ގޮތަށް އާއިލާތަކުގެ މެންބަރުން ބައިވެރިވެގެން ނުވަތަ އަވަށްޓެރިން އެކުވެގެން 10 ކޭސް ކޮށި ކުކުޅު ބައްލަވައިގެންނެވި ނަމަވެސް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ." ނަޝާތު ވިދާޅުވި އެވެ
"ކުކުޅު ފިހާރަ"ގެ ހަތަރު ތަން ހުންނަ އިރު ކުކުޅު ފިހާރަ އެކެއް ހުންނަނީ ހުޅުމާލޭގައެވެ. އަދި ކުކުޅު ފިހާރަ ދޭއް މާފަންނު އޭއެމްޑީސީ ސަރަހައްދުގައި ހުންނައިރު، ކުކުޅު ފިހާރަ ތިނެއް ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގައެވެ. އަދި ކުކުޅު ފިހާރަ ހަތަރެއް ހުންނަނީ އއ.ތޮއްޑޫގައި އެވެ.
ކުކުޅު ފިހާރައިގެ އިތުރު އައުޓް ލެޓްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުޅުވިގެންދާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.
ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާކަމާއި އެކު، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން ބުންޏެވެ.
ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 9986575 އަށެވެ.
ބޮޑުއީދާ ދިމާކޮށް ޑިމާންޑް ބޮޑުވީމަ އެހާމެ އަގުވެސް ބޮޑުކޮއްފި?