ކޮވިޑް-19ގެ ފުރަބަންދު ވެގެންދިޔައީ ދިވެހިންގެ ކެއްކުމުގެ ހުނަރު ދައްކާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. މީރު ދިވެހި ވަންތަ ރަހަތައް ދިވެހިންގެ ގެތަކާއި ހަމައަށް ދެއްކުމުގައި ކުރިން ނީވޭ އެތައް ނަންތަކެއް ދަނީ ވިދާލަމުންނެވެ. ޚާއްސަކޮށް ބަވަނަވެފައިވާ މި ޒަމާނުގައި މީސްމީޑިއާ މެދުވެރިކޮށް މިފަދަ ލާމަސީލު އެތައް ކެއުމެއް ދިވެހިންނާއި ހަމައަށް ދަނީ ގެނެސްދެމުންނެވެ.

މިގޮތަށް ފާހަގަކޮށްލެވުނު އެއް ނަމަކީ " ފީޑްމީ އެމްވީ" އެވެ. " ފީޑްމީ އެމްވީ" މި ނަމުގެ ފަހަތުގައި ވަނީ ޒުވާން ހުނަރުވެރި އަންހެނެކެވެ. ކުޑައިރުން ފެށިގެން ކެއްކުމަށް ޚާއްސަ ޝައުގެއް ހުންނަ އައިންތު، ފީޑް މީ އެމްވީ އާއި އެކު އާއްމުންނަށް އޭނާގެ ބަދިގޭގެ މީރު ރަހަތައް ގެނެސްދޭން ފެށީ މީގެ މަހެއްހާ ދުވަސްކޮޅެއް ކުރިންނެވެ.

https://www.instagram.com/p/CF1UN-Ugyee/

ހެދުނާއި، މެންދުރު އަދި ރޭގަނޑުގެ ނާސްތާ އާއި އެކު ފެށި މި މަސައްކަތަށް އާއްމުންގެ ފަރާތުން އޭނާ އަށް ލިބުނު ތަރުޚީބު ފެނިފައި އޭނާ އަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

އައިންތު "ވަގުތު"އަށް ކިޔާދިން ގޮތުން މި މަސައްކަތް އޭނާ ފެށީ މިހާބޮޑު ތަރުޚީބެއް ލިބޭނެ ކަމަށް ވިސްނާފައެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ކެއްކުމަށް ލިބުނު ލޯބި ފެނުމުން އުފާވި ކަމަށް އައިންތު ބުނެއެވެ.

އައިންތު ކައްކާ ކެއުންތަކުގެ ރަަހަތައް ވަރަށް ރަނގަޅެވެ. އޭނާގެ ކެއުންތަކުން އިންސްޓަގްރާމް އޮތީ ފުރާލާފައެވެ. އޭނާ ދަނީ ފީޑް މީ އެމްވީން ތައްޔާރު ކުރާ އެެއްޗެހި ޑެލިވަރީވެސް ކޮށްދެމުން ދާނެއެވެ.

މި ލިބުނު ތަރުޚީބާއެކު އޭނާ މިހާރު ވަނީ ޚާއްސަ ގިވްއަވޭއެއްވެސް ފީޑްމީ އެމްވީ އިންސްޓަގްރާމް މެދުވެރިކޮށް ފަށާފައެވެ.

މި ޚާއްސަ ގިވްއަވޭގައި ހިމެނެނީ އަގުހުރި އެތައްް ހަދިޔާ އެކެވެ. މި ގިވްއަވޭ މި ލިބެނީ އެކަަކަށެވެ. މި ގިވްއަވޭގައި ހިމެނެނީ

  1. ކަލަޕޮޕް ބްރޭންޑުގެ މެޓް ލިކުއިޑް ލިޕްސްޓިކް (ބަރންޓް އޮރެންޖް ޝޭޑް)
  2. އިނަރސެންސް ބްރޭންޑުގެ ހައިޑްރޭޓިން ހެއާ މާސްކް
  3. ޝުގާ ބެއަރ ހެއަރ ވިޓަމިން ފުޅިއެއް އަދި ހެޑް ބޭންޑް
  4. ޗޮކޯ ޗިޕްސް ބްރައުނީ
  5. ލަވް މެމޮރީ ސެންޓުފުޅިއެއް

މި ޚާއްސަ ޕްރޮމޯޝަންގައި ބައިވެރިވުމަށް ފީޑްއެމްވީ އާއި ކޮސްމެޓިކާ އޮންލައިން އަދި މޭސް އޯޖް ޕޭޖް ފޮލޯކޮށް ތިރީގައިވާ ޕޯސްޓަށް ލައިކްކުރުމަށް ފަހު ތިން މީހުން ޓެގްކުރުމުން މި ގިވް އަވޭގައި ބައިވެރިވެވުނީއެވެ.

https://www.instagram.com/p/CFumQJopb-P/

މިއ އޮކްޓޯބަރު ނުވަ ވަނަ ދުވަހުވެ ނިޔަަލަށް ކުރިއަށް ދާ ޕްރޮމޯޝަންއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީރު

    ވަރައް ވަރައް މީރު ބްރައުނީ