ކައިލާންއިން ހޯލްސޭލްކޮށް މުދާ ގަނެގެން ބޮޑީ ސްޕްރޭ ކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި، ކައިލާން އިން ހޯލްސޭލްކޮށް މުދާ ގަންނަ ފަރާތްތަކުގެ ތެރެއިން -/5000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް، ބޮޑީ ސްޕްރޭ ކޭހެއް ހިލޭ ލިބިގެންދާނެ އެވެ. އަދި އިތުރުވާ ކޮންމެ -/5000 ރުފިޔާއަކަށްވެސް ހަމަ އިތުރު ބޮޑީ ސްޕްރޭ ކޭހެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކައިލާން އިން ބުނީ، ހޯލްސޭލް ކަސްޓަމަރުންނަށް ހިލޭ ލިބޭ ޕްރޮޑަކްޓް ތަކުގެތެރޭގައި ހިމެނެނީ ކައިލާން ފިހާރައިގައި މިހާރުވެސް ވަރަށް ބާރަށް ހޯލްސޭލްކޮށް ވިކެމުންދާ ޕްރޮޑަކްޓްތައް ކަަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ބެކް، އީސީ ވަން ގެ ސްޕޯރޓްސް ރޭންޖް، އިގޯ، ސީކްރެޓް އޮފް ލޭޑީ، ސަބާޔާ ފަދަ ޕްރޮޑަކްޓްތައް ހިމެނޭ ގޮތަށް 9 ވައްތަރެއްގެ ބޮޑީ ސްޕްރޭ އެވެ.

ކައިލާން އިން ބުނީ -/5000 ރުފިޔާއިން މަތީ ކޮންމެ ހޯލްސޭލް ވިޔަފާރިއަކަށް އޭގެތެރެއިން އެ ކަސްޓަމަރެއް ހިޔާރު ކުރާ ކޮންމެވެސް އެއް ވައްތަރަކުން ކޭހެއް ލިބޭނެ ކަަމަށެވެ.

އަދި ވަރަށް ބާރަށް ވިކެމުންދާ ޕޮކެޓް ޕާރފިއުމްވެސް މި ޕްރޮމޯޝަންގެ ދަށުން ހިލޭ ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކައިލާންގެ ހޯލްސޭލް ކަސްޓަމަރުން ކޮންމެ ރަށެއްގައި ހުރެގެންވެސް ކައިލާންގެ ހޯލްސޭލް ސެންޓަރ ނަންބަރ 7986474 އަށް ގުޅާލުމުން އެ ކަސްޓަމަރެއް ގަންނަން ބޭނުންވާ ޕްރޮޑަކްޓްގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. އަދި ބޭނުންވާ ތާކަށް ނޫނީ ބޯޓަކަށް ހިލޭ ގެންގޮސްދޭނެއެވެ.

ކައިލާން ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ.