ރާއްޖޭގެ ފުޅާ ދާއިރާއެއްގައި ފޯނުގު ވިޔަފާރި ކުރަމުން އަންނަ ޑްރީމްސް މޮބައިލް "ޑްރީމްސް" އަށް ރީބްރޭންޑްކޮށް، އާ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

"ޑްރީމްސް މޮބައިލް"ގެ އާ އައުޓްލެޓް ހުޅުވާދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލްއެވެ.

މަޖީދީމަގާއި މާވެޔޮމަގާއި ގުޅޭ ކަންމަތީގައި ހުންނަ މި ފިހާރައިންވެސް ޑްރީމްސްގެ އެހެން އައުޓްލެޓްތަކުން ލިބޭ ހުރިހާ ސާމާނުތައް ލިބެން ހުންނާނެއެވެ. އެގޮތުން ފޯނާއި، ފޯނު ކަވަރާއި، މި ނޫނަސް ފޯނާއި ގުޅުން ހުރި އެކިކަހަލަ އުފެއްދުންތައް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ.

އެ ފިހާރަ ހުޅުވާދެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވަނީ އެފަދަ ވިޔަފާރިތަކަށް ހިތްވަރުދެއްވާފައެވެ. "ދިވެހި ވިޔަފާރިތައް ކުރިއަރަނީ މިފަދަ އިތުރު ވިޔަފާރިތައް އުފެދި ކުރިއަރައިގެން." މިނިސްޓަރ މަލީހު ވިދާޅުވިއެެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަަޔަކު އެންމެ ޒަމާނީ އަދި އެންމެ ފަހުގެ ސްމާޓް ފޯނާއި، ސްމާޓް އުފެއްދުންތަކަށް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓާއިރު، މި ފިހާރަައަކީ އެންމެ ރަނގަޅު ޗޮއިސްއަށް ވެގެން ދާނެއެވެ. އަދި ހަމައެހެންމެ އެންމެ ފަހުން ނުކުންނަ ފޯނާއި، އެންމެ ފަހުގެ އުފެއްދުންތައް ގަންނަ އިރު ފެންވަރު ރަނގަޅު، އިތުބާރު ހިފޭ ޕްރޮޑަކްޓްތައް ގަތުމަށް ކޮންމެ މީހަކުވެސް އިސްކަމެއް ދޭއިރު، ޑްރީމްސް މިއީ ނަމްބަރު އެކެކެވެ.

ފޯނުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދިވެހިން އެންމެ ފަރިތަ އެއް ނަމަކަށް "ޑްރީމްސް މޮބައިލް" ވަނީ ވެފައެވެ. ޑްރީމްސްއަކީ ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓައި، ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ޚިދުމަތްދޭން އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.

ޑްރީމްސް އާ އައުޓްލެޓެއް ހުޅުވުން ވެގެން ދާނީ އަނެއްކާވެސް ޑްރީމްސްގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރަކަށެވެ.

ސްމާޓް އުފެއްދުންތަކުގެ ބާޒާރު ރާއްޖޭގައި ވާދަވެރިކަމާއި އެކު ކުރިއަށް ދިޔަ ނަމަވެސް ކަސްޓަމަރުންގެ ފުރިހަމަ އިތުބާރާއި އެކު، ކޮލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ޑްރީމްސް މޮބައިލް މިއަދާއި ހަމައަށް ދެގޮތެއް ނެތި ދެމިއޮތުމަކީ، "ޑްރީމްސް މޮބައިލް"އިން ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭކަމުގެ ހެއްކެކެވެ.

އަބަދުވެސް އެންމެ ފަހުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް އަވަހަށް ގެނެސްދެމުން އަންނަ "ޑްރީމްސް މޮބައިލް" އިން ދާދިފަހުން ނެރުނު އައިފޯން-12 އާއި އައިފޯން-12 ޕްރޯވެސް ވަނީ ވިއްކަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާހު

    ވަރަށް ސަޅި! ދެން އީޓޫއެސްގެ ޕަބްޖީ މުބާރާތެއް ސްޕޮންސާ ކޮށްލަބަލަ، އަހަރުމެން ދެން ޕަބްޖީ ކުޅެން އޭރުން ފޯނު ގަންނާނީ ތިތަނުން