ޖިނާ ބްރޭންޑްގެ އިންސްޓެންޓް ކޮފީ ގޯލްޑް މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ހިނގައިފިއެވެ. ޔޫރަޕްގެ އޮސްޓްރީއާއިން އުފައްދާ މި ބްރޭންޑްގެ ކޮފީ ދިވެހިންނާއި ހަމައަށް ގެނެސްދިނީ ފެންސީ ފުޑްސްއިންނެވެ.

ޔޫރަޕްގެ ގިނަ އުފައްދުންތަކެއް ދިވެހިންގެ ތެރެއަށް ތައާރަފްކޮށްދިން ފެންސީ ފުޑްސް އިން ބުނީ، ޖިނާ އިންސްޓެންޓް ކޮފީ ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ވިއްކަމުންދާތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.

ޖިނާ ބްރޭންޑްގެ އިންސްޓަންޓް ރޯސްޓެޑް ކޮފީ ގޯލްޑް ރާއްޖެއިން ލިބޭއިރު، މި ކޮފީއަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލު ކޮފީއެކެވެ. މި ކޮފީގެ އަޖުމަ ބަލާފައިވާ ފަރާތްތަކުން ބުނާގޮތުގައި، މިއީ އެހާމެ މީރު، ބޯލަން އަރާމު ކޮފީއެއް ކަމަށެވެ.

މިހާރު ރާއްޖޭގެ ބައެއް ކެފޭ ތަކާއި، ރެސްޓޯރެންޓްތަކުގައިވެސް މި ކޮފީ ބޭނުން ކުރެއެވެ. އަދި މި ކޮފީގެ ތެރެއިން ރޯސްޓެޑް ކޮފީއަކީ ބޯލަން މީރު ކޮފީއަކަށްވުމުން، ގޭގައިވެސް ބައެއް މީހުން މި ކޮފީ ބޭނުން ކުރެއެވެ.

ފެންސީން ޖިނާ އިންސްޓެންޓް ކޮފީގެ ގޯލްޑް 100ގްރާމް އަދި 200 ގްރާމް ވިއްކަމުން ދެއެވެ.

ޖިނާ ބްރޭންޑްގެ ކޮފީ ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަމުން ދަނީ ފެންސީ ފުޑްސް، ފެންސީ ފުޑްސް އައްޑޫ، އަދި ހޮބަސަންސް ޗޮއިސްއެެވެ. ފެންސީ ފުޑްސް މާލެ ފިހާރައަށް ގުޅޭނެ ނަމްބަރަކީ 3336889 އެވެ. އައްޑޫ ފިހާރައިގެ ނަމްބަރަކީ 6892772 އެވެ.