ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް އޫދް އަލް ސަބާޔާ އިން ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކްރީޑްގެ ބްރޭންޑްގެ އެވަންޓަސް ކޮލޯން ނަމަކަށް ކިޔާ ޕާފިއުމާއި، އެއްވެސް ތަފާތެއް ނުހުންނަ ޕާފިއުމްއެއް ނެރެއްޖެ އެވެ.

އޫދް އަލް ސަބާޔާއިން ނެރުނު ޕާފިއުމްގެ ނަމަކީ އެވެންޓުޒް ބައި އޯއޭއެސް އެވެ. މިއީ ފިރިހެނުންނަށް ހާއްސަ ޕާފިއުމް އެކެވެ،

އެވަންޓަސް އަކީ އަގުބޮޑު އަދި އެހާމެ މީރުވަސް ދުވާ ޕާފިއުމް އެކެވެ.

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، މިއީ ގިނަ އިރުވަސް ހުންނަ ޕާފިއުމްއެއް ކަމަށެވެ.

"އެއް ދުވަސް ވަސް ހުންނާނެ ކަމުގެ 100% ޔަގީންކަން ދެން".

ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ އޫދް އަލް ސަބާޔާ އިން ބުނިގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ޕާފިއުމް ގެންދަނީ އޫދް އަލް ސަބާޔާގެ މައި ފިހާރައިން ވިއްކަމުން ދެއެވެ.

މީގެ އިތުރުން، އަންހެނުންނަށް ހާއްްސަކޮށް އޫދް އަލް ސަބާޔާ އިން ވަނީ މިސް ސަބާޔާ ބައި އޯއޭއެސްގެ ނަމުގައި ޕާއިފުމްއަކާއި އަތަރެއް ނެރެފައެވެ.

ޝަބީން ވިދާޅުވީ، އޯއެސްއިން އިން އާ ޕާއިފުމް އާއި އަތަރް ނެރުނީ ގިނަ ދުވަސްތަކަކަށް ފަހުގައި ކަމަށެވެ.

"ކޮވިޑް-19 އަށް ފަހު އަލުން އޯއޭއެސް ކުރިއެކޭ އެއް ފަދަ އިން މާރކެޓަށް އެންމެ ފަހުގެ ޕާފިއުމް އާއި އަތަރު ނެރެމުން މި ދަނީ އަދި އަމިއްލަ ޕްރޮޑަކްޓްތައް". ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާގައި ދުނިޔޭގެ މަޝްހޫރު އެތައް ވައްތަރެއްގެ އަތަރާއި އޮއިލްގެ އިތުރުން، އަމިއްލަ ވައްތަރުތަކުގެ ލޯޝަނާއި، ޕާފިއުމް، އަދި އަތަރާއި، އެއާ ފްރެޝްނާ ވިއްކަމުން ދެއެެވެ.

މި ބްރޭންޑްގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. މި ފިހާރައިގެ ފޯން ނަމްބަރަކީ 9495757 އެެވެ.