އިލެކްޓްރޯނިކް ސާމާނު އެއްތަނަކުން ހޯދަން ބޭނުން ހެއްޔެވެ؟ އަދި އަގުހެޔޮކޮށް ކޮލިޓީ ރަނގަޅު ސާމާނު ހޯދަން ބޭނުން ހެއްޔެވެ؟ މޯބައިލް ފޯނު ހަލާކުވުމުން ހެޔޮ އަގުގައި ވޮރެންޓީއާއި އެކު މޯބައިލް ފޯނެއް ގަންނަން ބޭނުން ހެއްޔެވެ؟ އެހެންވިއްޔާ އަވަހަށް ބާޒާރު އަހޫޖާއަށް ދާށެވެ.

ބޮޑުތަކުރުފާނު މަގު ނޯތުހާބަރާ ކައިރީގައި ހުންނަ ބާޒާރު އަހޫޖާއަކީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނު ހެޔޮ އަގުގައި ލިބެން ހުރި ފިހާރައެކެވެ. ރަމަޟާން މަހާއި ދިމާކޮށް އެ ފިހާރައިން ވިއްކާ ހުރިހާ މުދަލެއްގެ އަގު ހެޔޮކޮށްފައިވާ އިރު މިއީ ހަމަ ޔަގީނުންވެސް އިލެކްޓްރޯނިކް ސާމާނު ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ.

ބާޒާރު އަހޫޖާ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ބާޒާރު އަހޫޖާއިން އެކި ބްރޭންޑްގެ މޯބައިލްފޯނު ލިބެން ހުރި އިރު ހައިރާންވާން ޖެހެނީ އެ ފިހާރައިން ވިއްކާ ފޯނުތަކުގެ އަގު 4000 ރުފިޔާއަށް ވުރެ ބޮޑު ނުވުމެވެ.

އަދި އެ ފިހާރައިން ވިއްކާ ފޯނުތަކާއި އެކު އެއް އަހަރުގެ ސޮފްޓްވެއަރ ވޮރެންޓީއެއް ލިބޭނެއެވެ. އަދި ބާޒާރު އަހޫޖާއަކީ ހެޔޮ އަގުގައި އަންހެން އަދި ފިރިހެން އަތުކުރީގަޑި އާއި އެކި ބްރޭންޑްގެ ޕްރޮޖެކްޓަރ ގަނެލަންވެސް އެ ފަދަ ދެވަނައެއް ނެތް ތަނަކެވެ.

ބާޒާރު އަހޫޖާ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ބާޒާރު އަހޫޖާއަކީ ހޯލް ސޭލް ކުރާ ފަރާތްތަކަށްވެސް ރަނގަޅު ހުށައެޅުމެއް އޮތް ފިހާރައެކެވެ. އެގޮތުން އެފިހާރައިން ސާމާނު ގަނެގެން ހޯލްސޭލް ކުރާ ފަރާތްތަކަށް ސާމާނު ގަތުމަށް ފަހު އެ ސާމާނު ނުވިއްކިއްޖެ ނަމަ ދެމަސް ދުވަސް ތެރޭގައި ފިހާރައަށް އެ ސާމާނު އަނބުރާ ގެނެވުމުން އެ ސަމާނަށްވާ ފައިސާއަށްވާ އެހެން ޕްރޮޑަކްޓެއް ހޯލްސޭލަރާއި ހަވާލުކުރެވިގެންދާނެއެވެ. އެހެންކަމުން މިއީ ހޯލްސޭލަރުންގެ ޖީބުން ސަލާމަތްވާ ވަރަށް ބޮޑު އަދަދެއްކަން ކަށަވަރެކެވެ.

ބާޒާރު އަހޫޖާއަށް ގުޅުއްވާނީ 7331188 ނަމްބަރު ފޯނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަސްޓަމަރ

    ރަގަޅު ވަރަށް އެންމެ ކުޑަ ފޯނަކަށްވެސް 1 އަހަރު ދުވަހުގެ ވޮރަންޓީ ލިބޭ..

  2. އާލު

    ފިހާރައެއްގައި ވިއްޔާ ފޭކު އަދި އޮރިޖިނަލް
    ހުންނާނެ! ކޮން ފިހާރައެއްގައި ހުސް އޮރިޖިނަލް ހުންނަނީ! ބުނެބަލަ ކަލޯ!

  3. އާދިލް

    ތީ ވަރަށް ބެސްޓް ފިހާރައެއް! ވަރަށް ގިނައިން ވިޔަފާރި ކުރަން އަދިއެއް މައްސަލައެއް ނުޖެހޭ! ޖެހުނަސް ބަދަލުކޮށްދޭ!

  4. ސޭޓު

    ރާއްޖެއިން ބޭރަށް ދަތުރު ހަދައިގެން ގޮސް ގަތުމަށްވުރެން ތިފިހާރައިން ހޯލްސޭލްކޮށް ގަނެގެން ގޮސް ވިއްކާއިރު މާ ރަނގަޅު. ނުވިކި ހުރި އެއްޗެއްނަމަ އަނބުރާ ގެނައުމުން ބަދަލްކޮށްދޭ. ސުކުރިއްޔާ

  5. ސްމިތު

    ހަގީގަތުގައި ވެސް މިވަރެއް ނެތް....