ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ އޮންލައިން" އިން ކުއެލިޓީ އެކި ފެންވަރުގެ ފޭސް މާސްކް ހެޔޮ އަގުގައި ހޯލްސޭލްކުރަން ފަށައިފިއެވެ.

"ލިބޭ" އިން މިހާރުވެސް ގިނަ ވައްތަރުގެ ފޭސް މާސްކު ވިއްކަމުން ދާއިރު، މިހާރު އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިފައި ވަނީ އެ ވިޔަފާރިން ވިއްކަމުން އަންނަ "ނައިކް" އަދި "އެޑިޑާސް" މާސްކަށެވެ. މި ދެވައްތަރުގެ އިތުރުން ހަތަރު ފަށަލައިގެ ފޮތި މާސްކާއި ޑިސްޕޮސިބްލް މާސްކްވެސް "ލިބޭ" އިން ވިއްކަމުން ދެއެވެ.

"ލިބޭ" އިން ވިއްކާ "ނައިކް" އަދި "އެޑިޑާސް" މާސްކަކީ ހަންގަނޑަށް ފަސޭހަ ފޮތި ބޭނުންކޮށްގެން އުފައްދާފައިވާ، އަދި ގިނައިރު އަޅައިގެން ހުއްޓަސް އުނދަގޫ ނުވާ ގޮތަށް ފަރުމާކޮށްފައިވާ މާސްކެކެވެ.

މި މާސްކުގެ ފުރަތަމަ ލޭޔާ އަކީ ރެޕެލަންޓް ލޭޔާ އެކެވެ. ދެން އިން ދެ ލޭޔަރަކީވެސް ތަފާތު އެކި ބެކްޓީރިއާތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔަރެވެ. ހަތަރު ވަނަ ލޭޔަރަކީވެސް މިފަދައިން ކުނޑިތައް ދަމައިގަންނަ ލޭޔަރެކެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

މީގެ އިތުރުން "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.