ދިރާގުގެ ފްރޮންޓްލައިނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ކޮވިޝީލްޑް ވެކްސިން ދީފިއެެވެެ.

ދިރާގުން ނެެރުނު ނޫސްބާޔާނެެއްގައި ވަނީ، މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި، ކަސްޓަމަރުންގެެ ރައްކާތެރިކަމަށް ހާއްސަ އަހަންމިއްޔަތެއް ދޭ ކަމަށެވެެ.

ސަރުކާރުގެ އިސްނެގުމުގެެ މަތިން ރާއްޖޭގައި ފްރޮންޓުލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ފަށާފައިވާ ވެެކްސިން އެެ ކުންފުނީގެ ފްރޮންޓުލައިން މުވައްޒަފުންނަށްވެސް ދީފައިވާ ކަމާށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް ނަގާފައިވާ ކޮވިޑް-19ގެ ތިންވަނަ ރާޅާއި އެކުވެސް އެެކުންފުނީގެ މުވައްޒަފުން އަންނަނީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެކި ހިދުމަތްތައް ދިނުމަށް ގޭގެއަށް ގޮސް ކަސްޓަމަރުންނާއި ކައިރިން މަސައްކަތް ކޮށްފައި ކަމަށާއި، އެެހެން ކަމުން ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

"އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް މިކުންފުނިންވެސް އަންނަނީ ރައްކާތެެރިކަމުގެ ފިޔަވަޅުތައް އަޅަމުން. އެ ފިޔަވަޅުތައް އަޅަމުން މި އަންނަނީ ބަލީގެެ ނުރައްކާތެރި ސަރަހައްދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތަށްޓަކައި" ދިރާގުންް ވަނީ ބުނެފިއެވެ.

މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަސް ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން އެެކުންފުނިންވެސް ލިބިގެންދާނެެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު