ރާއްޖެއިން ބޭރަށް ކިޔަވަން ދާން ވިސްނަނީ ހެއްޔެވެ؟ އެކަމަކު ދާންވީ ތަނެއް ނުވަތަ ކިޔަވަން ބޭނުންވާ ޔުނިވާސިޓީއެއް ނޫނީ ކިޔަވަން ބޭނުންވާ ދައިރާއެއް ނުވިސްނިގެން އުޅެނީ ހެއްޔެވެ؟ ތިއީ އެފަދަ ފަރާތެއް ނަމަ، ކިއު ސްޓަޑީ މިއީ ތިމާއަށް ބޮޑު އެހީއަކަށް ވާނެއެވެ.

ސްޓަޑީގެ ބްރާންޗެއް ރާއްޖޭގައި ވެސް ހުރެއެވެ. މެލޭޝިއާގެ ކުއަލަ ލަމްޕޫރްގައި މައި ހަބް ހުންނަ އެ ކުންފުންޏަކީ އެންމެންނަށް ކިޔެވުމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ދިނުމުގައި ގާބިލް ކުންފުންޏެކެވެ. އެ ކުންފުންޏަކީ ތައުލީމާއި، ތަމްރާން ދިނުމުގައި އެތައް އަހަރެއްވީ ކުންފުންޏެކެވެ. އެ ކުންފުނީގެ ޓީމްގެ ގާބިލްކަމާ މެދު ސުވާލު އުފައްދާކައް ނުޖެހޭނެއެވެ. އެ ކުންފުނީގެ ޓީމް އަކީ 20 އަހަރު ދުވަހައް ވުރެއް ގިނަދުވަހުގެ ތަޖުރިބާ ހުރި ޓީމެކެވެ.

ކިއު ސްޓަޑީން ބޭއްވި ވާޗުއަލް އެކްސްޕޯގެ ސްކްރީން ޝޮޓެއް

ކިޔެވުމަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ އިތުރަށް މަތީ ތައުލީމް ހާސިލްކުރުމަށް މިސްރާބު ޖަހަންވީ ކޮން ދިމާލަކަށް ކަން ޔަގީންނުވާ ކަމުގައި ވަނީ ނަމަ ކިއު ސްޓަޑީއަށް ގުޅާލަންވީއެވެ. ތައުލީމު ހާސިލްކުރުމަށް އިޚްތިޔާރު ކުރަންވީ ދާއިރާއެއް ހޯދުމަށް އެހީތެރިވުމާއި އަދި އެ ތައުލީމު ހާސިލްކުރުމަށް އެންމެ އެކަށީގެންވާ ޔުނިވާސިޓީއެށް ޝޯޓްލިސްޓް ކުރުމާއި، އެޕްލިކޭޝަން ފުރުމާއެކު އެ ހުށަހެޅުމުގެ މަސައްކަތްތައް ކޮށްދިނުމާއި، ސްޓޫޑަންޓް ވިސާ ހަމަޖައްސައިދިނުމުގައި ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެކޮމޮޑޭޝަން ހަމަޖައްސައިދިނުމުގެ މަސައްކަތަށް މިއީ ކިއުސްޓަޑީއިން ވަރަށްވެސް ފުރިހަމަކަމާއެކު ފޯރުކޮށްދޭ ހިދުމަތްތަކެވެ. އަދި އެންމެ އުފާވެރިކަމާއެކު ފާހަގަ ކޮށްލަންޖެހެނީ މިހުރިހާ ހިދުމަތްތައްވެސް ފޯރުކޮށްދެނީ އެއްވެސް އަގަކާނުލާއެވެ.

އަދި ކިޔަވަން ދާ ދަރިވަރު ޔުނިވާސިޓީއަށް އެޕްލައި ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ދަރިވަރު ކުރަން ނުޖެހޭ ކަމަކީ ދަރިވަރު އުފުލަން ޖެހޭ ތަކުލީފުތަކަށް ލުއިތަކެއް ލިބުންކަން ޔަގީނެވެ. އެ މަގު ވެސް ފަހިކޮށްދޭނީ ކިއު ސްޓަޑީންނެވެ.

މި ކުންފުންޏަކީ ދަރިވަރުންނާއި އެހާ ރަހުމަތްތެރި ކުންފުންޏަކަށް ވާއިރު، އެ ކުންފުނިން ދިވެހިންނާ ގާތުން މަސައްކަތް ކުރުމަށް އިންޓަނޭޝަނަލް އެކްސްޕޯތައްވެސް ދަނީ ރާއްޖޭގައި ބާއްވަމުންނެވެ. މިގޮތުން ޔުނިވާސިޓީތަކުގެ ބޭފުޅުން ރާއްޖެ އައިސް ވަނީ މާލެ، އައްޑޫ އަދި ތިނަދޫގައި އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯތަކެއް ވަނީ ބާއްވާފައެވެ. އަދި މި ކޮވިޑް-19 ތެރޭގައިވެސް ކިއު ސްޓަޑީގެ ފަރާތުން ދިވެހިން ޔުނިވާސިޓީތަކާއި ގާތް ކުރުމުގެ ގޮތުން ވާރޗުއަލް އެޑިއުކޭޝަން ފެއާވެސް ވަނީ ބާއްވާފައެވެ.

 

ފައުންޑޭޝަން ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ކިއުސްޓަޑީ މެދުވެރިކޮށް 300 އަށް ވުރެ ގިނަ ކޯސްތަކަށް ދުނިޔޭގެ 50 އަށް ވުރެ ގިނަ ޔުނިވާސިޓީ އަށް އެޕްލައި ކުރެވޭނެއެވެ.

ކިއު ސްޓަޑީ މެދުވެރިކޮށް ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް ބިޒްނަސް، އެކައުންޓިންގ، އިންޖީނިއަރިންގް، މެޑިސިން، ޑެންޓިސްޓްރީ، ފާމަސީ، ހެލްތް އެންޑް ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިޔުޓަރ ސައިންސް، ސައިކޮލޮޖީ، މަލްޓީ މީޑިއާ، ޑިޒައިންސް، އާކިޓެކްޓަރ، ހޮސްޕިޓަލިޓީ، ކަލީނަރީ އާޓްސް. ސޯޝަލް ސައިންސް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުސަތު އޮންނާނެއެވެ.

ޔުނިވާސިޓީތަކުން އަހުމަދިއްޔާ ސްކޫލަށް ކުދި ޒިޔާރަތުގެ ތެރެއިން

ކިއު ސްޓަޑީ މެދުވެރިކޮށް ޔުނިވާސިޓީތަކަށް އެޕްލައި ކުރުމުން އެތައް ފައިދާތަކެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް ދޭހިތްވެއެވެ. އެގޮތުން ކިޔަވާނެ ދާއިރާ އަކާއި ޔުނިވާސިޓީއެއް އިހްތިޔާރު ކުރުމަށް ކައުންސެލިންގްގެ ހިދުމަތާއި، ޔުނިވާސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމާއި ވިސާގެ ކަންކަން ހަމަ ޖައްސައި ދިނުމާއިި، އެކޮމޮޝޭޝަން ހަމަޖެއްސުމައް އެހީ ތެރިވެދިނުމާއި، ދަރިވަރަށް ކަމެއް ދިމާވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޔުނިވާސިޓީއަށް ޕޭމެންޓް ދެއްކުމުގައި އެހީވުން ހިމެނެއެވެ. މިހުރީހާ ހިދުމަތެއްވެސް ދެނީ އެއްވެސް އަގަކާ ނުލައެވެ.

ކިއު ސްޓަޑީން މައުލޫމާތު ދޭ ގޮތުގައި، ކިއު ސްޓަޑީސް މެދުވެރިކޮށް ކިޔަވަން ދާ ދަރިވަރުންނަށް ބޮޑެތި އެހީތެރިކަމެއް ލިބޭނެއެވެ. އެގޮތުން ދަރިވަރަށް އެކަށީގެންވާ އެންމެ ރަނގަޅު ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޔުނިވާސިޓީއާ ކުރަންޖެހޭ ހުރިހާ މުއާމަލާތް ތަކެއް ކޮށްދެމުންދާނެއެވެ. މިފަދަ ކަންކަމަށް އިތުރު އެއްވެސް ޗާޖްއެއް ނުނަގާނެއެވެ. ދަރިވަރު ކިޔަވަން ދާން ކުރަންޖެހޭ ހުރިހާކަމަކާއި މައުލޫމާތެއް ފަސޭހަކަމާ އެކީގައި ލިބޭނެއެވެ.

އަދި މިފަދަ މައުލޫމާތު ހޯދުމަށް ކިޔުސްޑީސްގެ ވައިބާ ކޮމިއުނިޓީން އެންމެ ފަހުގެ އޮފާތަކާއި އަޕްޑޭޓްސްގެ އިތުރުން އޮޅުންފިލުވަން ބޭނުންވާ މައުލޫމަތު ހޯދުމައް މެސެޖް އެއް ކޮއްލުމުން ފަސޭހަކަމާ އެކީ ލިބޭތީއެވެ.

ކިއު ސްޓަޑީއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފުރިހަމަ ކަމާއިމެދު ޝައްކު އެފެއްދޭނެ ޖާގައެއް ނެތްކަން މިހާތަނަށް ކިއު ސްޓަޑީގެ އެހީތެރިކަމާއިއެކު ކިޔަވަން ގޮސްފައިވާ ދަރިވަރުން ހެކިދޭނެއެވެ. ކިއު ސްޓަޑީ މެދުވެރިވެގެން ދާދަރިވަރުންނަށް އެހީ ފޯރުކޮށްދެނީ ހަމައެކަނި ކިޔެވުން ފެށޭ މަރުހަލާގައި އެކަންޏެއް ނޫނެވެ. ކިއު ސްޓަޑީގެ ހިދުމަތަކީ އެދަރިވަރަކު ކިޔެވުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ލިބެމުންދާ ހިދުމަތްތަކެކެވެ.

ދަރިވަރުންގެ ބަސް!

ޔުނިވާސިޓީ ޓެކްނޮލޮޖީ މާރާ އިން މާސްޓަސް ހަދައިގެން އައި ދަރިވަރެއް:

"ކިޔަވަން ދިއުމަށް ކުރަން ޖެހުނު ކަންތައްތަކުގައި އާއި މެލޭޝިޔާގައި ހުރި އިރުގައިވެސް ވަނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދިން، ސްޓުޑަންޓް ލޯނުގައި ގޮސް ހުރުމާއިއެކު ބޭނުންވި އެކި ލިޔެކިޔުންތައް ޔުނިވާސިޓީއިން ހޯދަން ޖެހުނު ކޮންމެ ހާލަތެއްގައިވެސް ވަނީ އެހީ ވަރަށް ފުރިހަމަކޮށް ފޯރުކޮށްދީފައި. އަޅުގަނޑު ގަބޫލް ކުރަނީ ކިއުސްޓަޑީއިން ހަމަ މިހާ ފުރިހަމަކޮށް އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ފަރާތްތަކަށްވެސް ހިދުމަތްތައް ދޭނެ."

މެލޭޝިއާގެ މަހްސާ ޔުނިވާސިޓީން ކިޔަވަމުންދާ ދަރިވަރެއް:

"އަޅުގަނޑު އިތުރަށް ކިޔެވުމަށް ކިއު ސްޓަޑީ ކިއު ސްޓަޑީ ހިޔާކުރުން ވެގެން ދިޔައީ ހުރިހާ ކަމަކަށްވެސް ބޮޑުއެހީއަކަށް، ތެދު ތެދަށް ބުނާނަމަ އަޅުގަނޑު ނުޖެހުނި، ވިސާ މައްސަލާގައި އާއި ކޮލެޖް ރެޖިސްޓްރޭޝަންކަންތަކާއި، ކޮލެޖްގެ އެޑްމިންއިން ކުރަން ޖެހޭ ކަންމަކާއި މެދު ހާސްވެގެން އުޅޭކަށް. ކިއު ސްޓަޑީން އަހަރެންނަށް އެކަންކަން ވަރަށް ފަސޭހަކަމާއެކު ފުރިހަމަކޮށްދިން، އަހަރެން ވަރަށް އުފާވޭ، ކިއު ސްޓަޑީ އަހަރެންނާއި ޔުނިވާސިޓީ އާ ގުޅުވައިދިން އިތުރު ބާރަކަށް ވެގެން ދިޔައީމަ"

ޔުނިވާސިޓީ ޓެކްނޮލޮޖީ ޕެޓްރޮނަސްގެ އިންޖީނިއަރިންގ ކިޔަވަމުންދާ ދަރިވަރެއް:

"ކިއު ސްޓަޑީ މެދުވެރިކޮށް ކޯހަށް އެޕްލައިކޮށް ކަންކަން ކުރިއަށްގެންދިޔަ ދަރިވަރެއްގެ ހައިސިއްޔަތުން ކިއު ސްޓަޑީއާއެކު އަހަރެންގެ އެކްސްޕީރިއަންސްއަކީ އުފާވެރި އަދި ހިތްހަމަ ޖެހޭ އެކްސްޕީރިއަންސްއެއް، އަހަރެންނަށް ލިބިގެން ދިޔަ ހުރިހާ އެހީތެރިކަމެއް އެޕްލިކޭޝަން ޕްރޮސެސް އިން ފެށިގެން ގޮސް ވިސާ އާއި ފައިސާ ދެއްކުމާއި ހަމައަށްވެސް، ހުރިހާ ކަމެއް އެއްވެސް އަހަރެންނަށް އެއްވެސް އުނދަގުލެއް ނުޖައްސާ ވަގުތު ޖެހުމުގެ ކުރިން ވަނީ ނިންމާފައި. އަހަރެން ސަޖެސްޓް ކުރާނަން ކިއު ސްޓަޑީ މެދުވެރިކޮށް އިތުރަށް ކިޔަވަން ދިއުމަށް، އެމީހުންނަކީ އަހަރުމެންނަށް ވަރަށް ފަސޭހަކޮށްދިން ބައެއް. އަހަރެން ބޭނުންވި ދާއިރާއާ ބަލާފައި އަހަރެންނަށް އެންމެ ރަނގަޅު، އެންމެ އަކަށީގެންވާ ޔުނިވާސިޓީއެއް ހޯދައިދިން ބަޔަކީ އެއީ"

ކިއު ސްޓަޑީ މެދުވެރިކޮށް ކިޔަވަން ދާން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް ކިއު ސްޓަޑީ ހޮޓްލައިން ނަމްބަރު 9902788 އަށް ވަޓްސްއެޕް އަދި ވައިބާ ކޮށްގެން ކުރިއަށްގެންދެވޭނެ އެވެ. އަދި ކިއު ސްޓަޑީގެ ވައިބާ ކޮމިއުނިޓީ ގްރޫޕަށް ވަދެގެން ކުރިއަށްގެންދެވޭނެއެވެ.

މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ލޯނުގެ ތެރެއިން 770 ލޯނަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފުމަށް ކިއު ސްޓަޑީއާއެކު ކުރިއަށްގެންދާށެވެ.

ކިޔުންތެރިންގެ ހިޔާލު