ގދ.ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގަލްފް ކޮބްލާ އާއި ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުން ބަދަލުކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ގަލްފް ކޮބްލާ ކުންފުނީގެ ފަރާތުން އެއްބަސްވުމާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައިކަލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ މި އެއާޕޯޓުގެ ސަބަބުން މުޅި ސަރަހައްދުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި ގދ. އަތޮޅަކީ ދަތުރުފަތުރުގެ ކަންތައް އުނދަގޫ ސަރަހައްދެއް ކަމަށެވެ.

މި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް އެއާޕޯޓުތައް ތަރައްގީކުރުމުން މުހިއްމު ކަމަށާއި އެ ސަރަހައްދުގައި ފަތުރުވެރިކަމަށް އެކަށޭނެ ރަށްތައް ހުރިކަންވެސް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ. އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ގަލްފް ކޮބްލާ އާއި މި މަސައްކަތް ހަވާލުކުރީ އެ ކުންފުނީގެ ތަޖުރިބާ އަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވަނީ އެއާޕޯޓުގެ ބިން ހިއްކައި ނިމުމުން އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި އެއާޕޯޓު ވެސް އަޅަނީ މި އަހަރު ނިންމާ ގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގަލްފް ކޮބްލާގެ މެނޭޖިން ޑިރެކްޓަރު މައިކަލް ވިދާޅުވީ މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަށް ނިންމައި ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު ފަރެސްމާތޮޑާގައި އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގުރަންވޭ އަކާއި އޭޕްރަންއެއް އަދި ޕެސެންޖަރު ޓާމިނަލްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ގޮނާބީ

  ފަރެސްމާތޮޑާގެ އެއާޕޯޓަށް ބިން ހިއްކަން 2.5 މިލިއަން ޑޮލަރަށް ގަލްފް ކޮބްލާ އަށް ހަވާލު ކޮށްފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިއެއާރޕޯރޓް އަޅަން ކާސާ ހޯލްޑިންގްސް އަށް ނުވަތަ ޓްރީ ޓޮޕް އަށް ދޭނެ ކަމަށް އެއިރުން ދެން ފަރެސް މާތޮޑާ ފަޅުތެރޭ ހުރި ހުރިހާ ފަޅު ތަކެއް ޓްރީ ޓޮޕް އަށް ނުވަތަ ކާސާ ހޯލްޑިންގްސް އަށް 100 އަހަރު ދުވަހަށް ދީގެން އެރަށް ތަކުގައި ރިސޯރޓްސް ތަކާއި އެގްރިކަލްޗްރަލް ޕާރކްސް ހިމެނޭ 25 ބުރީގެ އިމާރާތް ތައް އަޅާލާ އެތަނުން ރާއްޖޭގެ ހުރިހާ ރިސޯރޓްސް ތަކަށް ބޭނުންވާ ތަރުކާރީ އުފައްދާ ސަޕްލައި ކުރެވޭނެ އެއް ނޫންތޭ. އައި ގޮޓާ އަ ފީލިންގް ދެޓް ދިސް ޓައިމް އިޓްސް ގޮނާ ބީ އަ ގުޑް ގުޑް ގުޑް އިންވެސްޓްމެންޓް އިޓްސް ދަ ފީލިންގް ހޯއް ހޯއް. ދިސް ޓައިމް އިޒް ދަަ ޓައިމް ހިއަރ ވީ ކަމް ހިއަރ ވީ ގޯ ލެޓްސް ގޯ ވޭ އައުޓް އެން ޑޫ އިޓް ލެޓްސްް ޑޫ އިޓް ލެޓްސް ޑޫ އިޓް ޑޫ އިޓް ޑޫ އިޓް އެން ޑޫ އިޓް އެން ޑޫ އިޓް އައި ގޮޓާ އަ ފީލިންގް ދެޓް ޓު ނައިޓް އިޒް ގޮނާބީ...

 2. ރަޝީދު

  މާފަންނު ރަސްފަންނުގަ ވެސް އެއަރޕޯރޓެއް ބާއްވަން މާފަންނު މީހުން ބޭނުން

 3. ހަސަނު

  ޝުކުރިއްޔާ އަދުގެ ސަރުކާރު.
  ލަވް ޔޫ އަދުގެ ސަރުކާރު....
  އުންމަ އުންމަ

 4. އިންސްޕިރޭޝަން

  ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިން ހިއްކަން ހަވާލުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ފަރެސް މާތޮޑާ ގައި އެއާރޕޯރޓް އަދި ގައްދޫ ގައި އެއާރޕޯރޓް އެއް އަދި ކާޑެއްދޫގައި އެއާރޕޯރޓް އެއް އެޅިއްޖެ ނަމަ ދެން ގާފު އަލިފު އަދި ގާފު ދާލުގެ ތަރައްގީ އަށް ކުރާ ކަންކަމުގައި ލޮޖިސްޓިކް ޚަރަދު ދެން އެންމެ ބޮޑު ވާނީ ވަކިން އޮންނަ ކޮލަމާފުއްޓާއި އަދި ގއ. ދެއްވަދޫ އަށެވެ. އެނޫން ރަށް ތަކަށް ދެން ލޮޖިސްޓިކް ޚަރަދު ކުޑަވާނެއެވެ. އަދި މީގެއިތުރުން ތިނަދޫ އިން ގދ. ގެ އިކޮނޮމީ ޑޮމިނޭޓް ކޮށްގެންއުޅޭ އުޅުމަށް ވެސް ނިމުން އަންނާނެއެވެ. މައި އިންސްޕިރޭޝަން ހޭޒް ވަން ޑްރައިވް ދެޓްސް ވަޓްސް ގޮއިންގް އޮން..

 5. ދިސްވޭ

  އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު ކަމަށްވާނަމަ ފަރެސް މާތޮޑާ އެއާރޕޯރޓް ހަދާއިރު ފަރެސް މާތޮޑާ ފަޅު ތެރޭގައި ހުރި ހުރިހާ ފަޅު ރަށް ތައް ދޫކޮށްލަންވީ ރާއްޖޭގައި ހުރި އެންމެ މުއްސަނދި ކުންފުންނަކަށް އެހުރިހާ ރަށް ތައް ކޯޒް ވޭ ތަކުން ގުޅުވައިގެން ރިސޯރޓްސް ތައް ހަދަން. ކޯޒްވޭ އިން ގުޅުވާލާނީ އަލަށްހަދާ އެއާރޕޯރޓް އާއި އެވެ. އެއިރުން އެނިމުނީ އެވެ. މަމެންނަށް ޔަގީން އެއިރުން ފަރެސް މާތޮޑާ އެއާރޕޯރޓް ފީސްބްލް ވާނެ ކަން. ދެން ކަނޑަހަލަ ގަލަ އަކީ އެއީ އަމިއްލަ މީސް މީހުންނަށް އެގްރިކަލްޗްރަލް މަސައްކަތް ތައް ކުރާ ރަށަކަށް ހަދާ އަމިއްލަ މީސް މީހުންނަށް އެރަށުން 10 ހާސް އަކަފޫޓް ގެ ބިން ދީގެން އެބިން ތަކުގައި ދަނޑު ގޮވާން ކުރާ ގޮތް ވެސް ހަދާ އެސަރަހައްދަށް ބޭނުންވާ ތަރުކާރީ ގްރީން ހައުސް ޓެކްނޮލޮޖީގެ އެހީގައި ނަމަވެސް ހެއްދިދާނެއެވެ. މިފަދަ ވަށާޖެހިފައިވާ އުސޫލަކުން މިކަން ކުރަން އެބަޖެހޭ. އެސްޓީއޯ އިން އެބަޖެހޭ ގްރީން ހައުސް ބޭނުން ކޮށްގެން ދަނޑު ގޮވާން ކުރަން ފަށަން.

 6. ބަލާތި

  ށަވިޔަނި ފުނަދޫ ގާތުގައި ވަރަށް ބޮޑެތި ފަޅު ތައް އެބަހުއްޓެވެ. ކަން މިހެން ހުރުމުން އެމްޓީސީސީ މެދުވެރިކޮށް ށ. އަތޮޅުގައި ހުރި ބޮޑެތި ފަޅު ތަކުގައި ކޭވީ ސައިޒުގެ 1000 ރަށް ހިއްކާލާ އެރަށް ތައް ރަށެއް 2 މިލިއަން ޑޮލަރަށް 100 އަހަރު ދުވަހަށް ވިއްކާލާ އެރަށް ތަކުގައި ރިސޯރޓްސް ތައް ހަދަން ފަށައިފިނަމަ ދެން ފުނަދޫގައި އަޅާ އެއާރޕޯރޓް ފީސްބްލް ވާނެ ކަމީ އެއީ ޔަގީންވެ ކަށަވަރު ވާ ކަމެކެވެ. މިކަން ދަނެގަންނަން ޖެހޭނެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން. އެއިރުން ޑޮމެސްޓިކް އެއާރޕޯރޓް ފީސްބްލް ވާނެ ވޮލިއުމް މަތި ވުމުން. އެއީ ޔަގީން ކަމެކެވެ.

 7. ޝާފް ޝިޔާޒް

  ފަރެސްމާތޮޑާ އެއާޕޯޓް
  ރަށުގެ ދިރުން
  ތަރައްގީގެ ފެށުން