ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ކަށަވަރުވެފައިވާ ގިނަ ބައެއްގެ ނަން މި ސަރުކާރުން އެކުލަވާއިލި ލިސްޓުން އުނިކޮށްފައި ވުމުން އިދިކޮޅު ކޯޅިޝަނުން އަންނަ ހުކުރު ދުވަހު މުޒާހަރާއަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.

"މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި އިދިކޮޅުން ކުރަން ނިންމާފައިވާ މި އިހްތިޖާޖް ފަށަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު 16:00 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން ކަމަށް އެކޯލިޝަނުން ބުނެއެވެ.

ޕީޕީއެމް ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގައި ކުރިން ނަން ހިމެނުނު މީީހުންގެ ނަން އުނިކުރުމާއި ގުޅިގެން ހުކުރު ދުވަހު މުޒާހަރާއަށް ނިކުންނާނެ ކަަމަށް ވިދާޅުވެފައެބެ. އަދި އެ އިހްތިޖާޖަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުން ހާމަކުރުމަށް ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އިންތިޒާމްކުރާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން "ސީދާ ހަރަކާތް" އަށް ނުކުތުމަށް ގަރާރެއް ފާސްކުރީ މިދިޔަ މަހުގައެވެ އެއީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ. އޭގެ ފަހުން އެކޯލިޝަނުން އަންނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލެ މަގުތައް މަތީ އިހްތިޖާޖް ކުރަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޫއޫދު

    ސަރުކާރު ވައްޓާނުލާ ތިންލީޑަރުން ވައްޓާލާ ގައުމުހަލާކުގެ ތެރެއައް ކޮއްމެފަހަރަކު ވައްޓާލަނީ މިބައިގަނޑު އަމިއްލައެދުމައް ސިޔާސީ މައިދާނުން ބޭރުކުރަން ޖެހޭ މުސްތަގުބަލައްޓަކާ މިހާރުއެމީހުން ލާދީންވީ ކުރިންބުނީއޭނަޔޯ މިފަހަރު އިންތިޙާބައް ނެރޭނެ ބަޔަކުވެސްނުވި މިފަސްއަހަރުތެރޭ މައިދާނުން ބޭރުކުރަންވީ އެމްޑީޕީއިންވެސް އެއްބާރުލުންދޭންވީ .

    1
    1
  2. ވަރަށްދެރަ

    ކީއްވެތަ މި ދެކޮޅޭމެން މަޖިލިސްތެރޭގައާއި މަޖިލީހުން ބޭރުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާއިރު އެކަމާ ދެކޮޅަށް މުޒާހިރާއަށް ނުނިކުންނަނީ.

  3. ސިމް

    ނުކުންނާނީ ފަންސާސް މީހުން.