ދިރާގުގެ ހާއްސަ އިވެންޓެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ދިރާގުން ބުނީ، މި އިވެންޓް އޮންނާނީ މިރޭ 20:30ގައި ފޭސްބުކް ލައިވްކޮށް ކަމަށެވެ. މި އިވެންޓްގައި އެންމެންނަށްވެސް ބައިވެރިވެވޭނެއެވެ.

ދިރާގުން މި ހާއްސަ އިވެންޓާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ. ދިރާގުން ހަމައެކަނި ބުނީ، މި އިވެންޓްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށް ހިލޭ ޑޭޓާ ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުގެ އޮފިޝަލަކު ވިދާޅުވީ، މިއީ ސަޕްރައިޒް އިވެންޓެއް ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، މި އިވެންޓްގައި ބައިވެރިވާ މީހުންގެ ތެރެއިން، ހޮވާލެވޭ 20 މީހުންގެ މެދުގައި 100 ޖީބީގެ ޑާޓާ ބަހާލެވޭނެ ކަމަށެވެ. އެހެންކަމުން މި ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ފަސް ޖީބީ ޑާޓާ ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަސުން

    5 ޖީބީ ތީވަރަށް ބޮޑުސަޕްރައިސްއެއް ދިރާގޫ