ރެޑްވޭވްގެ 12 ވަނަ ފިހާރަ މާލޭގައި މިއަދު ހުޅުވައިފިއެވެ.
ރެޑްވޭވްގެ ގިނަ ފިހާރަތަކެއް މާލެ އާއި ހުޅުމާލޭގައި ވެސް ހުރެއެވެ.
ރެޑްވޭވްގެ އާ ފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރެޑްވޭވް އިން ބުނީ މިއަދު ހުޅުވުނު ފިހާރައިން ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ.
"ރެޑްވޭވް ޕެވީލިއަން" ގެ ނަމުން ނަން ދީފައިވާ މި ފިހާރަ ހުންނާނީ ރާއްޖެ ޓީވީގެ އިމާރާތުގެ ކުރިމަތީގައެވެ.

އެކި ބްރޭންޑުތަކުގެ ބަދިގެއަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ސާމާނުގެ އިތުރުން ފަރުނީޗަރު ވެސް މި ފިހާރަ އިން ލިބޭނެއެވެ.

ރެޑްވޭވް އިން ބުނީ ކުރިޔަށް އޮތް ތަނުގައި މި ފިހާރައިން ވިއްކާ ތަކެތީގެ އަގު ހެޔޮ ކުރާނެ ކަމަށެވެ.

މި ފިހާރަ އިން ވެސް ރެޑްވޭވްގެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށް ރެޑްވޭވް އިން ބުންޏެވެ.
ހެންވޭރު ގައި ފިހާރެއް ހުޅުވަބަލާ
ރިޒުގު ދެއްވަނީ ﷲ ގަދައަޅާ މަސައްކަތްކުރޭ ، އެހެންމީހެއްގެ ރިޒުގު ސަލީމަށް ނުގެންދެވޭނެ
ނިކަން ވިލިމާލޭގައިވެސް ތިކަހަލަ ފިހާރަ އެެއް ހުޅުވާލަބަލަ ވާގޮތެއް ބަލާލަން - -ސަލީމޫ-