އުރީދޫގެ ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތް، "ސުޕަނެޓް" ގއ. މާމެންދު އަށް މިއަދު ތައާރަފްކޮށްފިއެވެ.

މި ހިދުމަތުގެ ސަބަބުން އިންޓަނެޓް 100 އެމްބީޕީއެސް އާ ހަމައަށް ހަލުވިވެ، ބޮޑެތި އެލަވަންސްތަކެއް ލިބޭނެއެވެ. އަދި ސުޕަނެޓްގެ ހިދުމަތް މާމެންދޫއިން ހޯދާ ފުރަތަމަ 20 ފަރާތަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެއެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު މިއަދު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް މާމެންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން،"

އުރީދޫން ވަނީ ދާދި ފަހުން އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. އެ ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބެއެވެ.