ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށް ހޮވާ "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް" މުބާރާތުގެ އެއްވަނަ ރާއްޖޭގެ ވެލިގަނޑު އައިލޭންޑް ރިސޯޓު ހޯދައިފިއެވެ.

މުބާރާތުގެ އެއްވަނަ ވެލިގަނޑު ރިސޯޓުން ހޯދާފައިވަނީ ފައިނަލުގައި ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާ އާއި ވާދަ ކޮށްގެންނެވެ.

އެމެރިކާގެ ކިވީ އޭޖެންސީން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެންމެ ރީތި ގޮނޑުދޮށް ހޮވާފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ވޯޓަކުންނެވެ. އެ ކުންފުނީގެ އިންސްޓަގް ޕޭޖުގައި ބުނެފައިވާ ގޮތުގައި ދެ ރިސޯޓު ވާދަކޮށް ރާއްޖެ ކުރި ހޯދީ ވަރަށް ކުޑަ ތަފާތަކުންނެވެ.

 

View this post on Instagram

 

A post shared by Kiwi.com (@kiwicom247)

ވެލިގަނޑު ރިސޯޓު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، މި ހިސާބަތް އެ ރިސޯޓު ގޮސްފައިވަނީ ފަސް ބުރެއްގައި ވާދަކޮށް މޮޅު ވެގެންނެވެ.

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު ރިސޯޓަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދިގު ގޮނޑުދޮށެއް އޮންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ގޮނޑުދޮށް އޮތް އެއް ރަށެވެ. އެ ރިސޯޓުގެ ބީޗްގެ ދިގުމިނުގައި 150 މީޓަރު ހުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެޓަޕިލާ

    ރާއްޖޭގެ ގޮނޑުދޮއްތަކަކީ ވަރަށް ރީތި ތަންތަން. އެކަމަކު ތިގޮތައް އެއްވެސް ބަޔަކަށް ނުވާގޮތައް އުޅޭ ގުރޫޕްތަކުން ހިންގާ ފޭކް ޕްރޮޖެކްޓްތަކުގެ ބޭނުމަކީ ކޮންމެވެސް ފައިދާގަނޑެއް ހޯދުން. އެވެދާނެ އެމީހުން ރިޒޯޓަކުން ފުރީ ސްޓޭ އެއް ބޭނުންވީ ކަމަށް!

    1
    1
  2. ޙާލަތު

    ރިސޯޓާއި ގޮނޑުދޮއް ރީތިވުމަކުން ނުފުދޭ ތި ރިސޯޓުގެ ބައެއް އެޗް އޯޑިން ސްޓާފުން ތަފާތު ކުރުމާއި އެއީވެސް އިންސާނުންކަން ދަންނަން ޖެޙޭ މިއީ ވަރައް ވާޙަކަw