ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު ވިއްކަމުން އަންނަ ޝީޝާ އިން ރާއްޖެއަށް ހޮންޑާ ރެބެލް 300 ތައާރަފްކޮށްފިއެވެެ.

ޝީޝާއަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރެވެ. އެހެންކަމުން ޝީޝާ އިން އެތެރެކުރާ ސައިކަލުތަކަކީ އެެއްވެސް މެދުވެރިއަކާ ނުލާ ސީދާ ހޮންޑާ ފެކްޓްރީން ރާއްޖެއަށް އެތެރެ ކުރަން އުފައްދާ ސައިކަލުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޝީޝާއިން ރާއްޖެއަށް އަލަށް ތައާރަފް ކުރި މި ސައިކަލަކީ ހޮންޑާގެ ސްމާޓް ފީޗާތަކާއެކު ހަދާފައިވާ ސައިކަލެކެވެ. އެގޮތުން މިއީ 300ސީސީގެ ފިޔުލް އިންޖެކްޓެޑް، ލިކުއިޑް ކޫލް 4ސްޓްރޯކު، އެންޓިލޮކް ބްރޭކިން ސިސްޓަމް އަދި ފުލް ލެޑް ލައިޓް ސިސްޓަމެއް އެކުލެވިގެންވާ ސައިކަލެކެވެ. އަދި މިއީ ދުއްވާލަން ވަރަށް އަރާމު އެހާމެ ޗާލު ކްރޫޒަ ސްޓައިލްގެ ބޮޑު ސައިކަލެކެވެ.

ޝީޝާއިން ބުނި ގޮތުގައި މި ސައިކަލުގެ ހުރިހާ ކުލައެއް ލިބެން ހުންނާނެއެވެ. އެ ކުލަތަކުގެ ތެރޭގައި އޮފް ބްލެކް، މެޓްް ބްލޫ އަދި މެޓް ގްރޭ ހިމެނެއެވެ.

ހޮންޑާ ރެބެލްގެ އެންމެ ފަހުގެ މޮޑެލް ޝީޝާއިން ރާއްޖެއަށް ތައާރަފް ކުރުމާއެކު މި ވަނީ ހާއްސަ އޮފައެއްގެ ދަށުން ހެޔޮ އަގެއްގައި މި ސައިކަލު ލިބޭނެ ގޮތް ހަމަޖައްސާފައެވެ.

އެގޮތުން މި ސައިކަލު ލޯންޗިންގ އަގެއްގެ ގޮތުގައި 122،250ރ. އަށް ލިބޭނެ ކަމަށް ޝީޝާ އިން ބުންޏެވެ. އަދި އިންސްޓޯލްމެންޓް ސްކީމް މެދުވެރިކޮށްވެސް ލިބޭނެއެވެ.

ޝީޝާއިން ބުނީ މި މޮޑެލްގެ އެންމެ ފަހުގެ ސައިކަލުތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޝީޝާގެ އައުޓްލެޓްތަކުން ލިބޭނެ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ.ގަން، ފުވައްމުލަށް ސިޓީ، ގދ.ތިނަދޫ އަދި ގއ.ވިލިނގިލީގައި ހުންނަ ޝީޝާގެ އައުޓްލެޓްތަކުން މި ސައިކަލު ލިބޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.