ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލަން ތައްޔާރުވާން ފެށުމާއިއެކު އިންޑިއާ އިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖްތަކެއް ޓްރެވަލް އެޖެންޓުން ވިއްކަން ފަށައިފިއެވެ.

އިންޑިއާ މީހުން ވެސް ހިމެނޭ ގޮތައް ދެކުނު އޭޝިއާގެ މީހުންނަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމިކަން އިއްޔެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އެއާއިއެކު އިންޑިއާގެ ޓްރެވަލް އެޖެންޓުން ގެންދަނީ ހާއްސަ އަގުތަކެއްގައި ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖްތައް ވިއްކަމުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ މީހުންނަށް ރާއްޖެ ބަންދުކުއިރު އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އަންނަމުން ދިޔަ އެއްގައުމަކީ އިންޑިއާ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ މީހުންނަށް އަނެއްކާވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު މިހާރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އެންމެ ބޮޑު ބިރަކަށް ވެފައި ވަނީ އިންޑިއާ އިން ފެނުނު ކޮވިޑްގެ ވޭރިއަންޓް ކަމަށްވާ ޑެލްޓާ ވޭރިއަންޓެވެ. ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުން ކޮވިޑް ކޮންޓްރޯލް ކޮށްފައި އޮތް ގައުމުތަކުގެ ހާލަތު ވެސް އަންނަނީ ގޯސްވަމުންނެވެ. ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ހާލަތު ގޯސްވަމުންދާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތައި އެމެރިކާ ވެސް ހިމެނެއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އަނެއްކާވެސް ހުޅުވާލާތީ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ޑެލްޓާ ވޭރިއަންޓަކީ ފަސޭހައިން ފެތުރޭ ވޭރިއަންޓެއް ކަމަށްވެފައި މިހާލަތުގައި އިންޑިއާ އިން ގިނަ ބަޔަކު އަނެއްކާ ރާއްޖެ އަންނަން ފަށައިފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދު

    ރައްޔިތުން ކިތަންމެކަންބޮޑުވިއަސް އިންޑިއާމީހުންއައުންހުއްޓުވަންކުރެވޭނެ މާބޮޑުކަމެއްނޯންނާނެ އެއީއަހަރުމެންނައްކޮންޓްރޯލްއޮތްކަމެއްނޫން

    22
    4
  2. މަބޭ

    ރާއްޖޭގަ ކޮވިޑަކީ ސަރުކާރުންކުޅޭ ކުޅިވަރަކައްހަދައިފި

    25
  3. ދުންމާރި

    އަނެއްކާ އިންޑިޔާއިން ވައިރަސް ރާއްޖެއަށް އިންޕޯޓުކުރަން ތައްޔާރުވަނީ ރައްޔިތުން ހަނާވަނީ ރައްޔިތުން ބަންދުކޮށްފަ އެކި ޤައުމުތަކުން ވައިރަސް އެތެރެކުރަނީ މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ؟ މީގެ ކުރިންވެސް މިޤައުމު ކޮވިޑުކޮންޓްރޯލުން ނައްޓާލީ އިންޑިޔާއިން ނުރައްކާތެރި ވައިރަސް އެތެރެކޮށް މުޅިޤައުމަށް ބަހާލައިގެން ދެން މިކިޔަނީ ލިއިދިނީމައޭ ނުވަތަ މިސްކިތުގައި ޖަމާޢަތްހަދައިގެން ނަމާދުކުރާތީއޭ ރައްޔިތުންގެ ބޮލިގަ ޒިންމާ އަޅުވަނީ އެކަމަކު ކަން މިކުރަނީ ސަރުކާރުން ކިހާމޮޅު މިވެރިން މިދައްކާވާހަކަ

  4. މޮޔަ ސަރުކާރު

    ޢަނެއްކާ؟ ދުނިޔޭގެ ޤައުމުތަކުން އިންޑިޔާ މީހުން އެތެރެވުން ހުއްޓުވާ އިރު، މިތަނުން އޭގެ އިދިކޮޅު. ކުރީ ފަހަރުވެސް އެމީހުންގެ ކަރަންޓީން ހަބަކަށް މިތަން ހަދާ މާލެ، ހުޅުމާލެ، މާފުށި، ބަނޑޮސް ރިޒޯޓް ފަދަ ތަންތަނަށް ވެއްޓިގަނެ، މުޅި ޤައުމަށް ވައިރަަސް ފަތުރާފަ ބެޗީ. އިބޫ ކަލޭ ހާދަ ބުރާންތި މީހެކޭ ތީ...

  5. Anonymous

    މި ލާދީނީ ސަރުކާރާއި ޝިރްކް އިންޑިއާ އަކީ ދިވެހިންނަށް ޖެހިފަ އޮތް ބަލާވެރިކަމެއް ، އަނެއްކާވެސް އިންޑިއާ ގެރިތައް ގެނެސް ކޮވިޑް ފަތުރާފަ ލޮކްޑައުން ކޮށްފަ އަހުރެމެން ބަނޑަށް ޖައްސާފަ މަޖުބޫރުކޮށްގެން މަގުތަކަށް ނެރެފަ މިލިއަނުން ޖޫރިމަނާކުރާނީ ނާޤާބިލް ލާދީނީ

  6. ރައްޔިތުން

    ދިވެހިން ޑެލްޓާ ޕުލަސް އަށް ތައްޔާރުތޯ؟؟؟
    ރައްޔަތުން ނުރައްކަލަ ވައްޓާފަވެސް އިންޑިޔާ ރުއްސަން ޖެހޭ... ސަންޖޭ ސުދީރު

  7. ރައްޔިތުންގެ އަޑު

    އަންޑިޔާގެ ކޮވިޑް ޑެލްޓާ ޕުލަސް ވޭރައަންޓައް ދިވެހިން ތައްޔާރުތޯ؟؟؟ ސަރުކާރުން މިތަން އިންޑިޔާގެ ކަރަންޓީނު ހަބަކައް ހަދަން ހަމަޖައް ސައިފި . ވިސްނާ މިކަމުން ކިތައް ފުރާނަތޯ ގެއްލި ދާނީ

  8. ރައްޔިތު މީހާ

    ޙައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ މިނުބައި މީހުންގެ އަނިޔާތަކުން އަޅަމެން ސަލާމަތް ކުރައްވާފާދޭވެ. ޢާމީން