ހުސްވި ޖޫން މަހު ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ މުދާ އިންޕޯޓް ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ ކަސްޓަމުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ އަަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހާއި އަޅައިބާލައިރު 44 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރު ޖޫން މަހާ އަޅައިބަލާއިރު 59 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 156 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މި އަހރު ޖޫން މަހު މިއަދަދު ވަނީ 247 ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 390 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ ވަނީ އެެތެރެކޮށްފައެވެ.