ރެޑްވޭވުން ކުރިއަށް ގެންދާ ހިލޭ މާސްކް ލިބޭ މޮލްފިކްސްގެ ޕްރޮމޯޝަނާއެކު، މޮލްފިކްސް ނެޕީއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރެޑްވޭވުން ބައްލަވައިގަންނަވާ މޮލްފިކްސްގެ ކޮންމެ ނެޕީ ބޮނޑިއަކާއެކު އެވޮނީ ބްރޭންޑްގެ ޑިސްޕޯސެބަލް 10 މާސްކް ހިމެނޭ ޕެކެއް ލިބިގެންދާ މި ޕްރޮމޯޝަން ރެޑްވޭވްގެ ހުރިހާ ސުޕަމާކެޓް ފިހާރަތަކެއްގައި މިހާރުވެސް ކުރިއަށް ގެންދެއެވެ.

މޮލްފިކްސް ބްރޭންޑަކީ މަދު ދުވަސްކޮޅެއްގެ ތެރޭ ކަސްޓަމަރުންގެ މެދުގައި މަޤްބޫލުވެގެން ގޮސްފައިވާ ނެޕީއެކެވެ. މޮލްފިކްސް ބްރޭންޑަކީ މަގުބޫލު ވެގެން ދިޔައީ މިބްރޭންޑްގެ ނެޕީގައި އެކުލެވިގެންވާ އެލޯވެރާ އަދި ކެމޮމައިލް އެކްސްޓްރެކްޓްސްގެ އިތުރުން "އެނެޓޮމިކް" ފިޓްގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑަށް އަރާމު އަދި ލީކްވުމުން ދުރު ނެޕީއަކަށް ވުމުންނެވެ. އަދި ނެޕީ ތެތްވާ މިންވަރު އަންގައިދޭ އިންޑިކޭޓަރއެއްގެ އޭގައި ހިމެނޭ މި ނެޕީ ފާހަގަވެގެންދަނީ ބާޒާރުގައި ހުރި އެހެން ބްރޭންޑްތަކަށްވުރެ އަގު ހެޔޮ އަދި ކޮލިޓީ އެހާމެ ރަނގަޅު ނެޕީއެއްގެ ގޮތުގައެވެ.

ރެޑްވޭވްގެ އަމާޒަކީ ކޮލިޓީ ރަނގަޅު ތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މުދާ އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރެޑްވޭވުން ބުނެއެވެ.