ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރުން) ހުއްޓާލަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ދަށަށް ދިއުމުން ސަރުކާރުން ވަނީ މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ފައިސާ ޗާޕް ކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ހޯދާފައެވެ. ފުރަތަމަ ފައިސާ ޗާޕް ކުރަން ހުއްދަ ހޯދި އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވެގެން މިހާރު އަނެއްކާވެސް ވަނީ އެމުއްދަތު އިތުރުކޮށްފައެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭ ގޮތުން އައިއެމްއެފް އިން ބުނީ ރާއްޖޭގައި ޑޮލަރުގެ އަގު 15.42 ގައި ހިފެހެއްޓުމަށްޓަކައި ފައިސާ ޗާޕް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާގޮތައް ފައިސާ ޗާޕް ކުރުން ކުރިއަށް ގެންދާނަމަ އަވައްޓެރި ސްރީލަންކާ އަށް ކުރިމަތިވި ފަދަ އިގްތިސޯދީ މައްސަލަތަކެއް ރާއްޖެއަށް ކުރިމަތިވެގެން ދާނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެއެވެ.
ސްރީލަންކާ އިން ވެސް 2014 ވަނަ އަހަރުން ފެށިގެން ފައިސާ ޗާޕްކޮށް، މާކެޓަށް ނެރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިގްތިސޯދީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ. މިހާރު އެގައުމު އޮތީ ސަވަރިން ޑިފޯލްޓަކަށް ދިއުމުގެ މަގުމަތީގައި ކަމަށް އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކޮވިޑް އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަހަރު އިންފްލޭޝަން ރޭޓް %1.4 އުފުލޭނެ ކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ. އަދި އަންނަ އަހަރު ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް %2.3 އުފުލޭނެ ކަމަށް ވެސް އައިއެމްއެފް އިން ލަފާކުރެއެވެ.
ވޯލްޑް ބޭންކުން ވެސް މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް ކްރެޑިޓް ރޭޓިން ފާމްތަކުން ވެސް ގެންދަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތިޔަވާނީ ހަމަ ކުރީ ސަރުކާރުގެ ކަމަކަށް
އިކްނޮމިސްޓް ގައުމު ހަލާކު ކޮށްލީ
ކީއްކުރަަން ރާއްޖޭގަ ފައިސާ ޗާޕުކުރަންވީ... އެއޮތީ ރާއްޖޭގަ ކިރިޕްޓޯ ކަރަންސީ ބޭނުންކުރަން ފަށާފައެއްނު...
ބޮޑަށް ބެލެވެނީ ތީ ޔާމީނު އަޑީގައި ހުރެގެން ކުރާކަމެއް ހެން. ހަމަ ގައިމުވެސް މިސަރުކާރަކުން ނުކުރާނެ ތިކަހަލަ ދޯހޮޅި ކަމެއް.
ރާއްޖޭގެ ހަލާކަކީ ވަކިބަޔަކު މާމަތިވެރި ބައެއް ކަމުގަ ބަލާފަ ގައުމު ވިއްކާފަ ސަލާމަތް ނުވެވޭ ވަރަޢް ދަރަނި ނަގައިގެން ވެސް އެމީހުންގެ އުފާތައް ހާސިލް ކޮއްދޭ ގޮތައް އޮތް އަޅުންގެ ގޮތުގަ ރައްޔިތުން އުޅެންޖެހިފަ އޮތް ގައުމަކައްވުން . މިނިވަންކަމާ ހަމަހަމަ ކަން ހާސިލު ކުރުމުގެ ހަނގުރާމަ އަކީ ރައްޔިތުން ކުރަން ޖެހިފަވާ ބޮޑު ހަނގުރާމައެއް.
މާކަށް ޕްރޮޖެކްޓްއެއް ނުހިނގާ. ޓޫރިސްޓުން އެބަ އާދޭ. ޑޮލަރުވެސް އެބަ ވަދޭ ގައުމަށް. ކޮވިޑް ވެކްސިން ގިނަ ވެގެން އެހެން ގައުމު ތަކަށް ހިލޭ ބަހަން ފަށައިފި. މާ މޮޅު އެއާރ ޕޯޓެއް ހަދަން ފަށައިފި. މަށަކަށް ހަމަ ނުވިސްނުނު. ގައުމުގެ ހުންގާނުގަ ތިބީ ބާލިގުނުވާ ކުޑަކުދިން ބާވައޭވެސް ހިތަށް އަރާ. ޔާމީނު އިރު ހެސްކިޔާފަ ޕްރޮޖެކްޓް ހިނގި. ދެވަނަ ރަންވޭއެއް އަޅާ އަންނަ ފްލައިޓްތައް ގިނަ ކުރި. އިންޑިއާ އަށް ބޭހަށްދާ މީހުން މަދު ކުރުމަށްޓަކާ ނުލާހިކު ވަރުގަދަ ހޮސްޕޮޓަލްއެއް އެޅި. އިނގިރޭސި ނަމުގަ އޮތް ސަލްޓަން ޕާރކް ދިވެހި ނަމަށް ބަދަލު ކުރި. މި ސަރުކާރަކަށް އެއިން އެއްވެސް ކަމެއް ޓޮލަރޭޓްއެއް ނުކުރެވުނު. ޔާމީނު އާއި ޖައްސާލަން ހަދައިގެން މުޅި ގައުމު ފަސާދައަށް ދުއްވާލައިފި. މި ގައުމަށް ބޭނުންވަނީ ޔާމީނު ކަހަލަ ދިވެހި ވަންތަ ހަރުކަށި ވެރިއެއް.
މީ މަޖާ ކަމެއްނޫން. !!! މިހެން ވަކި މިސްރާބެއް ޒިއްމާވާ މީހަކު ނެތި ދިޔަ ގައުމުތައް ލެބަނާން ކަހަލަ ގައުމުތަކުގެ ފައިސާގެ އަގުވެއްޓި އުޅޭ ހާލު ދެކިފަވެސް ސިޔާސީ މުސާރަތައް ކުޑަކޮއް އެމީހުންގެ ނުބައިކަމުން މިގައުމު ސަލާމަތް ކުރަން އުޅުމަކީ މިގައުމުގެ ކޮއްމެ ރައްޔިތަކު ކުރަން ޖެހިފަ އޮތް މަސަެްކަތެއް. ދަރަނިވެރިވެ ނުފުދުމުގެ ތެރެއަށް ދާ މައިގަނޑު ކަމަކީ އެނަގާ ހައްގު ނޫން މުސާރަ.
ސްރީލަންކާ އިން ވެސް 2014 ވަނަ އަހަރުން ފެށިގެން ފައިސާ ޗާޕްކޮށް، މާކެޓަށް ނެރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިގްތިސޯދީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ. އަލް އަމީރު މިކަން ސިފަ ކުރައްވީވެސް ނުބައި ކަމެއްކަމަށްތަ. ނޫނި ރާއްޖެ ލަންކާގެ ޙާލަތަށް ބަދަލު ނުވާނެ ކަމައްތަ.
އެމެރިކާއިންނާ އިންޑިޔާ އަދި އިޒްރޭލުން ދިވެހިން ބޭނުންކުރަން ޑޮލަރ ހަދިޔާކުރާނެ.
މޑޕ ވެ ރިކަމުމުގައި އޮތްހާ ދުވަހަކު ފައިސާ ޗާޕްކޮށްގެން
ރައްޔިތުންގެ މުދަލާއި ފައިސާގެ އަގުދައްކޮށް ނާޖާއިޒް ފައިދާ
ނަގާނެއެވެ.
އެމްޑީޕީން ބޭނުންވާގޮތް. ޤައުމު ދެން ސަލާމަތް ނުވާދަރަޖައަށް ވައްޓާލައިގެން ބޭރު ބައެއްގެ އުނގަށް ވެއްޓެން މަޖުބޫރުކޮށްގެންވެސް ރާއްޖެއަށް ޢައިރު ދީންްްްްްްްތަކުގެ އަޅުވެތިކަން ގެނައުން.
އެހެންވެ ކުރިން ހިންގަމުން ގެންދިޔަ ބިޔަ މަޝްރޫއު ތަކަކީ ފައިސާ ވަންނަ ކަހަލަ ކަންކަން ވީމަ އެކަންކަންވެސް އެތައް ދުވަހެއް ވަންދެން ހުއްޓުވައި ފަސްކޮށް ކުންފުނިތަކަށް އުނދަގޫ ކޮށް ހަދަނީ.