އެސްޓްރަޑާ.އެމްވީގެ ޕޯސްޓެއް ޝެއަރކޮށްލައިގެން ނަސީބުވެރި ދެ ފަރާތަކަށް ޑިޒައިނަރ ދަބަހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އެސްޓްރަޑާއިން ބުނީ މި ޕްރޮމޯޝަންގައި ހޮވާލެވޭ ދެ ނަސީބުވެރިއަކަށް "ލޫއީ ވިޓޯން - އޯރޭއަން" ބްރޭންޑުގެ ޑިޒައިނާ ދަބަހަކާއި، "ފެންޑި ޕައުޗް" ޑިޒައިނާ ދަބަހެއް ލިބިގެން ދާނެކަމަށެވެ.

މިކަމާއި ގުޅިގެން އެސްޓްރަޑާ.އެމްވީ އިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަން ޖެހޭނީ ތިން ކަމެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެސްޓްރަޑާ.އެމްވީ އަދި އެވޮން.އެމްވީގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯ ކޮށްލާނީއެވެ. އަދި އެއަށްފަހު އެ ޕޯސްޓުގެ ކޮމެންޓުގައި ތިން އެކުވެރިއަކު މެންޝަން ކޮށްލާނީއެވެ. އެއަށްފަހު އެ ޕޯސްޓު #EstradamvGiveaway ޖަހައި ސްޓޯރީގައި ޝެއަރ ކޮށްލުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.

 

View this post on Instagram

 

A post shared by @estrada.mv

އެސްޓްރަޑާ.އެމްވީގެ މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ފެށޭ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ.

އެސްޓްރަޑާ.އެމްވީ އިން އަންހެން ކަނބަލުންނަށް ޙާއްސަ، ލޫއީ ވިޓޯން، ގުޗީ، ވައި.އެސް.އެލް އަދި ފެންޑި ބްރޭންޑުގެ ޑިޒައިނަރ ދަބަސް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު