ރާއްޖޭގައި ދިވެހި މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް ވުރެ ކުޑަކޮށް އަމިއްލަ ވިޔަފާރިތަކަށް މިނިމަމް ވޭޖު ކަނޑައަޅައި، އިއުލާނުކޮށްފި އެވެ.
ނަމަވެސް މިއަދު މިނިމަމް ވޭޖް އިއުލާން ކުރިއިރު ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500ރ. އެވެ. އެއީ ގަޑިއިރަކަށް 21.63ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން ބަލައިގެންނެވެ. މިއީ ބޯޑުން ލަފާދިން ވަރަށް ވުރެ މަހަކު 500ރ. ކުޑަ އަދަދެކެވެ.
ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 5،000ރ. ކަނޑައަޅަން ބޯޑުން ލަފާދީފައި ވެއެވެ.
މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ބޯޑުން ލަފާދީފައިވަނީ ގަޑި އިރަކަށް 33.65ރ. ގެ މަގުންނެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000ރ. އެވެ. ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 21.63ރ. އެވެ.
ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރަކަމުގައި ކަނޑައަޅައި އިއުލާނު ކުރީ މަހަކަށް 8،000ރ. އެވެ. އެއީ ގަޑިއިރަކަށް 38.46ރ. އެވެ. އެއީ ބޯޑުން ލަފާދިން އަދަދުން މަހަކު 900ރ. ކުޑަ އަދަދެކެވެ.
މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއުލާނުކުރެއްވި ގަރާރުގައި ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށެވެ.
ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށް ޕްރައިވެޓް ސެކްޓަަރަށް މިނިމަމް ވޭޖު ކަނޑައެޅި ނަމަވެސް، ޕަބްލިކް ސެކްޓާއަށް މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ލަފާދިން މިންވަރަށެވެ.
ޕަބްލިކް ސެކްޓަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް 33.65ރ. އެވެ. ނަމަވެސް، އެ ފަރާތްތަކުގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ ގޮތުގައި މަހަކު 7،000ރ. މިއަދު ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ވަގުތު ހަގަޑިއިރުން އަށް ގަޑިއިރަށް ބަދަލު ކުރާނެ ކަމަށެވެ.
އަނެއްކާ ހަވީރު 4 ޖަހަންދެން ސަރުކާޜު އޮފީސް ތައް ހުޅުވާފައި ބަހައްޓަން ތިޔަ އުޅެނީ ކިހާ ދެރަކަމެއް ތީ ކިހާ ދެރަ ކުރިން އަންނި ސަރުކާރު ގައި ވެސް ތިޔަ ސަކަރާތް ޖެހި ކޯސްތަކާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ މޫނުގައި ތަފާލެއް ތިޔަ ޖަހަނީ ކީއްކުރާނީ
މިހެން އުޅެނިކޮށް ސަރުކާރު ވެއްޓޭނީ
ތެދެއް ތިބުނީ. ދެން ވެއްޓުނީމަ ބުނާނެ ބަގާވާތޭ.
މިއޮތީ 3 އަހަރުފަހުން ، ނަމެއްގައި ކަމެއްކޮށްފަ!
ކޮބާ ތަމެންނަށް ފެނޭތަ ފެނޭދޯ ! ޕިންކީ ކުލަސްޓާސް ފަސް އަހަރު ލިބުނުއިރު ނުކުރެވުނުކަމެއް މިއޮތީކޮަށްފަ ދެން ލަލަ ލަލަ ލާ.....
ކަލޯޔަށް ހެޔޮ ދޯ ކޮންމެ ކަމެއް ކުރިޔަސް ޕާޓީ ވެއްޖެއްޔާ ؟ މިއީ އަޅެ ރަނގަޅު ގޮތަކަށް ކޮށްފަ އޮތް ކަމެއްތަ ؟ ރައްޔިތުން އަޅުވެތިކުރަން ހަދާފަ އޮތް އެއްޗެއްނު މިއީ ؟ މިނިމަމް ވޭޖޭ ކިޔާފަ ރައްޔިތުން ހޭކެނޑެންދެން މަސައްކަތް ކުރުވަން ހަދާފަ މި އޮތީ.
ދެންއަވަހަށް ސަރުކާރުންދޭ ބޯހިޔާވަހިކަމުގެ ކުލި ކުޑަކުރައްވާ މިނިމަމްވޭޖްގެ ޕަސަންޓުން
އަގު ހަދަންވީމާ ހަފްތާޔަކު 48 ގަޑި އިރުގެ މަގުން މިހަދަނީ އެއީ ދުވާލަކަށް 6 ގަޑިއިރު ބަލާބަލަ 6 ގަޑި އިރު ތޯ މަސަތްކަތް ކުރުވަނީ 14 ގަޑި އިރު މަސަތްކަތް ކުރަންޖެހޭ އަމިއްލަ މީހުންގެ ފިހާރަތަކުގަ މަސަތްކަތްކުރާކުދިން، އެއްވެސް އޮފް ދުވަހެ ނީނދޭ! އެހެންވީމާ އެ ކުރެވެނީ ހަފްތާޔަކު 98 ގަޑި އިރު މަސަތްކަތް! ދެންކޮބާތޯ؟ ތިޔަ ކަނޑައަޅާ ވަރުން ކިހިނެއްތޯ ވަނީ / ދިމަލެއް ނުވެއެންނު!
ނަންވާނީ ލޮލީ ޖާބިރު...ހުސް ގުނބޯލުން \
ފައްޔާޒް އަށް މިލިއަނުން ފައިސާ ދީގެން ރިޒޯރޓް އޯނަރުން ހިންގާ ޖަރީމާ
ފައްޔާޒު އިސްތިއުފާ އަދި އިނާޔަތެއްގެ ގޮތުގަ 5 ބިލިޔަން ރުފިޔާ ދިނުމައް ގޮވާލަން.
މިނިމަމް ވޭޖް އެއީ އޮންނަން ޖެހޭނެ އެއްޗެއް ނޫނޭ އެއިން ނިކުންނާނެ ނަތީޖާ އަކީ އިންފްލޭޝަން މަތިވުމޭ އެނޫން ނަތީޖާ އެއް ނުނިކުންނާނެއޭ ތިޔާއީ ކުރަން ހެޔޮވާ ޒާތުގެ ކަންކަމެއްް ނޫނޭ ވަޒީފާ ދޭ ފަރާތަށޭ އިނގޭނީ މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނެ ވަރު އެއީ ސަރުކާރުން އޭގެ ތެރެއަށް ބޭނިގަނެގެން ކުރަން ޖެހޭނެ ކަމެއް ނޫނޭ މިސަރުކާރަށް އިިިގްތިިސާދީ ސައެންސް ނޭގެނީއޭ ކޮޕީ ޕޭސްޓް މިސަރުކާރުން ކޮންމެ ކަމެއް ގައި ވެސް ކުރަނީ ދައުލަތުގެ ބަޖެޓް ވަނީ ބަނގުރޫޓް
ދެންހިނގާއަތްޖަހަމާ…
ސަޅި
އަނެއްކާ 8 ގަޑި އިރަށް ބަދަލު ކުރަނީ މީ ކޮންތާކުން އިލްމް އުނގެނިގެން އުޅޭ ބަޔެއްތަ 2008 ގައި އެމްޑީޕީ ސަރުކާރާ ހަވާލު ވެފައި ވެސް ހަމަ މިގަނޑު ގަތް ކިހާ ދިރަކަމެއް މީ
ބަލަ ކޯސްތަކުގައި އުޅޭ މީހުންނޭ ސިވިލްގައި ގިނައީ އަދި މެންދުރު ފަހު އިތުރު ވަޒީފާ އަދާކުރެއޭ މިވެރިން މެންދުރު އޮފީހަށް ދިޔައަސް ސިވިލްގެ މުވައްޒަފުން ގަޑި ޖެހޭޔޭ ކިހާ ދިރަކަމެއް މިއޮތީ އަހަރެންގެ ވޯޓް ނުލިބޭނެ ސަލާމް
މުހަނަށް އޮޑި ތިދިނިދޯ ތިކަންވެސް ނުކުރެވޭނެ އަދި ދުވަސް ކޮޅަކުން ހުއްޓާލާނެ
ލާރިޔަށް ކާފަރުވެފަ ތިބި ބަޔަކު ހިމާޔަތްކުރާނީ ވިޔަފާރިވެރިންގެ މަސްލަހަތު. ކޯޓު ފަޓުލޫނުގަ ތިބީމަ ފޮޓޯއަށް ރީތިވާނެޔޭ ހީކުރިޔަސް ރައްޔިތުން ދެކެނީ ހަމަ ފަކުރެއްގޮތަށް.
އެއްކަމެއްވެސް ރަނގަޅަކަސްނުކުރި ހުސްފޭކު ތިކުރާ ހުރިހާ ކަމެއްދިވެހިންނަށްވަރައްސާފު ދިވެހިންނަކީ މިހާރު ގަމާރުންނޫން ތިކުރާކަންތައްތަކުގެ ނަތީޖަޔާ ކުރިމަތިލާން ޖެހޭނީ އިންތިހާބުގަ މިއީ ވަރަށްވާހަކަ ދެންލަލަލާ
މިކަމުގެ ސަބަބުން ބޭރުގެ ޗީޕް ލޭބާ އިތުރުވާނީ! ދިވެހިންނަށް އޮތް ފުރުސަތު ހަނިކޮށް ބޭރުމީހުން ގިނަނަކުރުން ނޫންކަމެއް މިކަމުން ހާސިލްވާތަނެއް ނުފެނޭ!
ތަންކޮޅެއް ޒިންމާދާރުވާށޭ ހަމައެއްޗެކޭނުލިޔާށޭ
އަނެއެްކާ މިއާދެވެނީ އަނެއް ދިވެހިރާއޖެއަށް. މަސައްކަތު ގަޑި އިތުރުކުރާބަޔަކަށް މަމެން ވޯޓެއް ނުދޭނަން.
ދެން ހުރިހާ އެންމެން ނަށަންވީނު.. ދެން ފުއްދާލާ.. ހަދާނެ އެއްޗެއް ހަދާނީ.. ހެހެހެ
މިހާރުވެސް ބުރުމާގެ މާމިގިލީ އެޔާޕޯޓްގެ އޮޕަރޭސަން މީހުން ނާ ބޭގޭޖް ހޭންޑަލް މުވައްޒިފުން ލައްވައި، 12 ގަޑި އިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރުވާ، ކޮންމެ ދުވަހަކު. މަޖުބޫރު ކޮއްގެން. ބުރުމާގެ މައްޗައް ވެސް ގާނޫނު ހިންގާން ޖެހޭނެ.
ދިވެހިރާއްޖޭގެ އިކޮނޮމީ ފުޑަލަން އައިސް ހުރި ގުނބޯ ވޭޖެއް ތީ. ޢަމިއްލަ ތަންތަން މިނިމަމް ވޭޖް 4500 ހެދުމުން މިވައްޖަފުން ވަޒީފާތަކުގައިމަދުވެ މުޅި ޕްރަެިވެޓް ސެކްޓަރ ފުނޑު ފުނޑު ވެގެންދާނެ. މީ ސީދާ ވެރިކަން ގެއްލޭތީ ގައުމުފުނޑާލަން ޖެހި ރޮކެޓެއް
އޭރުންތާ ރައްޔިތުން ކެކިގަތީމަ ސޯލިހު ބާލުވާފަ އެދޭތެރެއަށް ނަށީދަށް ވަދެވޭނީ.
މިއީ އަނެއްކާވެސް "އަދީބު ފަނި" އެޅުވިގޮތަށް ނަށީދު އަޅުވާ ފަންޔެއް.
މިހާރުވެސް މުސާރަ ލިބޭވަރުތީ ، އާކަމެއްނެތް ،
ސަރުކާރު މުވައްޒަފުންނަށް ލިބޭ ފިކްސްޑް އެލަވަންސްތަކާއެކު މުސާރަ ހަމަޖައްސާފައި، ޕެންސަނަށް ނަގަންޖެހޭ ޢަދަދު ބޮޑުވާނެ. ދެން 8 ގަޑިއިރަށް ގަޑި ބަދަލުކޮށްފައި އޯވަރޓައިމް ކަނޑާލީމާ ގެއަށްގެންދަން ލިބޭއެތި ވަރަށްކުޑަވާނެ. ވިސްނާ!!!!!!
ދުލުގަ ހިފައިގެން ދަމަން ނުހަދާ
ކަލޭމެނައް ނުވަންޏާ ރަށައް ކަނޑާލާ
މިއަށްވުރެ ގިނައިން މިހާރުވެސް ދޭ އަނެއްކާ މުސާރަ ކުޑަ ނުކޮއްފީޔާ ކިތަންމެހާވެސް ރަނގަޅު
8 ގަޑިއިރު މަސައްްކަތްކުރަން ޖެއްސުމަކީ ސިވިލްސާވަންޓުންނަށް ވަރަށްބޮޑު ބުރައަކަށްވާނެ. ތިއީ ނަޝީދު ސަރުކާރުގައިވެސް ޖެއްސި ބުރަ ތިޖައްސަވަނީ. އެކަމާމެދު މިއަދުގެ ސަރުކާރުން ވިސްނަވާނެކަމަށް ހީކުރަން. ސަރުކާރު ހިންގުމުގައި ސިވިލްސާވަންޓުންކޮށްދެއްވާ މަސައްކަތުގެ އަގުވަޒަންކުރައްވާ! އެމުގެ ނަތީޖާ ސަރުކާރުގެ ތެރެއިން ފެނިގެންމިދަނީ. އެހެންނޫނީ ސަރުކާރާ ދެކޮޅު ވާހަކަތައް އިތުރުވެގެން ހިގައިދާނެ. މިހާރުވެސް ވަރަށް ގިނަވެއްޖެ.
ކޮން މިނިމަމް ވޭޖެއްތޭ ތަމެން ޖެހޭނީ މިނިމަމް ވޭޖް އޮޅާލަން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ
ނިކަމެތިންނަށް އަޅާލާނެ ބަޔަކު އަންނާނީ ކޮންދުވަހަކުންބާ
7000 ރުފިޔާ މުސާރައަށް ދައުލަތުގެ ވަޒީފާގަ އުޅޭ މީހާ، އޭނާގެ ކޮޓަރި ކުއްޔާ، ފެނާ، ކަރަންޓާ، ކެޔުމާއި ދަތުރުފަތުރުގެ ޚަރަދު ދެކޮޅު ޖައްސަނީ ކިހިނެތް؟ ވައްކަންކޮއްގެން؟ ކޮރަޕްޝަނަށް ފައިސާ ނަގައިގެން؟ އަމިއްލަތަނެއްގަ އިތުރު ވަޒީފާއެއް އަދާކޮއްގެން؟ ނުކިޔަވާ އެއްވެސް ތަޖުރިބާއެއް ނެތް މީހުންނަށް ސިޔާސީ ބޮޑެތި މަޤާމުދީފަ މިލިޔަނުން ޚަރަދު އެބަކުރޭ!! އިސްތިއުފާާާާ!!!
8 ގަޑިއިރު ދެމަފިރިން މަސައްކަތްކޮށްކޮށް ތިބޭށޯ. ދަރިން ބަލަންވެސް މީހަކާ ހަވާލުކުރާށޯ. ޢޭރުން އެހެން ވަޒީފާގެ ފުރުސަތުވެސް ހުޅުވުނީޔޯ. ލާރިފަހަތުން ދުވުމުގެ ދިރިއުޅުން ނިމޭނީ މުސްކުޅިވީމަޔޯ. ޢޭރުން ޖަމާވެފަ ހުރި ޕެންށަން ފައިސާ ދޭނަމޯ. ދެން މަރުވާށޯ. ދިރިއުޅުމަކީ މިއީބާ ؟!
6 ގަޑިން 8 ގަޑި އިރަށް އިތުރުކޮށްފަ މުސާރައަށް 500 ރ ބޮޑު ކުރީމަ އެ ތެޅުނީ ގުއިތަފާލުގަ ދަޑިން. މި ދޭތެރެއަށް އާއިލާ އާ ބެހޭ ޤާނޫނު ވެސް ވަންނަން ޖެހޭ.
ތި ވާނީ އަޑި ނުފެންނަ ވަޅަކަށް ވެއްޓެން އުޅުން ކައިރިވަނީދޯ؟
އެންމެ ކުޑަ އުޖޫރަ ދެނީ އެލަވަންސްތަކާއި އެއްކޮށް! ތާހިރު ވެއްޖެ އެންނު އޭރަށް ބުރުމާމެންނަށް އަނެއްކާވެސް އެތަށް ބަޔަކު އަތުން މުސާރަ ކަނޑާ އުނި ކުރެވޭނެ އެވެ.
މިނިމަން ވޭޖް ކިޔަނީ ދިރިއުޅެވޭނެ އާމްދަނީޔަށްތޯ ؟ ތިޔަ މިނިމަމް ވޭޖް އިން ދިވެހިރާއްޖޭގެ ކޮންރަށެއްގައިތޯ ދިރިއުޅެވޭނީ މީހަކު ކައިބޮއިގެން ކަމެއް ކުރާއިރު ދިރިއުޅުމުގެ ހަރަދުތަކަށްވެސް ބަލަންވާނެތާ ؟
ހާދަބޮޑެތިމުސާރަތަކެއްތިކަނޑައެޅީ އެއްބަޔަކަށް =/45000ރުފިޔާ އަނެއްބަޔަކަށް 4500ރުފިޔާ މިއީތޯ ހަމަޔާއި އިންސާފް އަހަރެމެންނަށް ހުޅުމާލެ 2ވަނަފޭހުންލިބުނު ފުލެޓަށް ކުލި ދައްކާނެގޮތެއް އެއްގޮތަކަށްވެސްނުވިސްނުނު ބޯގާނާ ގާނާ ހަލާކުވެއްޖެ އެއްވެސްމީހަކު މިކުލި ދައްކާނެގޮތެއްބުނެދީބަލަ
ތިޔަ މިނިވަންވޭޖު ކަލޭގޯތި ބަދިގޭގަ ކަށްކަން ގެންގުޅޭ އިންޑިއާ މީހާއަށް ދީ ކަލޭ ނަމެއްގަ ތިކަންކުރާނެކަމެއްނެތް އަމާބުނީތީ ފަރަށްގޮސްފަ ތިއޮތީ ދިވެހިންނަކަށް ތިޔެއް ކަމަކުނުދޭ ެެެެެެެެެެެެެެެެެެެެެެެެެެެެެެ...