ކުރީ ސަރުކާރުގައި އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަަޅަން ފެށި ވިނަރެސް ފްލެޓްތައް ވިއްކާނީ މާލޭގެ ރައްޔިތުންނާއި މާލޭގެ ދަފްތަރުގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން އެޗްޑީސީއަށް އަންގައިފިއެވެ.

ހިޔާ މަޝްރޫއު އިން ފްލެޓް ދޫކޮށްލި 76 ފަރާތަކުން ވިނަރެސް ބަދުލުވާން އެދިފައިވެއެވެ. އަދި ގުޅީފަޅުން ފްލެޓް ދޫކޮށްލި 91 ފަރާތެއްވެސް ވިނަރެސްއިން ފްލެޓް ވިއްކަން ވަނީ ނިންމާފައެވެ. ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ދެމެދު ހެދިފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" ދަށުން އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ވިނަރެސް މަޝްރޫއުގެ ތެރެއިން ފްލެޓް ގަތުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ފްލެޓްތައް ވިއްކަން ހުޅުވާލެވޭނީ ސީލައިފުން ފްލެޓް ނުލިބުނު މީހުންނަށް "އެލޮކޭޝަން" ހެދުމަށް ފަހުއެވެ.

ބާކި ހުރި ފްލެޓްތައް ގަނެވޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ހަފްތާގައި އެޗްޑީސީއަށް އަންގާފައެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަގުތު"އަށް ވިދާޅުވީ ސީލައިފް، ގުޅީފަޅު އަދި ހިޔާއިން ފްލެޓް ދޫކޮށްލި މީހުންނަށް ފަހުވެސް ބާކި ގިނަ އަދަދެއްގެ ފްލެޓްތަކެއް ހުންނާނެ ކަމަށެވެ.

"ބާކީ ހުރި ފްލެޓްތައް ވިއްކާނީ މާލެއާ މާލޭގެ ދަފްތަރުގައި ތިބި މީހުންނަށް" ކަމަށެވެ. ފްލެޓްތައް ވިއްކަން ހުޅުވާލާ ތާރީހެއް އެޗްޑީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީން ވިދާޅުވީ ކޮވިޑް-19އާ އެކު ކުރިމަތިވި ކަންތައްތަކާއެކު މިހާ ހިސާބަށް އައިރު ނިންމާލެވުނީ މިމަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ކަމަށެވެ. ކޮންޓްރެކްޓަރުން މިހާރު އަންދާޒާކުރާ ގޮތުން ވިނަރެސްގެ މަޝްރޫއު ނިންމާލެވޭނީ އަންނަ އަހަރުގެ މެދުތެރެއަށެވެ.

ވިނަރެސް ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި -/17000 ވަރަކަށް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަސްމީކޮށް އެތަނުގެ ކުލި އިއުލާނެއް ނުކުރެއެވެ. ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ވިނަރެސްގައި ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ. ވިނަރެސް ގައި 1344 ފްލެޓް ހުންނާނެއެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސައިމަން

    ޢެޗްޑީސީގަ 14 އަހަރުވެފަތިބި މުވައްޒަފުން އެބަތިބި އާއިލާ ގޮވައިގެން ނުލާހިކު ދަތިހާލުގަ އުޅޭ އެޗްޑީސީ މުވައްޒަފުންނަށް ބޯހިޔާވހިކަން ލިބޭނެ ކަމަށް އެޗްޑީސީ ވަޒީފާ ބަޔާނުގަ އޮވޭ އެޗްޑީސީ މުވައްޒަފުންނަކިވެސް ހަމަ އިންސާނުން އާންމުރައީތުން އެޗްޑީސީ މުވަށްޒަފުންނަށްވެސް ފުލެޓުދެނީ ހިކެޔަކުނޫން ހަމަ ލާރި ދީގެންގަންނަން އެޗްޑީސީ ބިމުގަ އެޗްޑީސީ މުވައްޒަފުން ތިބީ ނިކަމެތި ހާލުގަ ބޯހިޔާވަހި ކަމެތް ނުލިބި އެކަމަކު ސަރުކާރު އެހެން ކުންފުނި ތަކުގެ މުވައްޒަފުންނަށް އެޗްޑީސީ މުވައްޒުފުން ބުރަމަސަތްކަތުން ތަޜަށްގީ ކުރާ ބިމުން ލިބޭ ކޮންމެ ސަރުކާރަކުންވެސް އެޗްޑީސީ މުވައް ޒަފުންނަށް ބޯހިޔާވަހި ކަމެތް ލިބުނަނުދޭ މީ ހިތާމަ ހުރި ކަމެތް ވައުދުތަަށް ވާތަނަކަށް އެޗްޑީސީ ހަދަނީ މުވައްޒަފުން ދަނީ ދުވަހެތް ދުވަހަކަށް ބިކާރީވަމުން

    12
    12
    • ރަހޫ

      ފުރަތަމައީ އެއީ އެޗްޑީސީގެ ބިމެއްނޫން. ދެވަނައީ އެޗްޑީސީއަކީ އެތަނުގެ މުވައްޒަފުންގެ މިލްކިއްޔާތެއް ނޫން. ދެން ބުނަނަން އޮތީ އެއްވެސް މީހަކު ހިލޭސާބަހަށް ނޫން އެޗްޑީސީ ގެ ވަޒީފާގަ އުޅެނީ. އަދި އެތަން ތަރައްގީކުރަން ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރަނީ އެޗްޑީސީ އެކަންޏެއް ނޫން.

  2. ވިސްނާށޭގައުމު

    މާލޭމީހުންނޭ ބުނުމަށްވުރެ މާލޭގަ އިންވެސްޓްކޮށްގެންތިބި މުސްސަދިންނަށޭ ބުނިއްޔާ މާތާހިރުވާނެ. މާލޭގައުޅޭ ނިކަމެތި މާލެމީހާއަށްކުރާ އަސްލަންޓެމެން ކުރާ މަލާމާތެއްތީ!

    38
    2
  3. ހަމައަހާލީ

    ބާކީ އެއްޗެއް އެބަހުރިތަ؟

    22
  4. ޢަލީސާ

    ޢެޗްޑީސީ މުވައްޒަފުން ބިކާރީކޮށް ބޯހިޔާވަހިކަމުން މަހުރޫމު ކުރަން މިސަރުކާރުން ކުރާކަންކަންތީ އެންމެފަހުން މުވައްޒަފުންނަށް ފުލެޓު ވިއްކިފަހުން 14 ވަރަކަށް އަހަރުވަނީ މުވައްޒަފުންނަށް ބޯހިޔާވަހި ކަމެތް ނުލިބޭތާ މުވައްޒަފުންނަށްވެސް ހަމަ އެހެން މީހުންނަށް ވިއްކާއުސޫކުން ވިއްކަނީ އެކަމަކު އެހެންވެސް ލިބުނަ ނުދެން ސަރުކާރުން ގަސްތުގަ ހުރަސް އަޅަނީ

    10
    5
  5. ގޮރުމޯދީ

    ފުލެޓްތައް ނިންމޭނީ 2023 ގަ ކަމަށް ބުނެވޭ

    15
  6. ހެހެ

    👏👏👏

    4
    1
  7. ދޮންހަސަނު

    ޢެހެންވީމާ ދެން ވޯޓް ހޯދަންވެސް މާލޭ މީހުން ގާތަށް ދާން ވާނީ .

    6
    3
  8. ނެފްރޯޒާ

    މާލޭ މިހުންގެ ލާރިން މާލޭގައި ތި ތަންތަންހުރީ؟ ހުޅުމާލެއަކީ މާލެއެއްނޫން. ތިހެން ވަކިބަޔަކށް ނުވިއްކޭނެ. ކޯޓައް މައްސަލަވައްދާނަން.

    8
    7
  9. މުގުރާން

    ވޯޓުލާނެ ގިމަމީހުން ތިބޭނީ ރާއްޖެތެރޭގަ؟؟؟ ދެން ޅޮސް އުނދޯޔަށް އަރާނީ އެކޮޅުކޮޅުން!!!

    5
    4
  10. ޢިޔާބު

    މި ސަރުކާރު މަގުމަތިންވެސް ވައްޓާލަންވީ

    8
    5
  11. މާލޭ މީހާ

    ރާއްޖެތެރޭ މީހުން ދައްކާ ޓެކްސްއަކީ ހަމަ އެކަނި ޖީ އެސް ޓީ. އެއީ މާލޭ މީހުންވެސް ދައްކާ ޓެކްސް އެއް. އޭގެ އިތުރުން މާލޭގެ މަގުމަތީގަ ސްޓިކާ ޖަހާ ، މާލޭގަ އުޅޭ އިރުގަ ރާއްޖެތެރޭ މީހާ ސްޓިކާ ތަކުގެ ލާރި ދެއްކީމަ ޓެކްސް ރާއްޖެތެރޭ މީހާ ދެއްކީ އެއް ނޫން. ރާއްޖެތެރޭ މީހުން ދެއްކި ޓެކްސް އަކުން ހުޅުމާލެ ހިއްކީ އޭ ކިޔާ އިރުގަ ޓެކްސް ނަގަންފެށީ ހުޅުމާލެ ހިއްކާ ނިމުނު ފަހުން. ޑިސްކްރިމިނޭޝަން ކިޔާ ޤާނޫނުގަ ބާރު ލިބޭ ރައްޔިތުންނަކީ ހަމަ އެކަނި ރާއްޖެތެރޭ މީހުނެއްނޫން.

    8
    6
    • ،މީން

      ކަލޭ ހާދަ މޮޅޭ.. ތި އޮންނަނީ 70 އަހަރުތަކުގެ ވިސްނުން

      2
      3
  12. ސަމްކުޅިބޭ

    މަހުކުލި 17000 ރުފިޔާ ދައްކަން ޖެހެނީ ޑައުންޕޭމަންޓަށް 3ލައްކަ60ހާސް ރުފިޔާ ދެއްކީމާ. ރަނގަޅަށް ކަންކަން ސާފުކޮށްފައި ނޫނީ ނޫސްވެރިން ނުލިޔެބަލަ.

  13. މޯދީ

    ތިތަނެއް ވިއްކަން އުޅޭތާ މިހާރު ކިހާ ދުވަހެއް؟ 5 އަހަރުވަނީ ތިތަން ވިއްކަން ފާޑުފާޑަށް ޚަބަރުތައް ލިޔާތާ. ތަނުގެ ސައިޒާ އަޅާބަލާއިރު އަގުދައްކަންޖެހޭ ގޮތް ވަރަށް އުނދަގޫ. އެއްފަހަރާ ވަރަށް ބޮޑު ޢަދަދެއް ދައްކަންޖެހޭ. އެހެންވެ ތިއުޅެނީ ނުވިކިގެން.

  14. އަސްލަމް

    މާލެ ކައިރިން އަންނަ ކޮންމެ ބޯހިޔާވަހިކަމަކީ މާލެ މީހުނަށް އަންނަ ބޯހިޔާވަހިކަމެއްތަ މިމީހުންގެ ހަޔާތެއްވެސްނެއްދޯ؟؟؟؟؟؟؟ ކޮންމެ އަހަރަކު ބަޖެޓް ހުށައަޅާއިރު
    މާލޭމީހުންނަށްބޯހިޔާވަހިކަމަށްނަގާލޯނޭކިޔާފަކަ އިދޭތަ؟؟؟؟؟؟؟ ބަޖެޓް ގެ ދަރަނި ދައްކާއިރު ދުވަހަކުވެސް މާލެ ނައިސް ރައްޖެ ތެރޭގަ އުޅެ މުސްކުޅި ވެދާއިރުވެސް މަށައްއޮންނަނީ ސަރުކާރުން ނެގި ބޯހިޔާވަހިކަމުގެ ލޯނަށްދަރާފައެވެ އެބޯހިޔާވަހިކަމުން މަށައްލިބުނު ހިޔާވަހިކަމެއްނެތެވެ. ތި ބޯހިޔާވަހިކަމާއި ވާހަކަދައްކާލަންކެރޭ މަޖިލިސް މެމްބަރަކުވެސް ރާއްޖެތެރޭން ހޮވިފަކާހުރިހެންހީވޭތަ؟؟ ކެމްޕޭން ދުވަސްވަރު އަޑަށްބާރުލައިފަ ބުނާނެ އެންމެން ހަމަހަމަ ކުރަނަމޭ ގޮނޑި ލިބޭއިރަށް ހަދާންނެތޭބަލިޖެހޭ ؟ މާލޭ މީހުނަށް މާލޭ ގެ ބަޖެޓުން ބޯހިޔާވަހިކަންހޯދާ؟؟ ދައުލަތުގެ ބަޖެޓުން އެންމެނަށް ހަމަހަމަކުރޭ

    1
    1
    • އަމަން

      ހިޔާ ފްލެޓް ބަލާލަބަލަ ގިނައީ ރާއްޖެތެރޭ މީހުން.. ރާއްޖެތެރޭ މީހުންނަށްތަ ހުރިހާ މޮޅެއް.. ރަށުންވެސް މިމީހުނަށް މާލޭންވެސް މިމީހުނަށް ކިހާ ދެރަކަމެއްތަ މީ..އަމިއްލަ އެދުމަށްވުރެން އަނެކާގެ އެދުމަށްވެސް ވިސްނަބަލަ

      2
      1
  15. Anonymous

    މާލެ ރާއްޖެތެރެ ތަފާތުކުރާ އަނިޔާވެރި އިދިރި ޅޮސް ސަރުކާރު ވަގުތުން އިސްތިއުފާދީފަ ގެއައްދޭ

    3
    1
  16. ާަާއަހަރެން

    މާލޭގަ ކުލި ކޮންޓުރޯލް ވެދާނެތީ ހިންގާަ ޖަރީމާ

    1
    1