ޅ. މަޑިވަރުގައި ތަރައްގީކޮށް ނިންމި އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފިއެވެ.

އެ އެއާޕޯޓަށް ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވަޑައިގެންނެވިއެވެ.

އެ ބޭފުޅުންނަށް މަޑިވަރުން މަރުހަބާ ދެންނެވީ ޗަމްޕާ ބްރަދާސްގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)އެވެ.

މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކޮށްފައި ވަނީ 29 މެއި 2018 ގައެވެ.

ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުއެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. މަޑިވަރުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.

މި އެއާޕޯޓް ހިންގުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ޓީއެމްއޭ އާއިވެސް މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި އެއާޕޯޓް ހަވާލު ކުރާނީ ކޮން ކުންފުންޏަކާއިކަން އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވެސް ކުރި ކުންފުންޏެކެވެ.

މިއީ ޅ. އަތޮޅުގައި ގާއިމު ކުރި ފުރަތަމަ އަދި މި ވެރިކަމުގައި އެޅި ދެ ވަނަ އެއާޕޯޓެވެ. މީގެކުރިން ހއ. ހޯރަފުށީގައި ވެސް ވަނީ އެއާޕޯޓެއް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    " މަޑިވަރު އެއާޕޯޓުގެ މަސައްކަތް 2018 ވަނަ އަހަރު ހަވާލުކުރުމާއެކު އެއިރުގެ އިދިކޮޅު އިއްތިހާދުންވަނީ އެއާޕޯޓު އެޅިޔަނުދިނުމަށް ވަރުގަދަ ކެމްޕޭނެއް "ސޭވް މަޑިވަރު"ގެ ނަމުގައި ފަށާފައެވެ. އެ ކެމްޕޭނުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. " އެކަމް ހަމަ ލަދުގެ ކަންފުޅެއްވެސް ނެތްދޯ މިތަން ހުޅުވަން ދާން ގޮތެއް ފޮތެއް ނެތް ރައީސް. # އިންޑިއާ އައުޓް #

    18
    • ޙައްގުބަސް

      ހުންނަ ލަދު ކުޑަކަމުން އެއަރޕޯޓް ހުޅުވަން އަދި މިސަރުކާރުގެ ވެރިންތައް އެބަދެއެއްނު! ޔާމީންގެ ސަރުކާރުން ކުރަން އުޅުނު މިކަހަލަ އެތައް މަޝްރޫޢަކަށް އޭރު އިދިކޮޅުގަ ތިބެގެން އިންޑިޔާއާ ގުޅިގެން މިސަރުކާރު އިސްވެރިން ހުރަސްއަޅާފައިވޭ!! އޭގެތެރޭ ފ.އަތޮޅުގައި ސައުދީ އަރަބިއްޔާއިން ފަށަން އުޅުން 6 ބިލިޔަން ޑޮލަރުގެ މަޝްރޫއާ އައިހެވަން މަޝްރޫޢު ހިމެނޭ!! ސައުދީން ފަށަން އުޅުނު މަޝްރޫޢަށް އޭރު އެމްޑީޕީން ހުރަސްއަޅާ ސައުދީ ވަލީއަޙުދާ އަދި ސައުދީގެ އެންބަސީއަށް ޓެގްކޮށް އެމްޑީޕީން އެއްޗެހި ގޮވާފަ ކުރި ނޭދެވޭ އެތައް ޓުވީޓްތަކުން އެކަމަށް ހުރަސް އެޅީ!! މިވަރުގެ ބަޔަކު މިއުޅެނީ އިންޑިޔާއާ އީސީ ޝަރީފާ ގުޅިގެން ވޯޓުންވެސް ވައްކަންކޮށްގެން ވެރިކަމަށް އައިސް!! ރައްޔިތުން ވިސްނަންޖެހޭ މިހިރަކަންތައްތަކާ ދޭތެރޭ!!

      • މައިޓީ

        ފ އަތޮޅުވިއްކާލަން އުޅުންވާހަކަ އެއީހަމަ ތެދެއްދޯ ކައްޕި އަތައްގޮވިއްޔޭ ކިޔާފަ ލަވައެއް ކިޔާއަޑުއިވޭ

  2. ބުރާންތިބޭ

    (ވެރިކަމުގައި އެޅި ދެ ވަނަ އެއާޕޯޓެވެ.) ސާބަހޭ ބޯހަލާކު! މިކަމަކާ މިވެރިކަމަކުން ހަވާލުވާނެކަމެއްނެތް މީ އެއްމެއްނަށް އިނގޭބޮޑު ސިއްރެއް.

    12
  3. ޢަލީ

    ތިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާރުގެ ސަރުކާރުން ބައިވެރިވުމަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުން، އެއީ އެ އެއާޕޯޓް އަޅަން ނިންމި ހިސާބުން ފަޔަށް ހިނިއަރައިގެން މަޑިވަރު ސޭފޭ ކިޔައި ހަޅޭއްލަވާ ހެދިމީހުންނަށްވާތީ، ރަނގަޅި ރަަސްމީކޮށް ނުހުޅުވާ ޚިދުމަތްދިނުން.