ރާއްޖޭގައި "ހޯމް ސްޓޭ" ޓޫރިޒަމް ރަސްމީކޮށް ފަށާ ރަށަކީ މ. ދިއްގަރެވެ. ބިން ފުރިފައިވާ މި ރަށުގައި ފަތުރުވެރިކަން ފެށިދާނެ ކަމަށް އެއްވެސް އުއްމީދެއް ނެތި ތިއްބާ މިރަށް އެހާ ހާއްސަ ވެއްޖެއެވެ. މިރަށުގައި މާދަމާ ހޯމް ސްޓޭ ޓޫރިޒަމް ފަށަނީ ހަތަރު ކޮޓަރިއާއި އެކުގައެވެ. ކޮޓަރިތައް ހުރީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓޭންޑާޑްއަށް ފައްތާފައެވެ. އަދި އުސޫލުގެ ތެރެެއިން ހުރިހާ ކަމެއް ކުރިއަށްގެންދަން އެރަށު ކައުންސިލުންވެސް ވަނީ ނިންމާފައެވެ.

މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިއްގަރުން ދިމާވި ތަފާތު ކަމެއްގެ ވާހަކަ ހިއްސާކޮށްފައި ވަނީ އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައްސަދު ރިޒާއެވެ.

އައްސަދު ފާހަގަކުރެއްވީ އެ ރަށް މިކަަމަށް ތައްޔާރުވެފައިވާ ވާހަކައެވެ. އެ މީހުންނަށް އެރަށުން ދިން މެހްމާންް ދާރީގެ ވާހަކައެެވެ.

އައްސަދު އެ ދުވަހު ވިދާޅުވީ، ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ފަށަން ޖެހުނު ސަބަބު އޭނާ ތަޖުރިބާއާއެކު ހިއްސާކުރަން ބޭނުންވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ލޯކަލައިޒޭޝަން އެންޑް ޑައިވާސް ޕްރޮޖެކްޓްގެ ތެރެއިން ޓީމެއް މިހާރު 60 ވަރަކަށް ރަށަށް ޒިޔާރަތް ކުރެވުނުއިރު، އެ ރަށުގެ ކައުންސިލާއެކު އިންޑަސްޓްރީގައި ފަރާތްތަކާއި، އަންހެނުންގެ ކޮމެޓީގެ މެންބަރުންނާއިވެސް ވާހަަކަދެކެވުނު ކަމަށް އައްސަދު ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓޫރިޒަމްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީީގެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައްސަދު ރިޒާ- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެން ދިއްގަރަށް ދިޔައިރު ލިބުނު ސަޕްރައިޒްއަކީ، އެރަށަށް އަޅުގަނޑުމެން އެރައިވްވީމަ ރިސޯޓަކަށް އަޅުގަނޑުމެންނަށް އެރައިވްވީމަ އެ ލިބޭ ވެލްކަމިންގް އެތަނުން ލިބުނު". ޓޫރިޒަމް ދާއިރާގައި އުޅޭ މީހުން އެރަށުގައި އުޅޭތީ އެކަން އޮންނަން ޖެހޭނެ ގޮތަކީ މިއީކަން އެ ފަރާތްތަކަށް އެނގޭ ކަން ފާހަގަކުރައްވާ އައްސަދު ވިދާޅުވިއެވެ.

އެރަށަކީ މިހާރު ގެސްޓް ހައުސް ނެތް އަދި ފަތުރުވެރިންވެސް ނެތް ރަށެކެވެ. އެކަމަކު މާދަމާ އެކަން ބަދަލު ވާނެއެވެ. އެރަށަަށް މާދަމާ ފަތުރުވެރިން އަންނާނެއެވެ.

"އަޅުގަނޑުމެން އެރަށަށް އެރިއިރު ވެލްކަމް ކިޔަން ބޮޑުބެރާއެއްކޮށް މީހުން ތިބި، އަޅުގަނޑުމެންގެ ޓީމާއި ހަވާލުވި އެރަށުން ބަޓްލަރުން، ކޮންމެ މީހަކާއި ހަވާލުވެގެން ގޮސް އެ މީހަކު ހުންނަ ގޭގެ ކޮޓަރިއަށް ލައިދިން، ކޮޓަރިއަށް އައިއިރު ލަގެޖް އައިސްފައި ހުރި، ލަގެޖްގައި އެ މީހެއްގެ ނަން ޖަހާ ޓެގް އަޅުވާފައި ހުރި، މި ދައްކަނީ ރާއްޖޭގެ އަތޮޅެއްގެ ރަށެއްގެ ވާހަކަ، ފަތުރުވެރިން ނެތް ރަށެއްގައި، އެނދުމަތީ އޮތް ނޯޓެއް، ރަށުގެ ޖެނެރަލް މެނޭޖަރު، ކައުންސިލް ރައީސްގެ ވެލްކަމިންގް ނޯޓެއް، އަޅުގަނޑުމެން ތައްޔާރުވެގެން ހުއްޓާ ބަޓްލާ އައިސް ހުރި އަޅުގަނޑުމެން ޑިނާއަކަށް ގެންދަން". އެރަށުން ލިބުނު މެހްމާންދާރީ ފާހަގަކުރައްވަމުން އައްސަދު ވިދާޅުވިއެވެ.

މ. އަތޮޅު ދިއްގަރަށް މިނިސްޓަރ މައުސުމާއި މިނިސްޓްރީ ބޭފުޅުން ކުރިން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޒިޔާން އަހްމަދު

މާދަމާ ފަތުރުވެރިން އަންނަނާ، ފަހުގެ ތައްޔާރީތައް ވަނީ!

"ވަގުތު"އާ ވާހަކަދައްކަމުން ދިއްގަރު ކައުންސިލް ރައީސް އަހްމަދު ނިޝާން ވިދާޅުވީ، މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އަދި މާދަމާ ދޯނި މަތީގެ ހަރަކާތެއް ކުރިއަށް ގެންދިއުންވެސް އެބަ އޮތް ކަމަށް ވިދާޅުވިއެވެ. އެ ތައްޔާރީތައް ވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށު ތެރޭގައި ކުރިއަށްގެންދާ އިވެންޓްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި ކަންކަން ކުރިއަށްދޭ ހަމަ".

މާދަމާ އެރަށު ދެ ގެއަކުން ހަތަރު ކޮޓަރި ފަތުރުވެރިކަމަށް ދޫކޮށްލަން ނިންމާފައި ވެއެވެ.

އޭނާ ވިދާޅުވީ، އެރަށަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ވޯޓާ ސެލިއުޓް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މ. އަތޮޅު ދިއްގަރަށް މިނިސްޓަރ މައުސުމާއި މިނިސްޓްރީ ބޭފުޅުން ކުރިން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޒިޔާން އަހްމަދު

އެންމެ ފުރަތަމަ ރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފޫޓް ޕްރިންޓެއް!

ނިޝާން ވިދާޅުވީ، އެރަށަަށް އެންމެ ފުރަތަމަ އަންނަ ފަތުރުވެރިންގެ ފޫޓް ޕްރިންޓެއް ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެއީ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ މިރަށުގެ މޮނިއުމެންޓް ހެދިގެން ދާއިރު، އެ ފޫޓްޕްރިންޓް ބޭންދުމަށްޓަކައި ކުރެވޭ މަސައްކަތެއް އެއީ". ނިޝާން ވިދާޅުވިއެވެ.

އެރަށަށް މާދަމާ އަންނަނީ ކޮން ގައުމެއްގެ ފަތުރުވެރިންނެއް އަދި އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ޔޫއެންގެ ބޭފުޅަކު ދުރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ހޯމް ސްޓޭ ޓޫރިޒަމް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔާނީ ތަފާތުކޮށް!

ނިޝާން ވިދާޅުވީ، ފަތުރުވެރިންނަށް އެރަށުން މަރުހަބާ ކިޔާނީ ތަފާތުކޮށް ކަމަށެވެ. އެގޮތުން މާބޮޑީގެ ބަދަލުގައި އެރަށުން ލިބެން ހުންނަ ބައެއް ކަހަލަ ސާމާނު ބޭނުންކޮށްގެން އުފައްދާ ހާއްސަ އެއްޗެއް ދޭ ގޮތަށް ވަނީ ނިންމާފައެވެ.

"ދެން އެބޭފުޅުން ރަށަށް ދުރުވާއިރު، އެއިން ކޮންމެ ބޭފުޅަކާއި ހަވާލުވެގެން، ބަޓްލާއެއް ހުންނާނެ، ދެން އެބޭފުޅުން ކޮޓަރިއަށް ގެންގޮސްދޭނެ، ދެން އިތުރަށް ކޮޓަރިއަށް ދާއިރު، ލެޓާއެއް ކޮޓަރީގައި އޮންނާނެ، އެއީ އިތުރަށް ބޭނުންވާ ކަންތައްތަކައި ބެހޭ ގޮތުން، ދެން އޭގެ އިތުރުން، ކޮންމެ ރޫމެއްގައި މޯބައިލް ފޯނެއްވެސް ބަހައްޓާނެ". އޭނާ ވިދާޅުވިއެވެ.

އެރަށުގައި އިތުރު ކޮޓަރިތައްވެސް ހޯމް ސްޓޭ ފަތުރުވެރިކަމަށް ބޭނުން ކުރުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.

މ. އަތޮޅު ދިއްގަރަށް މިނިސްޓަރ މައުސުމާއި މިނިސްޓްރީ ބޭފުޅުން ކުރިން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޒިޔާން އަހްމަދު

"އަޅުގަނޑުމެން އަންދާޒާ އެބަ ކުރަން ރަނގަޅު އެމައުންޓެއް ފުރަތަމަ މަސް ތެރޭގައި ލިބިގެންދާނެ ކަމަށް، ސީދާ އަންދާޒާކޮށްފައި ވަކި އަދަދެއް ދަންނަވަން ދަތި". އޭނާ ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓޫރިޒަމް ގަވާއިދުގައިވާ މުހިންމު ކަންކަން!

ޓޫރިޒަމް މިނިސްޓްރީން ރޭ އާއްމު ކުރި އުސޫލުގައި ވަނީ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް، ފަތުރުވެރީން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާހާނާއެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ފަތުރުވެރީންނަށް ހާއްސަކޮށްފައިވާ
ކޮޓަރިއެއްގައި ނިދުމަށް ދެ އެނދު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިތުރު އެނދު ބެހެއްޓުމަށް ހުރަސް ނާޅާ ކަަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ތަނުގެ ކަންކަމާއި ޒިންމާވާނެ ފަރާތަކާ 24 ގަޑިއިރު ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި
ހުންނަންވާނެ ކަމަަށްވެސް ބަޔާންކޮށްފައި ވެއެވެ.

ހޯމްމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަންޖެހޭ މިންގަނޑުގެ ތެރޭގައި އެ ގެއެއްގެ ކޮޮމަން އޭރިއާއަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭގޮތަށް، މަދުވެގެން 120 އަކަފޫޓު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ކޮޓަރީގެ ދޮރުގައި، ރަނގަޅަށް ތަޅުލެވޭ، ތަޅުދަނޑިން ނުވަތަ އިލެކްޓްރޯނިކް އާލާތަކުން އޮޕަރޭޓްކުރާ ތަޅެއް ހަރުކޮށްފައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުވޭގޮތަށް ކުޑަދޮރެއް
ނުވަތަ ފެން ލައިޓެއް ހުންނަންވާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ. އަދި ރޫމްގައި ސޭފް ބޮކްސްއެއް ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ދިއްގަރަކީ 1430 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޔަގީނޭ

    ޕައުންޑޭ މިހާތަނަށް ކުރާ ކަންކަން ހުރީ އަތަށް ގޮވާފައޭ ބަލަންތިބޭތި ތިޔާ ހޯމް ސްޓޭ ޓޫރިޒަމް ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ފުނޑިގެންދާ ތަން ރާއްޖެތެރޭ މީހުން ދިރިއުޅޭ ގެތަކުގައި ގެސްޓުން ތިބޭ ގޮތަށް ހަދައިފިނަމަ ދެން ރާއްޖެ އަށް ޑްރަގް ނެޓްވާރކް ތައް އޮއްސާލާނެ ކަން އެއީ ޔަގީން ކަމެކޭ އިންޑިއާ ގައި ތިބި ޑްރަގް ކާރޓެލްސް އިން ރާއްޖެތެރޭ މީހުން ދިރިއުޅޭ ގެތަކުގައި ގެސްޓް ރޫމް ހަދައިގެން ތިބެ ޑްރަގް ވިއްކާނަގާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާނެ ކަމެކޭ...

    • ޙ

      ހޯމް ސްޓޭ އާ ދެކޮޅު...

  2. ޖައްސާތި

    އާއަހަރަށް މާލެ ސަރަހައްދުގައި ތިބި ގައުމު ދެކެ ލޯބިވާ ބޭފުޅުން ދަނެގަންނަންވީ އެއީ މިރާއްޖޭގެ މަޖްލީހަކީ އެއީ ވައްކަން ކުރާ ގޭންގެއް ކަމަށޭ އެމެން ކަމަކީ އެއީ އިންޑިއާ ބޭންކުން ކަޓް ނަގައިގެން ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލުމޭ ކަންމިހެން ހުރުމުން ރައްޔިތުންގެ މަޖްލީހުން ރައްޔިތުން އެމައްޗަށް އަމަލު ކުރަން ޖެހޭނެ އަދި ރައްޔިތުން އަތުން ގިނަ އަދަދެއްގެ ފައިސާބޭކާރު ގޮތުގައި ހޭދަކުރަން ޖެހޭ ޕްލާސްޓިކް މަނާކުރުމާއި ގުޅޭ ގާނޫނަށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ މަޖްލީހުގެ މެމްބަރުންނާއި ޕައުންޑޭ މެން ފަދަ ކޮރަޕްޓް އާލާތުންނާއި ގުޅިގެން އެމެން ވަނީ ރާއްޖެ ލޫޓުވާލާ ފައޭ ޑޮލަރެއް ވެސް ލިބެނީ އެއް ނޫނޭ...

  3. ކާލާނީ

    ދެން ދޮންކުދިން ގިނަވޭ! ހިއްވަރުކުރާތި އަދިކިރިޔާ ދުނިޔެ މިފެންނަނީ މާދަމާ ވާނެ ހައްކަ ބާ އާއި ވިއްސަކަށް މަސާޖް ޕާލާވެސް ހުޅުވަން ފަތުރުވެރިން ވަރަށް އުފާވާނެ..

  4. މ ޢަބްދުﷲ

    ހޯމް ސްޓޭ ޓޫރިޒަމް: ދިއްގަރަށް ފަތުރުވެރިން އަންނާތީ ތައްޔާރަށް، ތަފާތު ދައްކާނެ!

    2 މިނެޓް ކުރިން ( ޑިސެމްބަރު 31, 2021 )

    ސާބަހޭ އަމިއްލަ އަތުން އަމިއްލަަދަރިންގެ މުސްތަޤްބަލަށް ވިލާ މަރާ ! ޑޮލަރ ލިބެންޏާ

    ވަރިހަމަ. ހިނިތުންވަމުން ގިސްލާރޮމުން ޙަލާލު ރިޒްގަށް ގޮންޖަހަމުން ތިމާކުރިމަތީ ދަރިފުޅު

    ގެ ބަރަހަނާ ބަލަން ތައްޔާރުވޭ ! ހެމުންނަށަމުން އަތަޖަހަމުން ، އަބާއްޖަވެރި ކަމަށް

    މަރުޙަބާކިޔަމުން ގިސްލާރުއިމަށް ތައްޔާރުވޭ. ވަރަށް ވެދުން.

    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #

  5. ސޯލާހް

    ދެން ރިހާކުރު ހެދުން ހުއްޓާނުލާތި އަނެއްކާ..

  6. 😳😳😳

    ގައުމު ހަލާކުކުރނީ ފއިސާއަށް

  7. އިބްރާހިމް

    ކާބަފައިން ދެމެހެއްޓި ޤައުމިއްޔަތު ދިއްގަރުންވެސް ދޫކޮށްލަނީ ވަގުތީ ޑޮލަރުކޮޅަކަށްޓަކައި.

  8. ޙ

    ކޮން ހޯމް ސްޓޭއެއް... ޓޫޜީސްޓުންނަށް އަންނިގެ ދީބަލަ

  9. ތެދު

    ރައްޔިތުންނޭ ތީއުފާވެރިކަމެއްނޫ ބޮޑުފާހިޝް ކަަމަކައް ތިދޮރުހުޅުވާލީ ލާދީނީ އެޖެންޑާ..؟!
    މާފުށީ ކައުންސިލުން މިހާރު އެތިބީ ގޮތްހުސްވެފަ ފާހިޝްކަންކަމާހުރެ..؟! އެޖިންސުން ގުޅުންހިންގާބަޔަކު ގޭތެރެއަށްވެއްދީމަ ދެން......؟! ވައިޔާޒްބިﷲ.

  10. އައުޓް

    ޕައުންޑޭ ތިގޮތަށް ގޮސް އައްޑޫ މީހުންނަށް ޕައުންޑް ވެސް ހޯދާ ދިނޭ ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް