ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެން ގަޔާވާއަތަރް ބްރޭންޑްކަމަށްވާ އޫދް އަލް ސަބާޔާއިން ލުއިސް ވުޓޯން ބްރޭންޑްގެ އަންހެނުންނަށް ހާއްސަ އެންމެ ފަހުގެ އަތަރް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އަބަދުވެސް ދުނިޔޭގައި މަޝްހޫރު އަދި ލަގްޒަރީ އެތައް ބްރޭންޑެއްގެ ފަހުގެ އަތަރާއި ޕާފިއުމް ތައާރަފް ކުރުމުގައި އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ އޫދް އަލް ސަބާޔާއިން އިއްޔެ ނެރުނީ އެޓޮއިލޭ ފިލާންޓޭ ބައި ލުއިސް ވިޓާންއެވެ.

މިއީ ވަރަށްވެސް މީރުވަސް ދުވަ ގިނައިރު ވަސް ހުންނަ އަތަރެކެވެ.

އޫދް އަލް ސަބަޔާގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، ލުއިސް ވުޓޯންގެ 2021ގެ މި އަންހެން އަތަރް އިއްޔެ ނެރުނުއިރު، މިހާރުވެސް ގިނަބައެއްގެ ތަރުހީބު މި އަތަރަށް ލިބެމުން އަންނަ ކަމަށެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގައި އެންމެ ނަން ހިނގާ އަތަރް ބްރޭންޑެވެ. މި ބްރޭންޑްގެ އަތަރްތައް ރާއްޖޭގެ އެކި ހިސާބުތަކުން ލިބެން ހުންނައިރު، އަމިއްލަ ލޯޝަނާއި، ޕާފިއުމް އެއާ ފްރެޝްނާގެ އެކި ވައްތަރުތައް ދިވެހިންގެ ތެރޭގައި އާދަޔާ ހިލާފަށް މަޝްހޫރެވެ.

އޫދް އަލް ސަބާޔާއިން މާލެ ސަރަހައްދުގައި އެ ބްރޭންޑްގެ ނަމުގައި ދެ ފިހާރަ ހިންގައެވެ. އެއީ މާލެ މިރިޔަސް މަގުގައި ހުންނަ މައި ފިހާރަ އާއި ހުޅުމާލެ ނިރޮޅުމަގު ގޯޅި ދޭއްގައި ހުންނަ އައުޓްލެޓެވެ. މި ދެ އައުޓްލެޓުންވެސް އޫދް އަލް ސަބާޔާގެ އަމިއްލަ އުފެއްދުންތަކާއި މަޝްހޫރް ބްރޭންޑްތަކުގެ ފަހުގެ އަތަރާއި ޕާފިއުމް ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ.