ބްރިޖަކުން ދެ ރަށް ގުޅައިލުމަށް ފަހުގައި ކޮންރަޑް ރަންގަލި އައިލެންޑް ބޮޑުކޮށް އަންނަ މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރު ވެއްޖެއެވެ.

ކޮންރަޑް ރަންގަލި އައިލެންޑް ބޮޑުކުރުމުގެ ގޮތުން ޖެހިގެން އޮތް ފިނޮޅާ ގުޅާލާފައިވާއިރު، މި ދެ ރަށްވެސް ހިންގުމަށް ހަމަޖެހިފައިވަނީ އެއް ރިސޯޓެއްގެ ގޮތުގައެވެ. މިއީ ބުރިޖަކުން ދެރަށް ގުޅާލައިގެން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރާ ފުރަތަމަ ފަހަރެވެ.

ބުރިޖަކުން ދެރަށް ގުޅާލި ކޮންރަޑް ރަންގަލި އައިލެންޑް: ފޮޓޯ- ފޯބްސް

1600 ފޫޓުގެ ދިގު ބުރިޖަކުން މި ދެރަށް ގުޅާލާފައިވާއި ރު، މި ރިސޯޓުގައި މަލްޓި މިލިއަން ޑޮލަރުގެ ކަނޑު އަޑީގެ ޖިމެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ރިސޯޓުގައި 151 ވިލާ ހުންނާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭ މި ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރެންޓެއް ވެސް ތަރައްގީ ކުރި ރިސޯޓެވެ. ހަމައެހެންމެ އެންމެ ފުރަތަމަ އަންޑަ ވޯޓާ ރެސިޑެންސް ވެސް ގާއިމްކޮށްފައި ވަނީ މި ރިސޯޓުގައެވެ.

ފެބްރުއަރީ މަހު ހުޅުވުމަށް ތައްޔާރުވާ މި ރިސޯޓުގައި އަލަށް 50 ކަނޑު އަޑީގެ ރެސިޑެންސް ވެސް ގާއިމްކޮށްފައިވާއިރު ފެބްރުއަރީ މަހު ހުޅުވުމާ އެކު ޓޫރިސްޓުންނަށް މުޅިން ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް ރިސޯޓުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަބޭ

    2011ގަވެސް ތިޔަދެރައް އޮންނަނީ ފާލަމަކުން ގުޅާލާފަ

    17
    • ދޯ

      މިހާރު ބްރިޖާއި ފާލަން އޮޅެނީ .... މޫދު ކޮޓަރި ތަށް ވެސް ބްރިޖުން ގުޅެން ފެށީދޯ ... އޮޅުވާލުން ، މަކަރު

      17
  2. 18 އަހަރު ކިރިޔާ

    18 އަހަރުން މަތީގެ މީހުންގެ ރިސޯޓް ކޮންސެޕްޓް 2022

  3. މަހިބަދޫ މީހާ

    ރަންގަލި ފިނޮޅާ (ދުނީ ފިނޮޅު)ރަންގަށްޔާ 1998 ހިސާބުގަ ވެސް އޮންނަނީ ފާލަމަކުން ގުޅާލާފަ ތީމިހާރިކު ކުރިކަމެއް މޫން މިހާރުވެސް އެއޮތީ ފާލަމަކުން ގުޅާލާފަ.

    11
  4. Anonymous

    އެއީ މިސަރުކާރުގަ ހިންގި ބޮޑު ޕުރޮޖެކްޓެކޭ ބުނެލަބަލަ ، އެއޮތީ މިސަރުކާރުން އަޅާނެ ބުރިޖު އޮންނާނެ ގޮތަކީ.

    11
  5. Anonymous

    ހިލްޓަން ރަންގަލި ފުރަތަމަ ހުޅުވީޥެސް ތި ދެރައް ގުޅާފަ ވަގުތު މާފަހަތުގަ

  6. ނިޒާރުބެ

    1998 ކުން ފެށިގެން ބުރިޖުންގުޅާލާފަވާ ހިލްޓަންމޯލްޑިވްސް ގެ ނަމުގަ އެރަށް ހިންގަމުން އައިސް 2010ގަ ކޮންރަޑް މޯލްޑިވްސް އަށް ރީބްރޭންޑްކޮށް މިހާރުވެސް ހިންގަމުންދަނި މީ ހަނީމޫން އަދި އާއިލާތަކަށްވެސް އާދެވޭ ރިސޯޓެއް ކުރިން އަންޑަވޯޓަރ ރެސްޓޯރެންޓު މިހާރު އަންޑަވޯޓަރ ވިލާއެއްވެސްހުރޭ އަލަށް 50 ވޯޓަރވިލާ މަރާމާތުކޮށް ހުޅުވަންއުޅެނި މިހަބަރު ލިޔުންމީހަކާ މައުލޫމާތު ދިން މީހަކަށް ވަރަށް ސަލާމް

    7
    1
  7. މަރީނޯ

    ކިޔާ އަޑުއިވޭ ގއ- ދިގުރަށް ރިސޯޓާއި ފަޅަމާހުއްޓާ ރިސޯޓް ވެސް ވަނީ ވަރަށް ދިގު ބުރިޖަކުން ގުޅާލާފައޭ ، އެހެންވީމާ ފުރަތަމަ ބުރިޖަކުން ގުޅާލި ރަށައް ތިރަށް ނުވާނެއެއްނު ،،،