1.5 ބިލިއަން ރުފިޔާގެ ޓީބިލް ގަންނާނެ ފަރާތްތަކެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ. ޓީބިލް ގަންނަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ޓީބިލަކީ ކުރު މުއްދަތެއްގެ ތެރޭގައި އިންޓަރެސްޓާއިއެކު އަނބުރާ ދައްކާ ގޮތައް ސަރުކާރުން ނަގާ ދަރަންޏެކެވެ.

ފިނޭންސް މިނިސްޓްރީއިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނި ގޮތުގައި މި މަހުުގެ 13 ވަނަ ދުވަހު ހަތަރު މުއްދަތެއްގެ ޓީބިލް ވިއްކުމަށް ވަނީ ނިންމާފައެވެ. އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް އިތުރު ވާނެއެވެ.

ޓީބިލްގެ އަދަދާއި އިންޓަރެސްޓް ރޭޓްތައް

1- 674 މިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓުގައި 28 ދުވަހުން (14 މާޗް 2022ގައި) ފައިސާ ދައްކަން ޖެހޭ
2- 188 މިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓްގައި 98 ދުވަހުން (23 މޭ 2022ގައި) ފައިސާ ދައްކަން ޖެހޭ
3- 205 މިލިއަން ރުފިޔާގެ ޓީބިލް: %4،23 އިންޓަރެސްޓްގައި 182 ދުވަސް (15 އޮގަސްޓް 2022ގައި) ފައިސާ ދައްކަން ޖެހޭ
4- 466.3 މިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓްގައ ި364 ދުވަސް (13 ފެބުރުއަރ ީ2023ގައި) ފައިސާ ދައްކަން ޖެހޭ

ޓީބިލްތައް ގަންނަ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ފައިސާ ދައްކަން ޖެހެ އެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުގައި ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ހަރަދުތައް ހަމަޖެއްސުމަށް މިއަހަރު އަހަރު 13 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގަން ޖެހެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ދަރަނި ފޫބެއްދުމަށް ރާއްޖޭގެ އެކި ފަރާތްތަކުން ދަރަންޏަށް 5.9 ބިލިއަން ރުފިޔާ އަދި ބޭރުގެ ފަރާތްތަކުން 7.5 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ޓީބިލްގެގޮތުގައި ދިވެހިންގެ ފިރިން އަނބިން ދަރިން ވިއްކާފަނޫނީ ހުއްޓާނުލައްޗޭ!

  2. އިއްބެ

    ތިވަރުން ކިހިނެއްތަ ސަރުކާރުހިންގަނީ 100 ދަރަނި އަރަނީ ތަކެތީގެއަގު އޮބިނޯންނަވަރައް އެބައަރާ އަދިވެސް މިދަެްކަނީ މުސާރަޔާ އިނާޔައްތަކާ ބޮޑުކުރާވާހަކައާ މެގަޕުރެޖެކުޓުގެވާހަކަ ދައުލަތައް އާމްދަނީލިބޭކަމެއްނުކުރެވޭ ދެންފާބަންވީއެއްނު ބަނގުރޫޓުއިއުލާނުކުރޭ މިހާރުމިއޮތީ ބަނގުރޫޓުވެފަ

  3. ހުސޭނުބޭ

    ސަރުކާރުވެސް ވިއްކާލަ

  4. ދަރަނި ދަންތުރަ

    ދަވާލާ ދަވާލާ މި ކަލޭމެނަން ލިބުނުފަހު ފުރުސަތު ފަސްމާމުލު ފަސްވަގުން ގައުމުދަވާލާ ދިވެހިން ދަރަނިވެރިކޮށްފި