ބާޒާރުން ލުނބޯ ލިބުން އިންތިހާ އަށް ދަތިވެ އަގު އިންތިހާ އަށް އުފުލިފައި ވަނިކޮށް ވިއެޓްނާމުން ލުނބޯ ގެނެސްފިއެވެ.

ރާއްޖެ އަށް ލުނބޯ އާންމުކޮށް ގެންނަނީ ވިއެޓްނާމުންނެވެ. އެކަމަކު، ރޯދަ މަސް ފެށުނު އިރު، ލުނބޯ ގެނެވޭ ގޮތް ނުވުމަކީ ލުނބޯގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައިގެން ދިޔަ ސަބަބެކެވެ.

މީގެކުރިން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ ބުދަ ދުވަހު ވިއެޓްނާމުން ލުނބޯ ގެނައުމަށެވެ. ލުނބޯ ހިފައިގެން އައި ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ބަނދަރަށް ވަނީ ވަދެފައެވެ.

އެކަމަކު، ޖެހިގެން އައި ދެ ދުވަހަކީ ބަންދު ދުވަހަކަށްވާތީ އެ ނެރެވޭ ގޮތް ނުވީއެވެ.

ވިޔަފާރި ވެރިން ބުނާ ގޮތުގައި މިއަދު ވިއެޓްނާމް އިން ގެނައި ލުނބޯ މާރުކޭޓަށް ނެރުމުން ލުނބޯގެ އަގުތައް ވެއްޓޭނެއެވެ.

ވިއެޓްނާމުން ލުނބޯ ނުލިބުމުން ދެން ލުނބޯ ގެނައީ އިންޑިއާ އަދި ސްރީލަންކާ އިންނެވެ. ނަމަވެސް އެއާ ފްރައިޓްކޮށް މި ދެ ގައުމުން ލުނބޯ ގެންނަން ހަރަދު ބޮޑު ކަމަަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުގައި އިއްޔެ ލުނބޯ ކިލޯއެއް 140ރ. އިން މައްޗަށް އެރި ނަަމަވެސް މިއަދު އުޅެނީ ކިލޯއެއް 110ރ. އާއި 120ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

އިންޑިއާ އާއި ލަންކާ ލުނބޯގެ އިތުރުން ބަންގުލަދޭޝްގެ ދެ ތިން ވައްތަރެއްގެ ލުނބޯވެސް މާރުކޭޓުން މިހާރު ލިބެއެެވެ. ކިލޯއެއްގެ އަގު އުޅެނީ 110ރ. އާއި 150ރ. އާ ދޭތެރޭގެ އަގެއްގައެވެ. އެކަމަކު، ބަންގްލަދޭޝް ލުނބޯ ލިބެނީ ވަރަށް މަދުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޞީޓާ

    ކޮޗިން ފެރީ ފަރަށް.އެރީތަ

    25
  2. Anonymous

    ނުދޭނަމޭ ލުނބޮއެއް. ލުނބޮލޯ!

  3. ރބރ

    ޢަހަރެން ހީކުރީ ބޮޑުބޭބެ އަތުން ލުބޯނުލިބިއްޖެޔާ އަހަރެމެން ދެންތިބެން ޖެހޭނީ ލުބޯ ނުކާއިކަމަށް

  4. ވވ

    ފިޔަލާއި ހަނޑޫ ފުއް އަދި އެހެންވެސް ހުރިހާތަކެއްޗެއް ގެނެވިދާނެ އިންޑިޔާނޫން އެތައް ގައުމެއް ދުނިޔޭގަ އެބަތިބި. ލުނބޯ އަގުހެޔޮކުރަން ވިއެޓްނާމްއިން ގެނެވުމަކީ އެއީ މިކަމުގެ ހެކި. ވީމާ މިސަރުކާރުން އަދި ކިތަންމެ ހުއްޖަތެއް ދެއްކިޔަސް އަހަރެމެންނައް އިންޑިޔާއާއި ނުލާ އުޅެވެން އެބައޮތް.

  5. ކޮއްޗެ

    ކޮޗިން ފެރީ ޗޮކުން ދިޔައީ

  6. ދަންބެރު

    އިންޑިއާ އައުޓު ގޮވާތީ ލުނބޯވެސް އައުޓުވީތަ .،

  7. Anonymous

    ރޯދަމަސް ފެށުނު އިރު އައިސް ހުރި ލިބޯ ޕޯޓުން ކްލިއަަރ ނުކުރެވުން މިއީ ސަރުކާރުގެ ދޯހަޅިކަން.