ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕާމާކެޓް ޗެއިން ކަމަށްވާ "ރެޑްވޭވް" އިން ކުރިއަށް ގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2022" ޕްރޮމޯޝަންގެ 100،000ރ. ފައިސާގެ ނަސީބުވެރިއަކަށް އިސްމާއިލް މުހައްމަދު ހޮވިއްޖެއެވެ.

އަގުބޮޑެތި އިނާމްތަކާއެކު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވެ 12 ފިހާރައިގައި މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށެވެ.

އެގޮތުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުން ކުރި 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރިއެވެ. މިއަދު ރެޑްވޭވް މެގަމޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައެވެ.

ރެޑްވޭވް ރޯދަ ޕްެރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން ފަސް އިނާމް ހައްގުވާ ފަސް ކަސްޓަމަރެއް ވަނީ ހޮވާފައެވެ. އެއީ އިހްސާނާ އަހްމަދު (ޝާޕް އައިސް އަލަމާރި)، މުހައްމަދު އީމާން (ނުވަ ހާސް ބީޓީޔޫ އޭސީ)، މުސްތަފާ ރަޝީދު (މޮޑާން ސޯފާ)، އައިމިނަތު ރީމް (ހައިސެންސް އިލެކްޓްރިކް ހޮބް)، މުހައްމަދު ރިފާއު (މަލްޓިފަންކްޝަން ސްޕިން ބައިކް) އެވެ.

އޭގެ އިތުރުންވެސް 10،000ރ. ފައިސާގެ އިނާމް ހައްގުވާ 10 ފަރާތާއި ޕްރޮމޯޝަންގެ އެންމެ އަގުބޮޑު އިނާމް، 100،000ރ. ފައިސާގެ އިނާމް ލިބޭ ނަސީބުވެރިވެސް ވަނީ ހޮވާފައެވެ. އެގޮތުން އެއް ލައްކަ ރުފިޔާގެ ހައްގުވެރި ނަސީބުވެރިޔާއަކީ އިސްމާއިލް މުހައްމަދު އެވެ.

ރެޑްވޭވް ރޯދަ ޕްެރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

10،000ރގެ އިނާމް ލިބުނު 10 ފަރާތަކީ، މުހައްމަދު އަބްދުﷲ، އަލީ އަޒާން، އައިޝަތު ޔޫސުފް، ނަތާޝާ އަބްދުލް ރަހްމާން، ނާއިލް، އައިޝަތު ޔޫލީ ފަހުދު، އިހުސާން ނައީމް، އައިޝަތު ފަޒްނާ، މަރީމް، ސޯބިރާ އިސްމާއީލެވެ.

އެ އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއާކޮށް – ޓޮޕްފޭން ބެޖް ހޯދިފަރާތްތަކުން ތިން ނަސީބުވެރިން ހޮވާފައެވެ. އެގޮތުން އެއް ވަނައަށް ދިޔަ ފަރާތަކަށް 50 އިންޗި ހައިސެންސް ޓީވީއެއް ދީފައިވާއިރު، އެ އިނާމް ލިބިގެންގޮސްފައިވަނީ "މަރީ މަ ލާ" އަށެވެ. އޭގެ އިތުރުން ޓޮޕްފޭން ބެޖްގެ ދެވަނަ ހޯދި އިޒްމައިލް އަހްމަދުއަށް ގްލެން އެއަރ ޕިއުރިފަޔަރ 1 އެއް ދީފައިވާއިރު، ޓޮޕްފޭން ބެޖްގެ ތިން ވަނަ ހޯދި މަރިޔަމް އިނާޝާއަށް ދީފައި ވަނީ ގްލެން އެއަރ ޕިއުރިފަޔަރ 2 އެވެ.

ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވްގެ މީސް މީޑިއާ އެކައުންޓުތަކުން މިއަދު ލިބިގެންދާނެކަމުގައި ރެޑްވޭވްއިން ބުނެފައި ވެއެވެ.

ރެޑްވޭވް ރޯދަ ޕްެރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށް ކަމަށެެވެ.