މިއަހަރު މިހާތަނަށް ރާއްޖެއަށް އަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަަމަށް ޓޫރިޒަމް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖުލައި މަހުގެ ހަތް ވަަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 838،225 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރާއި އަދި އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު އިތުރު ވުމެކެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ކިޔާއިރު، ކުޑަ ދަށްވުމެކެވެ.

މި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 25،014 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެއަށް އަދިވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ އިންޑިއާއިންނެވެ. އިންޑިއާއިން މިހާތަނަށް 123،687 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުގެ އަދަދަކީ 98،621 އެވެ. އަދި އެ ލިސްޓްގެ ތިންވަނައިގައި އޮތް ރަޝިއާއިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 84،570 އައިސްފައި ވެއެވެ.

މިހާތަނަށް ރާއްޖޭގެ 170 ރިސޯޓެއް އޮޕަރޭޓް ކުރަމުންދާއިރު، 843 ގެސްޓްހައުސް އާއި ހޮޓާ އޮޕަރޭޓް ކުރަމުން ދެއެވެ. އަދި 154 ސަފާރީ ވެހިކަލް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣޮލީ

    އަޅުގަނޑުމެން ރައްޔިތަކާއި ގުޅުމެއް އޮތް ކަމެއްނޫން ތިޔައީ އެއް.އަޅުގަނޑު ބަލަނީ ރަށު ދޯނި ރަނގަޅަށް މަސްބާނާތޯ.ގެސްޓުން އައީމަ ފައިދާވަނީ ސަރުކާރުތަށްވެސް ފައިކޭޓަށްލައިގެން އުޅޭ މަހުޖަނުންކޮޅަށް.ނުވިތާކަށް ބިމުކުލިވެސް އެމީންހުން އެތިބީ ކުޑަކޮށްގެން.ތީގެން ލާރިއެއް ބޭންކަކަށްވެސް ވަންނަނަމަތާ ނުސީދާގޮތުންވެސް ރައްޔިތަކަށްވެސް ލުޔެއްވާނީ.މިއީ ރައްޔިތުންނާއި ޤައުމަށްވެވޭ ކިހާބޮޑު ހިޔާނާތެއް؟